31 ޖުލައި 2025 - 13:25
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވިއިރު، އޭގެ ތެރޭގައި ޖޭއެސްސީގެ މެމްބަރު އަލީ އަބްދުއްލަތީފް ވެސް ހިމެނިވަޑައިގަތެވެ. ނަމަވެސް އޭނާ ވަނީ ފަހުން ނަން އަނބުރާ ނަންގަވައިފަ އެވެ.
ކުރީގެ ގާޒީ ޖަމީލްގެ އިތުރުން މި ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމުގައި ކަމަށް ޖޭއެސްސީން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކުރީ ވެސް އިއްޔެ އެވެ.
ކުރީގެ ގާޒީ ޖަމީލަކީ 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް މެޖިސްޓްރޭޓްކަން ކުރެއްވުމަށް ފަހު 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އެ ކޯޓުގައި ބޮޑެތި މައްސަލަތަކެއް އޭނާ ބެއްލެވި އެވެ.
ޝަހީދަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާތާ ހައެއްކަ އަހަރު ވެފައިވާ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބަލް ބަކުރުބެ
31 July 2025
ފަނޑިޔާރު ގެ އަށް ކުރަފި އެރުން
ކެންޑަލް ޖެނާ
31 July 2025
ސޭމް ސޭމް ބަޓު ޑިފަރެންޓު
ާާސަލާމް
31 July 2025
ޤާނޫނީ ދާއިރާއިން މަތީ ފާސް ހޯދައިގެން ކޮންމެ އަހަރަކުވެސް އެތައް ކުދިންނެއް ނުކުންނަ އިރު، މިމަޤާމުތަކަަށް މިއަންނަނީ ފެއިލްވެފައި ތިބޭ މީހުން. މިޤައުމުގައި ތިބި ހައިލީ އިންޓެލިޖެންޓު ޓޮޕް އެޗީވަރސްއިންނަށް ވާ ގޮތެއް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބައްލަވަން ޖެހޭ. އެހެން ނޫނީ ދައުލަތުން ތައުލީމަަަށް މިކުރާ ބޮޑު ޚަރަދު މިދަނީ ބޭކަަރުވަަމުން.
މުސާރަބޭ
01 August 2025
ފަނޑިޔާރުންގެ މުސާރައާ އަމިއްލަ ޕްރެކްޓިހުން ލިބޭ ފައިދާ އަޅާކީމަ ތޯގެ ޖަވާބު ލިބޭނެ.
ޖުހި
31 July 2025
ދެބޭފުޅުންނަށް ވަރަށް ބޮޑަށް މަރުހަބާ.މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާނެ ކަމަށް ބަލަން.
ފޮނިޓައްޕު ހަސަނު
31 July 2025
މިރާއްޖޭގެ ފިލްމް އިންޑަސްޓްރީ މޮލީވުޑް ކިތަންމެ ކުޑަޔަސް ޓެޑްރީ، ނަހުލާ، ފައްތާހު ފަދަ ހުނަރުވެރި ޑައިރެކްޓަރުން ފެންވަރު ރަނގަޅު ދިވެހި ފިލްމް ތަކެއް މަދުން ނަމަވެސް ނެރެމުން ދިޔަ ނަމަ ވެސް ޖޯކުބައި ކުޅޭ މީހަކު ފިލްމް ޑައިރެކްޓް ކުރަން ފެށިހިސާބުން އިންޑަސްޓްރީ ފުނޑުނު. ހަމަ އެގޮތަށް ފަނޑިޔާރުގެ ވެސް ފުނޑެން މާކަ ލަހެއް ނުވާނެ ވައްތަރު އެބަޖަހާ.
ރައްޔިތުމީހާ.
31 July 2025
ޝަހީދަށް ވުރެ މާ ތަޖުރިބާއާއި ތަޢުލީމީ ޤާބިލުކަން ހުރި މީހުން ކުރިމަތިލާފައި ތިއްބާ ހަމަ ސިޔާސީ ބޭނުމަށް އޭނާއަށް މަގާމުދިނީ؟
ބަޑިއެދުރު.
31 July 2025
ރާއްޖޭގެ ޖުޑިޝަރީގެ ދެވަނަ މަރުހަލާއަށް ލާން ތި ނިންމެވި ޝަހީދުއަކީ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކީއްކުރަން ގާޒީއެއްގެ ހައިސިއްޔަތުން ވެސް ދުވަހަކު ކޯޓެއްގައި މަސައްކަތްކުރި ފަރާތެއް ނޫން. އަދި ލޯޔަރެއްގެ ހައިސިއްޔަތުން މުޅި ޖުމްލަ ސަތޭކަ ކޭސްގައިވެސް ވަކާލާތުކޮށްފައި ނުވާނެކަން ޔަގީން. ވީއިރު ޖުޑިޝަރީގެ ފެންވަރާއި މެދު އިތުރު ސުވާލެއް އުފައްދާނެ ޖާގައެއް ނެތެއްނު؟
ގަފީފު
31 July 2025
ކީއްކުރަންތޯ އިއުލާންކޮށް އިންޓަވިއުކޮށް ހަދަނީ، ބޭކާރު މަސައްކަތްތަކެއް ކުރުމުގެ ބޭނުމެއްނެތް، ރައީސް އަންގަވާ މީހަކަށް ފަޑިޔާރުކަން ދިނީމަ ހުންނާނީ ރަގަޅަށް، މިހާރުވެސް އިއުލާންކޮށް ގެންވެސް އިންޓަވިއުކޮށްގެންވެސް ތިޔަ ހޮވަނީ ހަމަ ބޮޑު މީހާ އަންގަވާމީހެއް،
އަކްމެޑް
31 July 2025
ސުބުޙާނަﷲ. އެއްވެސް ވަރަކަށް ގާޟީކަމުގަ ނޫޅެ, އެކްޓިވިސްޓަކަށް އުޅުނީމަ ހައިކޯޓުގެ ފަނޑިޔާރުކަން.
ޝަހީދު ޝަހީދު
31 July 2025
އެއް ޝަހީދު ދިޔައީ އަނެއް ޝަހީދު އަންނަނީ. ނަމަ ނަމަ ރައްޔިތުން ޝަހީދު ކޮށްނުލާތި ކޮށްލާ ހުކުމަކުން