ފުލުހުންގެ ޑާޓާ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ޕޮލިސް
11 އޯގަސްޓް 2025 - 14:01
ހުޅުމާލެ ފޭސް 2 ގައި ގާއިމްކުރާ ފުލުހުންގެ ޑާޓާ ސެންޓަރުގެ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
ހުޅުމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ހެޑް ޑރ. މުހައްމަދު އަލް ކުވައިތީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނެވެ.
ފުލުހުންގެ ޑާޓާ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ޕޮލިސް
ފުލުހުން ބުނީ އެ ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ ކަމާ ގުޅުންހުރި ބޭފުޅުންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެ ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރާ ސެންޓަރެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ޑާޓާ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ޕޮލިސް
ފުލުހުން ބުނީ އެ ސެންޓަރު ގާއިމްކުރުމުން ފުލުހުންގެ މަސައްކަތްތައް، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަން ކުރެވޭނެ ކަމަށެވެ. އަދި ކުށްކުރުން ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީއެސްއޯސީ) ވެސް މިއަދު ވަނީ އިފްތިތާހުކޮށްފަ އެވެ.
ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރާއެކު، "ގައުމުގެ ޑިޖިޓަލް ސްޕޭސް ރައްކާތެރިކުރުމުގެ އައު މަސައްކަތްތަކެއް" ފެށިއްޖެhttps://t.co/y4cRXzjXAB pic.twitter.com/wpVgs1Z9Yh
— Maldives Police (@PoliceMv) August 11, 2025
ފުލުހުން ބުނީ އަލަށް ގާއިމުކުރެވުނު ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ފަރުމާކޮށްފައިވަނީ ސައިބާ ދާއިރާގައި ގައުމުގެ "ޝީލްޑް އެންޑް ވޮޗްޓަވަރު"ގެ ގޮތުގައި ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ސްޕޭސްގެ ނުރައްކާތައް ދެނެގަނެ، އެކަންކަން ހުއްޓުވައި އަދި އެފަދަ ކުށްތައް މަދުކުރުމަށް ކަމަށެވެ.
އެ ސެންޓަރުގެ ވަސީލަތްތައް ވެސް ގާއިމްކޮށްފައިވަނީ ޔޫއޭއީގެ އެހީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ
12 August 2025
ދައުލަތުން މިއޮންނަނީ އަބަދުވެސް ފުލުހުންގެ ކޮންމެވެސް ކަމަކަށް ބަޖެޓް ހުސްކުރުން. ވޯޓް ހޯދާނީ ހަމައެކަނި ފުލުހުންގެއަތުން ތޯއްޗެއް
ރުސްދާން
12 August 2025
މިފަދަ މަޝްރޫޢުތަކުން މުސްތަޤުބަލަށް ރޭވުމުގެ މުހިންމުކަން ދައްކުވައިދޭ - މުޅި ޤައުމަށް ފަޚުރުވެރިވާ ވަގުތެއް.
ޖައުހަރީ
12 August 2025
މިއީ އަހަރެމެންގެ މަޢުލޫމާތު ސިސްޓަމްތައް ރައްކާތެރިކުރުމާއެކު، ޓެކްނޮލޮޖީއާއި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ދިވެހިންނަށް ފުރުޞަތުތައް ހުޅުވިގެންދާނެ ކަމެއް.
ހަމީދާ ޔޫސުފް
12 August 2025
ޑިޖިޓަލް ޒަމާނުަމާނުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ އަޅުގަނޑުމެންނަށް ލިބޭނެކަން ޔަޤީންކޮށްދޭ މަޝްރޫޢެއް.
އަސްރާރު އަލީ
12 August 2025
ދިވެހިރާއްޖޭގައި މިފަދަ ޒަމާނީ ވަސީލަތްތައް ބިނާކުރެވޭތީ ފަޚުރުވެރިވަން. މިއީ އަޅުގަނޑުމެން މުސްތަޤުބަލަށް ތައްޔާރުވާ ގޮތް، އަދި މިކަމުގެ ސަބަބުން ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުވެ ސުކޭމް ހިންގާ މީހުން ފަސޭހަލުން ދެނެ ގަނެ އަވަސް ފިޔަވަޅުތައް އެޅޭނެ
ޓެކް އިއްބެ
12 August 2025
ދިވެހިރާއްޖޭގެ ޑިޖިޓަލް މުސްތަޤުބަލަށް ބޮޑު ފިޔަވަޅެއް! މިފަދަ ޒަމާނީ އިންފްރާސްޓްރަކްޗަރުން އަޅުގަނޑުމެންގެ ޤައުމު ރައްކާތެރިކޮށް ގުޅުވައިދޭނެ.
އައްޔަބޭ
12 August 2025
މަރުހަބާ ދިވެހިން. ޝުކުރިއްޔާ ރައީސް
ކިރުސައި 2.0
12 August 2025
ހުވާނުކުރާ ކަމަށްބުނާ ކޮރަޕްޓް ބަޔަކަށް ކޮން ޑޭޓާއެއްތޯ ބޭނުންވަނީ.
ރާޑޫ
12 August 2025
ޑިޖިޓަލް ސެކިއުރިޓީގެ ވަސީލަތްތައް ކުރިއެރުވުމުގައި ކުރެވުނު ފާހަގަކޮށްލެވޭ ކުރިއެރުމެއް
ޖަރީމާ އިން ކުނި ވެފަ
12 August 2025
ކުށް ހުއްޓުވަން ތިބެ ކުށް ކުރުމުގައި ހައްދު ފަހަނަ އަޅާފަ ދިވެހި ޕޮލިސް. ކޮންކަމެއް ދެން ރަގަޅުވާނީ؟ މަތި މައްޗަށް އިމާރަތް ދިނަސް އޭއްޗެއްގައި ހުރި އެއްޗެއް އޭއްޗަކުން ނުކުންނާނީ. އެތެރެޔާ ބޭރުގައިވެސް ހިންގަނީ ޖަރީމާ.