މަސް މާރުކޭޓު: މަސްމާރުކޭޓު ހަވާލުކުރި ގޮތާ މެދު ސުވާލު އުފެދި އެއްބަސްވުން އުވާލުމާ މެދު ގޮތެއް ނިންމަން ކައުންސިލުން ވަނީ ނިންމާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 އޯގަސްޓް 2025 - 16:57
މާލޭ މަސް މާރުކޭޓު ކުއްޔަށް ދީފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީގެ ނިންމުމާ ހިލާފަށް ކަމަށާއި އެހެންވެ އެ އެއްބަސްވުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މާލޭ މަސް މާރުކޭޓު ހަވާލުކޮށްފައި ވަނީ އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ އެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަސް މާރުކޭޓު ދީފައިވާ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކުރުމަށް ކުރިން ނިންމާފައިވިޔަސް އަލުން ބެލިބެލުމުން މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެެ.
އާޒިމް ވިދާޅުވި ގޮތުގައި ކައުންސިލުގެ ބިޑު ކޮމިޓީން އެތަން ކުއްޔަށް ދޫކުރަން ނިންމާފައި އޮތީ މަހަކު 130،000ރ. އަށް ނަމަވެސް އެ އެއްބަސްވުން ހަދާފައި އޮތީ 70،000ރ. އަށެެވެ. އަދި އެތަނުގެ ކަރަންޓު ބިލަށް 437،926ރ. ނުދައްކާ އެބަ އޮތް ކަމަށް އާޒިމް ވިދާޅުވި އެވެ.
އެހެންވެ، އަލުން އިއުލާނުކޮށްގެން އެ މަސައްކަތް ބަޔަކާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މިހާރު އޮތް ކޮންޓްރެކްޓްުގައި ފުށުއަރާ ކަންކަން ހުރީމާ އެންމެ ރަނގަޅު ގޮތަކީ އަލުން ކުރިއަށް ގެންދިއުން ކަމަށް ފެންނަނީ،" އާޒިމް ވިދާޅުވި އެވެ.
އެކަމަށް ތާއީދު ކުރައްވައި ކައުންސިލުގެ މެމްބަރު ސައިފް ފާތިހު ވިދާޅުވީ ކޮންޓްރެކްޓުގައި ހުރި ފުށު އަރާ ކަންކަން ކޮމިޓީން ބަލައިގެން އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. އަދި ކަރަންޓު ބިލަށް ހަތަރު ލައްކައެއްހާ ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބިޑު ކޮމިޓީން ވަކި ގޮތެއް ނިންމާފައި އޮއްވައި އެ ނޫން ގޮތަކަށް އަމަލުކުރަން ފުރުސަތު ވެސް ދީގެން ނުވާނެ ކަމަށެވެ.
"އެއީ ސީދާ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފު ކަމެއް." ސައިފް ވިދާޅުވި އެވެ.
އެހެންވެ، ކައުންސިލުގެ ދެން އޮތް ބައްދަލުވުމުގައި އެކަމާ ގުޅޭ އިތުރު ލިޔުންތައް ހޯދައި މަޝްވަރާކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދަމް ހަލިމް
18 August 2025
ފެނިގެން މިދަނީ ސަރުކާރަށް ދުއްތުރާ ކުރަން މިއަދުގެ ކައުންސިލުން އުޅޭތަން. މިކަން ބަލައި ނުގަނެވޭނެ.
އުވާލާ
17 August 2025
މަސްމާރުކޭޓް އެކަނިތަ އައިޖީއެމްއެޗް ކެފޭ އެއްބަސްވުންވެސް އުވާލަދެއްވާ، އައިޖީއެމް އެޗަކީ އޭޑީކޭއެއްނޫން އެންމެފަގިރުމީހާ ދަނީއެތަނަށް ކެފޭގެ އަގުތައް 3 އިރުކެއުމަށް މީހަކަށް 200 - 300 ވަރު ހަރަދުކުރަންޖެހޭ ބަލިމީހާއާއި އެހީތެރިއާ މާލޭކުލީކޮޓަރިއަށް ލާރިދައްކާފަ 1000 ރުފިޔާވަރު ދުވާލަކަށް ހަރަދުކުރުން މީކީ ނިކަމެތިންނަށް ދެވޭ އަނިޔާއެއް
ތެފައާސާ.
17 August 2025
މި ޚަބަރު ކިޔާ ނިންމާލާ މީހަކަށް ރޭކާވެސް ނުލާނެ މި ޚަބަރުގައި މި އޮތް މަސް މާރުކޭޓު ނުއަގުގައި ކުއްޔަށް ދިނުމުގެ ޑީލް ހިންގީ މިހާރުގެ ރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގެ ދަށުގައި ކަމާއި، ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މި ޑީލުގެ މައްސަލަ އޭސީސީގައި އޮންނަތާ ދޮޅުއަހަރުވެއްޖެކަން.
ޔާރޭތޯރޭ
17 August 2025
ބިލު ނުދަށްކާކަން އިނގޭއިރު މެމްބަރުން ތިބީ ކޮންތާކުބާ. ބަލައި ނުގަނެވޭނެކަމެކޭކިޔާފަ. ވާނުވާ ނޭނގޭ މީހުން ކައުންސިލްތަކަށް ހޮވީމަވާގޮތް މިވަނީ
ހައްގުބަސް.
16 August 2025
އަވަހަ އޮވާލާ. ކުރިން މަސް ވަރައް އަގުހެޔޮކޮއް ކަޑާ ދެނީ.
ޓިނު
16 August 2025
އަތުޖެހުނުގޮތަކަށްކައި ހުސްކުރަނީ . ނިކަމެތި މީހުންގެ ގޭގެއިން 1މަހު ބިލް ނުދެއްކިޔަސް ކަރަންޓް ކަޑާލާ
އިސްލާޙުކުރަން އެދޭނަމަ
16 August 2025
ހޯއްދަވަންޖެހޭ ލިޔުންތައް ހޯދުން އަވަސްކުރައްވާ. ޚާއްސަ ބައްދަލުވުމެއްވިޔަސް އަވަހަށް ބާއްވަވާ. ޤަވާޢިދާޢި އުސޫލާ ޚިލާފަށް ކަމަށްވާތީ ހަމައެކަނި އެކަން ރަނގަޅުކޮށްލުމަކުން ނުފުދޭނެ. އިސްލާޙު ކުރަން އެދޭނަމަ ޒިންމާވާންޖެހޭ މީހުން ހޯދައި، ފިޔަވަޅު އެޅުން އަވަސްކުރަންންޖެހޭ.
ގުލްގުލް
16 August 2025
އާ ސަހަރާ މިސްކިތުގެ ކަންތައްވެސް ދިޔައީ ތިކަހަލަ ގޮތަކަށް. މިގައުމުގަ އުޅެވޭނީ ތިކަހަލަ ބަޔަކަށް
މިއައު
16 August 2025
ދައުވާކޮށް ޝާމިލުވާ ފަރާތްތަކުގެ އަތުން ގެއްލުމުގެ ބަދަލު ހޯދާ.
ކަރަފުސަންމެކުހަށް
16 August 2025
ކިހާވަރަކުން އެބަދޭ. ކޮންމެކަމެއްގައިވެސް މިއޮންނަނީ އަޑިއަޑިން ކުޅެފަ. ސަތޭކަތިރީސް ހާހަށް ނިންމުން. ދީފަ ހަތްދިހަ ހާހަސް. އޮށްވަޅުގޮޑިކުޅި ކުޅެން ފަސްދޮޅަސް ޕްލަސް ކަރަންޓުބިލް. މިކަމުގައި ތަނާއި ހަވާލުވެގެން ތިބި މީހުންގެ އިތުރުން ސޓެލްކޯ މާލޭ ކައުސިލުން ޒިއްމާނަގަގްޖެހޭ.