މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފ. ނިލަންދޫ ހައްޔަރުކުރި މީހުން.-- ފޮޓޯ: ޕޮލިސް
18 އޯގަސްޓް 2025 - 15:12
ފުލުހުން ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ނިލަންދޫން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ނިލަންދޫގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެ އެއް އޮޕަރޭޝަނަކީ އެ ރަށުގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ވަގުތު އެ ގޭގައި ތިބި 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު މިއަދު އާންމުކޮށްފަ އެވެ. އެއީ؛
1. މުހައްމަދު ވިސާލު، 19، ދޫގަސް، އއ. ރަސްދޫ
2. މުޝްހަފް މުފީދު، 22، ހެދޭކުރި، ތުނޑި، ލ. ގަން
3. އިބްރާހީމް ލޫތު، 20، ފިނިވާގެ، ނ. ލަންދޫ
4. އަލީ ނަވާފު، 21، ފަޒާ، ތ. ގުރައިދޫ
5. އަހްމަދު އަބާން އަލީ، 20، ގާފިލާ، ސ. ހިތަދޫ
6. އަބްދުﷲ ލައިޝަމް، 20، އަންނާރުގެ، ހދ. ނޮޅިވަރަންފަރު
7. އަހްމަދު އުސްމާން، 20، ޝީން، ސ. މީދޫ
8. އިބްރާހީމް ނައްފާޒް، 26، ދަފްތަރު ނަންބަރު ދރ 1438، މާލެ
ފުލުހުން ބުނީ އެ އެންމެންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. ބާކީ ތިބި މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް އަދި ދެން ތިބި މީހުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނިލަންދުއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރުދުވަހު އިތުރު އޮޕަރޭޝަނެއް ހިންގި ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފ. ނިލަންދޫއިން ބަޔަކު ހައްޔަރުކޮށްފިhttps://t.co/lu6p5LLUVs pic.twitter.com/0R5tWbBGT3
— Maldives Police (@PoliceMv) August 18, 2025
އެ އޮޕަރޭޝަނުގައި، ނިލަންދޫގެ ބަނދަރުމަތިން ހައްޔަރުކުރީ އެ ރަށު ޝަބްނަމުގެ، މުހައްމަދު މާނިއު، 19، އެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މައްސަލަ ވެސް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރައީ
19 August 2025
ޗި.ޗި މި ތިބަ މުޑުދާރުންތައް..
ޖަލީލީ
19 August 2025
އުމަރަށް މިކަން ހައްލު ކުރެވޭނީ. އާދޭސް ދަންނަވައިގެން ނަމަވެސް އުމަރުގެނެސް ފުރިހަމަ ބާރާއެކު އުމަރާ ހަވާލުކުރަންވީ. އެއީ ރާއްޖޭގެ ޑުޓާޓޯ.
ވަހީދު2
19 August 2025
ޑްރަގު ވިޔަފާރި ކޮށް އެއިން ފައިސާ ހޯދާ މީހުންނަކީ އެންމެ ނުބައި ނުލަފާ މީހުން. އެމީހުންގެ ޓާގެޓަކީ އަދި މާކެޓަކީ އެ ނުބޯ ޅަދަރިންނާ މީހުން، ވިއްކައިގެން ލިބޭ ފައިސާގެ ބޭނުމުގައި ކިތައް ކިތައް އާއިލާ ނިކަމެތިވެމިދަނީ! އަމިއްލަޔަށް ބޮއެގެން ތިބެނީ އެއް ނޫން، މި މީހުން މާކެޓް ބޮޑުކުރަން ބޭނުންނުކުރާ އުކުޅެއް ނެތް، ނޭގެނީތަ މި ހަލާކު ކުރެވެނީ އިންސާނުންކަން ކަނޑައެޅި ގަސްތުގައި.
އިހްސާސް
19 August 2025
ތިތާ ތިޔަތިބީ 19 20 ގެ ކުދިން. މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ ނިކަން ގަޓުހުރި ރައީސްއަކަށް. އަދި ޤާނޫނު ތަންފީޒު ކުރަން ފަސްނުޖެހޭ ބަޔަކު ތިބެގެން.
މީމު ޕޮލިސް
19 August 2025
މޮޅެތި ކޮމާންޑަރުން ފޮނުވައިގެން ތި ލިބެނީ މަހުގެ ނިގޫ އެކަނި. ޢަސްލު ހަގީގީ މީހާ އޮންނަނީ ހާލީގަ. ކޮމާންޑަރުުންގެ ކަމަކީ ކުޅިވަރު ކުޅެލާ މަޖާކޮށްލުން. ތ ، މ ، ފ ، ދ މި އަތޮޅުތަކުގެ ޑުރަގު ބޯ މީހުން އިންތިހާ އިތުރު ވެއްޖެ. ވަރަށް ސަލާން
ޔާސރ
18 August 2025
ރާއްޖޭގައި ދެ ނިލަންދޫ އޮންނައިރު މިފަދަ ލިޔުންތަކުގައި އަތޮޅު ޖަހަން ޖެހޭނެ ނޫންތޯ
ހާޖިބުޅިބުންޑި
18 August 2025
އެ ސޮރުމެންވެސް ފެންވަރައި، ގައިންތާހިރުވެލަން ވަގުތުކޮޅެއް ދިން ނަމަނު ދޯ ރާއްޖޭ އެންމެނަށް ފެންނަގޮތަށް ފޮޓާ ނަގާއިރު.
ކަތީއްބެ
18 August 2025
ރަށުގެ އެއްވެސް މީހެއްގެ ބައިވެރިވުމެއް ނެތި ރަށުގައި މިކަން ހިންގާނެ ގޮތެއް އޮންނާނެބާ؟ ކީއްކުރަން އެރަށަށް ގެންގޮސްގެން ވިއްކަނީ؟
އަފްރާސިޔާބު
18 August 2025
މިފަކަށް އައިސް ސަރުކާރަށް ލިބުނު ވޯޓުގެ އަޑި ތިޔަ ތިލަވަނީ. ކުރިން އެރަށަކީ ތިބާވަތުގެ ހަޑިމުޑުދާރު އަމަލު ހިންގާ ބައެއް ދިރިއުޅޭ ރަށެއްނޫން.
ހަސަންބޭ..
18 August 2025
ނިޒާމް އޮތީ މަސްތުވާތަކެތީގެ މާކެޓް ކުޑަ ނުވާނޭ ގޮތަށް ފަރުމާ ކުރެވިފަ. އޭގެ އެއް ހެއްކަކީ ފަރުވާ ނިޒާމް ދުވަހަކުވެސް ރަނގަޅު ނުވުން.. އަނެެއް ހެއްކަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ބަންދަށްވުރެ ގިނައިން މުޖުތަމައުގައި އުޅެން ފުރުސަތު ފަހިވެފައި އޮތުން..
ކޮރަލް
18 August 2025
9 މީހުން ހައްޔަރު ކުރި އިރު ރަށު މީހަކަށް ހުރީ އެންމެ މީހެކެވެ. ކައުންސިލް ގެ ބޭނުމެއް ވެސް ނެތެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ރަށް ރަށައް ނާރު ވަން ވީ އެވެ.