ތިން ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ދިވެއްސަކާއި ބަންގްލަދޭޝްގެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް، 28 އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް، 36 ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި، ދެ އުޅަނދެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތިން ކިލޯ އަށް ވުރެ ގިނަ ތަކެތި ފެނުނު ކަމަށް ފުލުހުންގެ މީޑިއާ އިން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންގްލަދޭޝްގެ މީހާ ފަސް ދުވަހަށް އަދި ދިވެހި މީހާ ކަމަށްވާ އަޒުހަދު 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރި އެވެ.