މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނުތާ ދެ ގަޑިއެއްހާއިރު ފަހުން އަލުން ކަރަންޓުގެ ޚިދުމަތް ދީފި އެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކެނޑުނީ އެންމެ ބޮޑު ދެ ޖަނެރޭޓަރު ކުއްލި ގޮތަކަށް ނިވުމުން ކަމަށެވެ.
ދެ ޖަނެރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރެވޭ މިންވަރަކުން އެކި ހިސާބުތަކަށް ސްޓެލްކޯ އިން އައީ ކަރަންޓު ދެމުންނެވެ. އަދި ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓް ދެވޭ ވަރުވީ މެންދުރު 12 ޖަހާކަންހާއިރު އެވެ.
އެމްޑަބްލިއުއެސްސީގައި ހުރި ޓްރާންސްފޯމަރެއްގައި އާތްފޯލްޓެއް ދިމާވެގެން މި މަހުގެ ފަސްވަނަ ދުވަހު ވަނީ މުޅި މާލެ އިން ކަރަންޓް ކެނޑިފަ އެވެ. ކަރަންޓާ އެކު ފެނުގެ ހިދުމަތް ވެސް ކެނޑި މުވާސަލާތީ ޚިދުމަތްތަކަށް ވެސް އެ ދުވަހު ބުރޫ އަރައި މުޅި މާލެ ހާސްކަމެއްގެ ތެރެއަށް ވައްޓައިލި އެވެ.