އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން.
01 ސެޕްޓެމްބަރ 2025 - 22:17
އިދިކޮޅު އެމްޑީޕީން އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށާއި "ސަރުކާރު ހަމަ މަގަށް އެޅުވެން ދެން" އެ މުޒާހަރާތައް ކުރިއަށް ގެންދަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ކުއްލި ޖަލްސާއެއް ބާއްވާފައި ވަނީ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.
ގަރާރުގައި ބުނީ، މި ސަރުކާރުން އިގްތިސާދީ ގޮތުން އެޅި "ދޯހަޅި" ފިޔަވަޅުތަކާ އެކު ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް، ދިރިއުޅުމަށް ތަކުލީފުތައް ކުރިމަތިވަމުންދާ ކަމަށެވެ.
ގަރާރު ހުށަހަޅުއްވަމުން ތޯރިގު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައި ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމާއި އަދުލު އިންސާފަށް މި ސަރުކާރުން އަރައިގަންނަމުންދާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމާއި ލާމަރުކަޒީ ނިޒާމު "ފުނޑާލައި" ކައުންސިލުތަކުގެ ބާރު ކަނޑުވާލަން މަސައްކަތްކުރަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ބައިވެރިވަނީ.
ތޯރިގު ވަނީ ދިވެހިން ބޭސް ފަރުވާއަށް ސަލާން ޖަހަންޖެހޭ ހާލަތަށް ގައުމުގެ ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މައުލޫމާތު ލިބުމުގެ ހައްގުން މަހްރޫމްކޮށް، މީޑިއާ ކޮންޓްރޯލް ކުރުމަށް ވެސް ސަރުކާރުން ނިކުމެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމުގެ ހާލަތު ބޮއްސުންލައިގެންދާ ކޮންމެ ފަހަރަކު އެމްޑީޕީއަކީ ގައުމު ހަމަ މަގަށް އެޅުވުމަށް ނިކުންނަ ޕާޓީއެއް ކަމަށެވެ. އެހެންވެ، އަންނަ މަހުގެ 3 ގައި މުޒާހަރާ ކުރުމަށާއި އެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި މާލޭގެ މަގުތަކުގައި ކުރިއަށް ގެންދަން އޭނާ ހުށަހެޅުއްވި އެވެ.
އެ ގަރާރަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމެވެ.
އެ ގަރާރަށް ތާއީދު ކުރައްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ގަރާރުގައި ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ބަޔާންކޮށްފައިވާ ކަމަށެވެ. ޓޫރިޒަމް ދާއިރާ އާއި ކޮންސްޓްރަކްޝަން ދާއިރާ އާއި ނޫސްވެރިކަން ފަދަ ހުރިހާ ދާއިރާތަކެއްގެ ހާލަތު އެނގިގެންދާ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި މިފަދަ ކޮންމެ ހާލަތެއްގައި ވެސް އެމްޑީޕީއަކީ ރައްޔިތުންގެ ހައްގުގައި ބަސް ބުނެ، ހިމާޔަތުގައި ނިކުންނަ ޕާޓީ އެވެ.
އިބޫ ވިދާޅުވީ މި ސަރުކާރަށް އެއް އަހަރާއި 10 މަސްވިއިރު ރާއްޖެގައި ކަންބޮޑުނުވާ އެކަކު ވެސް ނެތް ކަމަށެވެ. ދިވެހިންގެ ކުރިމަތީގައި މިއަދު އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ ނޫސްވެރިކަން "ނައްތާލަން ސަރުކާރުން" ހުށަހަޅައިގެން އުޅޭ ބިލު ކަމަށާއި އެއީ މުޅި ނޫސްވެރިކަން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، ނޫސްވެރިކަން މަރާލުން ކަމަށް ވިދާޅުވެ އިބޫ ވަނީ ބިލުގެ ކަންބޮޑުވުންތައް ފާޅުކުރައްވައިފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ.
އެހެންވެ، އެ ބިލު އަނބުރާ ގެންދަން އިބޫ ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަންނާ
03 September 2025
މޑޕއަށް މިހާރު “ބޮޑު” މި ބަސް ލާފަ ކިޔޭނީ ދަރަނި އެކަނި.
އަފުން
03 September 2025
ގައުމު ހަލަބޮލިކުރަން އެމްޑީޕީއާއި ފިތުނަވެރިންނަށް ފުރުޞަތު ދެވޭކަށް ނެތް.
އަލީ ބުނީ
03 September 2025
ފަލީހަތް ވުން ނޫން ކަމެއް ތި މުޒާހަރާއިން ނުވާނެ.
ކޮސް
03 September 2025
ބޮޓުން ރ. މުއިއްޒަށް ތާއީދު ކުރާކަން ހާމަކުރާ ސަބަބުވެސް ސާފު. މުއިއްޒު " ދޮވެ ސާފުކުރަން އުޅޭނެކަމެއްނެތް" 2.0, 3.0 ހެދިއަސް މުލިޔާގެއިން ދިމްޔާތަށް ދާއިމީކޮށް މުއިއްޒު ބަދަލުކުރާނެ 2028 ގައި.
އިންޝާﷲ ނުވާނެ
04 September 2025
އިންޝާﷲ ނުވާނެ ބަލަންތިބޭ.. މީ މައުމޫނަށް ފަހު ދެވަނަ ބުރެއްދޭނެ ފުރަތަމަ މީހާ.. މިވަރުގެ ވެރިއަކު ނެތް. ކައިރީ ތިބި ބައެއްވަޒީރުން ބޭރުކުރީމަ އަދި ވަރަށް ސަޅިވާނެ. މިސާލަކަށް ޒަމީރު، ސައީދު، އިސްމާލު، ހައިދަރު، އަޝްވާޑު
މޫކެ
03 September 2025
120 ބިލިޔަނުން ގައުމު ދަރުވާލާ ކަނޑުން ބައެއް ވިއްކާލި ބަެއް
ޖޫމު
03 September 2025
ފީ ކަޅާ ބައެއް ސުޕަމެޖޯރިޓީ ދިނީމަވެސް ފުލެޓުގަނޑެއްވެސް ނޭޅުނު ބައެއް
ހުސައިން
02 September 2025
ކަންތަކާ ޖެހުނީ
ރަމަ
02 September 2025
އެއްގޮތަކަށްވެސް އެމް.ޑީ.ޕީ އިން މަގުމައްޗަށް ނުކުންނާނެ ކަމެއްނެތް. ގިނަ ރައްޔިތުން ބޭނުންވީ މިގޮތް މިހާލުގަ މިގޮތަށް އުޅެން އެހެންވީމާ އެއްވެސް އިދިކޮޅު ޕާރޓީ އަކުން ރައްޔިތުންޤެ ޙައްޤުގައޭ ކިޔާފަ މަގުމައްޗަށް ނުކުންނަށް އަޅުގަނޑަކަށް ނުފެނޭ. ވާނެއެއްޗެއްވާނީ ހަމަ އެންމެންނަށް.
ސޮބީހާ
02 September 2025
ތިކަން ދާނީހަމަ ޖަމަލުފޮޑިއަށް، އިބްރާހިމް ވެރިކަމުގަ އޮތީ ރޭސިސްޓު އުސޫލުން އަތޮޅުތެރޭ މީހުން އިންސާފުން އެއްކިބާކޮށް ހުޅުމާލެއިން ހިލޭ ބިންތައް ބަހާފަ، މާލެނޫންގޮތެއް ގެ ތަސައްވުރު ހިފައިގެން ނޫންގޮތަކަށް އެކަމުގެ ތަސައްލީއެއް ލިބޭކަށްނެތް،
ޗީޑިޕީ
02 September 2025
ގޭގަ ތިބެގެން މުޒާހަރާ ކުރާނީ. އާންމުނަށް އުދަގޫކުރަން މުޒާހަރާ ކުރާނެ ކަމެނެ!