ގުޅިފަޅުން ދޫކޮށްފައިވާ ގޯއްޗެއްގެ އިން ވަކިކޮށް، ހައުސިން މިނިސްޓްރީގެ މުވައްޒަފަކު މިއަދު ބިމުގެ ނަންބަރު ޖަހަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
03 ސެޕްޓެމްބަރ 2025 - 21:38
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ކަޑަ ޖެހުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ފަށައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ބަދަލު ގެނައުމާއި ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސުމުން އައި ބަދަލުތަކާ އެކު ކުރީގެ ރަޖިސްޓްރީތައް ބާތިލްކުރި އެވެ. އެހެންވެ މިދިޔަ މެއި މަހު ވަނީ އަލުން ގުރު ނަގައި ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅައިފަ އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އޭގެ ފަހުން 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ހަދައިދީ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. މިދިޔަ ޖުލައި މަހުން ފެށިގެން އެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު މިިނިސްޓްރީން މިއަދު ބުނީ އިން ވަކިކޮށް ނިމޭ ބިންތައް އޭގެ ވެރިފަރާތްތަކާ މިނިސްޓްރީން ގުޅައި ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފުތާ ފެށޭނެ ކަމަށެވެ.
ގުޅިފަޅުން ދޫކޮށްފައިވާ ގޯއްޗެއްގެ އިން މިއަދު ވަކިކޮށް ކަޑަ ޖަހަނީ: އަންނަ ހަފްތާގައި ބިންތައް ހަވާލުކުރަން ފަށާނެ ކަމަށް މިނިސްޓްރީން ބުނޭ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށް ފަހު، ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގަ އެވެ.
އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ. އެކަމަކު ގޯތި ލިބުނު ބައެއް މީހުން ދަނީ ގޯތިތަކުގެ ރަޖިސްޓްރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހެދި އެވެ. އެއީ އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ހައުސިން މިނިސްޓްރީން ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީގެ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައި ވިޔަސް، އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ފަހުން ގެނައި ބަދަލާ އެކު، އެތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ނުވަތަ ބިމުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ގޯތި ދޭނެ ސަރަހައްދުތައް ކަނޑައެޅީ އަލުން ގުރުނަގައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
ގުޅިފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ މުވައްޒަފުން މިއަދު ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ކުރީގެ ސަރުކާރުން އެ މީހުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރިކަން ފާހަގަވި ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ. އާ އެއްބަސްވުމެއް ހަދަން ނިންމީ އެ ކަހަލަ ސަބަބުތަކަށްޓަކަ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަގީރުކޮއި
06 September 2025
މީ އިބުރާހިމް މުހައްމަދު ސޯލިހާއި މުއިއްޒު މިގައުމުގެ ގިނަ ރައްޔިތުންނަށް ކުރާ ބޮޑުވެގެންވާ މަލާމާތެއް. އެ ދެމީހުންނަށް ދުވަހަކުވެސް މާފެއްނުކުރެވޭނެ
ހަޖަމޫލާ
05 September 2025
ރެޖިސްޓަރީގައި ޓައިޕޯއެއް އިނީމަ ކުރިން ރަޖިސްޓަރީ ނުލިބޭ. އެކަމަށް ހަދާނެގޮތް ހުސްވެފަ ބޮޑުމިނިސްޓަރީއެއް އެތިބީ؟ ޖަވާބުދާރީވާނެ ފަރާތެއްނެތް! ކޮންމެކަމެއް މިނިސްޓަރުތޯކުރަން ވަނީ؟ އެގުރީމެންޓަކަސް، ސެޓުފިކެޓެެއް ޕުރިންޓކުރަން ވިޔަސް މިނިސްޓަރުތޯ؟ އަބަދުވެސް ފުރަންޓްޑެސްކު ފުރިފައި ސަކުވާޔާއިގެން؟ ޕުރަޑަކްޓިވް އެޕްރޯޗެއްނެތް ތޯ؟ ގިނަވާނީ އެއްގޮތްކަންކަން! އެޑްރެސްކުރަން މިއުދަގުލީކެއްވެތޯ،އަބަދުވެސް ރެކެން ބޯޅަޖެހުން ކަމަކީ،އަވަސް ހައްލު ބޭނުން!
ނަފާ
04 September 2025
އަހަރެންގެ ނަން އޮތީ އުތުރު ތިލަފަޅުން ބިންލިބޭނެ ކަމަށް ގެޒެޓް ކޮއްފާވައި ލިސްޓްގައިއޭ 2 އަހަރު ވާއިރުވެސް ހިލަމެއްވެސްނުވޭ އުތުރު ތިލަފަޅުން ގޯތިލިބުނު މީހުންނަން ގުޅީފަޅުން ގޯތިދިނުމަށް މިނިސްޓަރުއަރިހުން އަދޭސް ދަންނަވަން
މަބުނީ
04 September 2025
އުތުރުތިލަފަޅުން ބިމަށް އެދުނުމީހުންގެ ލިސްޓެއް ގެޒެޓްކުރީ. ބިްލިބޭމީހުންގެ ލިސްޓެއް ގެޒެޓްނުކުރޭ.
ލުބޫ
04 September 2025
ކުރީ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ދޫކުރި އިރު ރަޖިސްޓްރީ އާއި ހަވާލު ނުވެ އެކަމަކު މި ސަރުކާރުގެ ގުރު ނެގި އިރުވެސް ލިބޭ ކަމަށް ޕޯޓަލްގައި ދައްކާ ދަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށަނީ ކޮންއިރަކުތޯ؟؟؟ މިހާރު އެއްބަޔަކަށް ގޯތި ހަވާލުކުރާއިރު އަނެއް ބަޔަކަށް އަދި ރަޖިސްޓްރީ ހަވާލުވެސް ނުކުރީމަ ކަމަކު ނުދޭ. އެމީހުންގެ ހައްގު ގެއްލޭ އެބަ...
އޮނަރަބްލް އަފީފު ދީދީ
04 September 2025
ވެރިކަމުގައި ހުންނެވި މީހާގެ މައްޗަށް އޭނާގެ ވަޒީރުން ބާރު ހިންގި ސަރުކާރުން ދައުލަތުން ޤާނޫނުއަސާސީ އާއި ޙިލާފަށް ހިންގި އެންމެ ބޮޑު ޖަރީމާ އަކީ "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން" ކ.މާލޭގެ ރަށްވެހިންގެ ތެރެއިން އެތައް ހާސް މީހުނަށް (ދަފުތަރުގައި ތިބި ޤާނޫނީގޮތުން މާލޭގެ ރަށްވެހިން) ބައިވެރިވުމުގެ ފުރުސަތުވެސްނުދީ، އަދި ކ.އަތޮޅުގެ އެހެން ރަށްރަށުގެމީހުންވެސް ބާކީކޮށް މާލޭގެ އިޙްތިސޯސްގައި ވެސް ނުހިމެނޭ ތިޔަބިންތައް ވަކިބަޔަކަށް ބަހާލުން.
އެއްވެސްރަށަކަށްނުވިމީހާ
04 September 2025
ދަފްތަރު މީހުން އެއްކިބާގައޮއްވަ މިމާލޭ ސެންޓްރަލްހޮސްޕިޓަލަށް އުފަން މާލޭމީހުން ދުވަހަކު އެހެންރަށެއްގައި ރަޖިސްޓްރީނުވާމީހުން ބާކީކޮށްލީ މަންމަ ބައްޕަ ކޮންމެވެސްޒަމާނެއްގައި އެހެންރަށެއްގައި ރަޖިސްޓްރީއޮތޭކިޔާފަ. މަންމައަކީ މާމައާކާފަ މާލޭފަޅުތެރެއިން ހިއްކިތަންކޮޅެގައި ގެއަޅައިގެން މާމަމެންނާއެކު އެތާއުޅެބޮޑުވި އެމީހުންގެ 8 ދަރިންގެއެކަކު. ބައްޕައަކީ އެޒަމާނުގައިމާލެހިޖުރަކޮށްގެންއުޅުނުމީހެއް. މާމަގޯތިފޮތިކޮށްގެން ހުސްވެ މަގުމަތިވެފަމިތިބީ.
އޮނަރަބްލް އަފީފު ދީދީ
04 September 2025
އެހެންނަމަވެސް މަތީގައިދެންނެވި ފަދަ އެއްވެސްރަށެއްގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއްނުކޮށް ދައުލަތުގެ ޙަޒާނާ ކ.އަތޮޅު މާލެ ފެންނަހިސާބުގެ ކަނޑު ފަޅަށް އަޅައިގެން އެތަންހިއްކުމަށް ފަހު މާލޭގެ ޤަބީލާތަކަށް އެބިންތައް ބަހަނީ ވޭތުވެދިޔަ 60 އަހަރު އެމީހުންގެންގުޅުނު "އެއްރަށްދައުލަތް ސިޔާސަތު ދެމެހެއްޓުމަށާއި، އެރަށު ބިންވެރިންނަކީ އުފެއްދުންތެރި މަސައްކަތެއްނުކޮށް ކުލިން ދިރިއުޅެން ދަސްވެފައިވާ ބަޔަކަށްވާތީ" އެމީހުނަށް ކުލިލިބޭނެގޮތް ހަދާދޭން.
ފުރާގުބޭބެ
04 September 2025
ބިލިޔަނުން ލޯނުނަގައިގެން ބިންހިއްކާ، ފެނާ ކަރަންޓާ ނަރުދަމާ އަޅާ، މަގުތައް ހަދާ އެތަނުން ހިލޭ ބިންތައް ބަހާލީމަ ކާކު ލޯނު ދައްކާނީ؟ އަހަރުން ގޯތި ނުލިބޭ މީހުންދޯ؟ މިގައުމު ހަމަ އަނގަވަތައް ނިކަންބާރަށް ވެެއްޓޭތަން ބަލަން ހަމަތިބޭނީތާ ދިވެހިންނޭ؟
އޮނަރަބްލް އަފީފު ދީދީ
04 September 2025
ކެލާ، ފިއްލަދޫ، އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާ ރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ގަން، ވިލިގިލި، ފަރެސްމާތޮޑާ، އަދި އައްޑޫސިޓީ އަކީ ކ.މާލެއަށް ވުރެ ގުދުރަތީ ބިން ބޮޑު އަދި ހިއްކައިގެން ކ.މާލެވަރުގެ 4 މާލެ ސައިޒަށް ބޮޑު ކުރެވެން ހުރި ރަށްތަކެއް. އެހެންނަމަވެސް މާލޭސަރުކާރުން ބޭނުމެއްނުވޭ މާލެނޫންރަށެއް ތަރައްޤީ ކުރާކަށް
ނެތް ޝައުޤެއް
04 September 2025
އިންތިޚާބަށް އަޅުވާ އަދުން!
ގުދުގުދާބެއްޔާ
04 September 2025
ކޮންއިރަކުންހޭ ހުޅުމާލެ ފޭސް 3 ގެ ބިންތައް ހަވާލުކުރަނީ! ރަޖިސްޓްރީ އެބައޮތޭ އަތުގަ މިހާރު ދެއަހަރުވީ! މިކަންވެސް ކޮށްލަބަލަ އޭރުންތާ ވޯޓް ދެވޭނީ!