ސްކައުޓް ހަރަކާތެއްގައި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: މޯލްޑިވްސް ސްކައުޓް އެެސޯސިއޭޝަން
10 ސެޕްޓެމްބަރ 2025 - 15:11
އޮފީސް ހިންގާނެ އިމާރާތެއް ހަމަނުޖެހުމުން މޯލްޑިވްސް ސްކައުޓް އެެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި އެވެ.
އެ އެސޯސިއޭޝަނުން ނެރުނު ނޯޓިސްއެއްގައި ބުނީ ސްކައުޓްގެ އިދާރާ އާއި ފިހާރަ މިއަދުގެ ކުރިން ހުސްކުރަން އަންގާފައިވާ ކަމަށެވެ. އިތުރު އިމާރާތެއް ހަމަޖެހެންދެން އެ އިދާރާ އާއި ފިހާރަ ބަންދުވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
"...އިތުރު އިމާރާތެއް ހަމަޖެހެންދެން ގައުމީ ސްކައުޓް އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ،" އެ ނޯޓިސްގައި ބުންޏެވެ.
އެ އޮފީސް ބަންދުކުރުމުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް އެ ނޯޓިސްގައި ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު މައީދު މުހައްމަދު ޒާހިރު "މިހާރު" އަށް ވިދާޅުވީ މިއަދުގެ ނިޔަލަށް އެ އިމާރާތް ހުސްކުރަން އެޑިއުކޭޝަން މިނިސްޓްރީން އެ އެސޯސިއޭޝަނާ އެކު ބޭއްވި ބައްދަލުވުމެއްގައި އަންގާފައިވާ ކަމަށެވެ.
އެކަމަކު، އެ އެސޯސިއޭޝަން ހިންގަން އެހެން އިމާރާތެއް އަދި ހަމަނުޖެހޭތީ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކައުޓް އޮފީސް މިހާރު ހިންގަނީ ޗާންދަނީ މަގުގައި ހުންނަ އަރަބިއްޔާ ސްކޫލްގެ އިމާރާތުގަ އެވެ. އެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ވެފައި ހުރުމުން 2022 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ވަނީ އެ ސްކޫލްގައި ކިޔަވައިދިނުން ހުއްޓާލައިފަ އެވެ.
ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގާ ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަނީ ސްކައުޓްގެ އޮފީހުގައި ހުންނަ ފިހާރައިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދަންބެ1
12 September 2025
އަސްލު އުވާލަންޖެހޭ، ބޭކާރު މޫވްމަންޓެއް. ތިޔައިން ދަރިންނަށް ވާ މާ ބޮޑު ފައިދާއެއް ނެތް. ބޮޑު އިސްރާފެއް. ބޮޑު ކުޅިވަރެއް. ބޮޑު ބޭކާރު ޕްރޮޕަގެންޑާއެއް. އުވާލާ
ސްކައުޓް ހަލާކުކޮށްލި ބާނީ ނަޒީފު
11 September 2025
ތިއީ އސްލުވެސް އުވާލަން ޖެހޭ ތަނެއް. ތިއިން މިހާރަކު ގައުމަށް އެއްވެސް ފައިދާއެއް ނުވޭ. ތިތަނަށް މޫލާފައި ތިބި ބަޔަކު ބަޔަކު އެމޯހުންގެ ޗުއްޓީ ދަތުރުތައް ކުރަން ތިތަން ބޭނުން ކުރަނީ. ކޮންމެ އަހަރު 10 ބާރަ ދަތުރު ނުކުރާ އެކަކުވެސް ތިޔަ އެސޯސިއޭޝަނުގައި އިސްކޮށް ނެތް. ކުދިންގެ ތަރުބިއްޔަތަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް. މުޅި ގައުމުގައި ހަކުރާއި ގޭންގް ފެތުރި، ޒުވާން ކުދީން ނެތިގެން ދިޔައިރު، ސަކައުޓް އެސޯސިޭޝަން އޮތީ ދަތުރު ކުރަން.
ޢަލީ ކުރުސީ
10 September 2025
ދެތިންދުވަސް ފަހުން ނޫހުގައި އޮންނާނެ، ސްކައުޓުންގެ ކަންތައްތަކަކީ ރައީސް ވަރަށް ޙާއްސަކަމެއް ދެއްވާ ކަންކަން ކަމަށާއި، ސްކައުޓުންނަނީ ޤައުމަށް ނުހަނު މުހިންމު ބައެއްކަމުގައި ރައީސް ދެކެވަޑައިގެންނަވާ ކަމަށް! އަދި ސްކައުޓުންނަށް ދާއިމީ ރަގަޅު އޮފީހެއް އެޅުމަށްޓަކައި ބިމެއް ކަނޑައަޅައި، އެބިމުގައި އިމާރާތެއް ކުރުމަށް އައި.ޖީ.އެމް.އެޗް ގެ އައިނު ފިހާރަ އާއި ޙަވާލުކުރައްވައިފި ކަމަށް!
ނާށި
10 September 2025
އަޑުއިވޭގޮތުން މިހާރުގެ މިނިސްޓަރު ބޭނުންވަނީ ސްކަައުޓް އާ ގަާރލް ގައިޑް ހުއްޓާލަން.
ސައިބޯނި
10 September 2025
ދިވެހި ރާއްޖޭގައި ސްކައުޓް ހަރަކާތް 1956ގައި ފެށިގެން އަދިވެސް ދާއިމީ ހިނގާ އޮފީހެއް ނެތުން މިއީ ވަރަށް ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގައި އެއްމެ ދުވަސްވީ އެއްމެ ބޮޑު ޒުވާނުންގެ ހަރަކާތަށް ވެފައި އެއްތަނުން އަނެއްތަނަށް ބަދަލުވުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ. އެޑިއުކޭޝަންގެ ބެލެނިވެރިކަމުގައި އޮތުމުން ލިބޭ އެއްވެސް އެހީތެރިކަމެއް ނެތެވެ. ސަރުކާރުންވެސް ދޮންދަރިއެއް ފަދައިން ދެކޭ ކަމީ ދެރަކަމެެކެވެ.
ރަދީފްއޮފިޝަލް /
10 September 2025
ސްކައުޓް އޮފީހުފައި ފިހާރައެއް ހިންގިދާނެ ބާ؟؟ މިވެސް ސްކޭމެއް.ކުޑަ ކުޑަ ބެޖެއް ("1/2 × "1) 100ރ އަށް.