ޚަބަރު / ފުލުހުން

އަންހެނުން ހައްޔަރުކުރުމުން ޝަހީބު ޕޮލިހަށް ހާޒިރުވުމާ އެކު ހައްޔަރުކޮށްފި

ޝަހީބް އިބްރާހިމް.

ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބު އިބްރާހިމް ފިލައިގެން އުޅޭ މައްސަލައާ ގުޅިގެން އޭނާގެ އަންހެނުން ހައްޔަރު ކުރުމާ އެކު، ޝަހީބު އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް މިރޭ ހާޒިރުވުމުން ހައްޔަރުކޮށްފި އެވެ.

ޝަހީބުގެ އަންހެނުން މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ، ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނީ އޮގަސްޓް، 12، 2020 ގައި އިތުރު ބަޔަކާ ގުޅިގެން ކަނޑުމަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެެރެކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ މައްސަލާގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުންދާ ޝަހީބު، ފުލުހުންނަށް ފިލައިގެން އުޅޭ ކަމަށާއި އޭނާ ފިލައިގެން އުޅެން އެހީތެރިވެފައި ވަނީ އަންހެނުން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެހެންވެ، އާއިޝަތު ވަހީދާ ހައްޔަރުކުރަން އަމުރުކުރީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ހެކި ފޮރުވައިގެން ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ކަމަށް އަމުރުގައިވެ އެވެ.

ފުލުހުން ޝަހީބުގެ އަންހެނުން ހައްޔަރުކުރުމާ އެކު، ޝަހީބު ވަނީ ފުލުހުންގެ އިދާރާ އަށް ގޮސް އަމިއްލައަށް ފުލުހުންުގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ. އަދި އޭނާ ވަގުތުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބުގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތަށް ހާޒިރު ނުވެ ފިލައިގެން އުޅޭތީ އޭނާ ހޯދަން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އުމުރުން 47 އަހަރުގެ ޝަހީބު ބަންދުގައި ބަހައްޓައިގެން މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ފުލުހުންނަށް އަންގާފައި އޮތަސް އޭނާ އުޅޭ ތަނެއް އަދި ހޯދިފައި ނުވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.

ކަންނެލި ދޯންޏެއްގައި ޑްރަގު އެތެރެކުރަނިކޮށް 2020 ވަނަ އަހަރު ހައްޔަރުކުރި މީހުންގެ އިސް މީހުންގެ ގޮތުގައި ޝަހީބުގެ އިތުރުން ހިމެނެނީ ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހްމަދު މޫސާ އެވެ.

އެ މައްސަލާގައި ޝަހީބު ރާއްޖޭން ބޭރަށް ދިއުން އޮތީ މަނާކޮށްފައި ކަމަށް އެނގިފައިވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ އޭނާ ދޫކޮށްލީ ޖުލައި 2023 ގަ އވެެ. އޭގެ ކުރިން އޭނާ ބޭސްފަރުވާ އަށް ވެސް ދޫކޮށްލި އެވެ. އެކަމަކު އެ ފަހަރު އޭނާ ދޫކޮށްލަން ނެރުނު އަމުރު އިސްތިއުނާފް ކުރުމުން ބާތިލްކުރުމާ އެކު ހައްޔަރުކުރި އެވެ.

ރާއްޖެ އަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ހަ މީހަކަށް ދައުވާ ކުރެ އެވެ. އެއީ ޝަހީބާއި އަހްމަދު މޫސާގެ އިތުރުން ގއ. ވިލިނގިލި، ދުންފިނިގޭ، އަސީލް މާހިރާއި ޅ. ހިންނަވަރު ސެލް، އަނަސް ހުސައިނާއި ބަންގްލަދޭޝްގެ ދެ މީހަކު ކަމަށްވާ އިގްބާލް އާއި މުހައްމަދު ރިޔާދެވެ.

ރާއްޖެ އަށް ޑްރަގް އެތެރެކުރަން ބޭނުންކުރިކަމުގެ ތުހުމަތަށް 2019 ވަނަ އަހަރު ހިފެހެއްޓުމަށް ފަހު، ދޫކޮށްލި ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުންކުރަމުންދާ މައްސަލައެއް ވެސް ޝަހީބުގެ މައްޗަށް ތުހުމަތު ކޮށްފައި ވެ އެވެ.

38 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 5%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 68%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗސޗސޗވ

20 September 2025

ބައެއް މީހުން ހައްޔަރު ކުރަންވީމަ އަންހެނުންނާއި މައިން ބަފައިންނާއި ދަރިން ހައްޔަރު ކުރެވޭ. އަނެއް ބަޔަކު ހައްޔަރު ކުރަންވީމަ އެއްކަމެއް ވެސް ނުކުރެވޭ!

The name is already taken The name is available. Register?

ހޭއަރާ

19 September 2025

އަންހެނުންދެކެވާލޯބި މިހުރީ. ހިތަކަށްނާރާބާ މައިން ބަނޑުއަޅާވިހާ ދަރިންދެކެ ލޯބިވާނެވަރު. ތަރުބިއްޔަތުކޮށްފަ ނެރުނަސް އބލސ މިތިބެނީ ބަހަން ނުކުމެ.

The name is already taken The name is available. Register?

މަބުނީ

19 September 2025

ނަސީބެއްނު ޖުލައި 2023 ގަ އޭނަ ދޫކޮށްލިމީހުން ހައްޔަރު ނުކުރަނީސް ހާޒިރުވިކަން.

The name is already taken The name is available. Register?

އިބޫ

19 September 2025

އެނގެންޏާ ނުބުނަންޏާ ފޮރުވަންޏާ ދަރިންވެސް ބަންދުކުރަންވީނު

The name is already taken The name is available. Register?

މަހުވެއި

19 September 2025

ޝަރީއަތްނިމެންދެން ބަންދުގަހުއްޓާ ދޫކޮށްލިބަޔަކުވެސް ހައްޔަރުކުރަންޖެހޭ.

The name is already taken The name is available. Register?

ޑިބީ

19 September 2025

18 އަހަރުވެފަ ހުރި ކުއްޖަކު އެކަން ކުރިއްޔާ އޭނަވެސް އެކުރީ ކުށެއް.

The name is already taken The name is available. Register?

އިންސާފް

19 September 2025

ކޮމެންޓް ކުރާއިރު ކޮންމެވެސް ވަރްކަށް ވިސްނާފަ ކޮމެންޓް ކުރުން މުހިއްމު. ލިޔާއިރު ވިސްނާ ފިކުރުކޮށް ޖަޒުބާތުގައި ނުޖެހި ކޮމެންޓް ކުރައްވާ. ޝަހީބު ފިލައިގެން އުޅޭކަން އޭނަގެ އންހެނުންނަށް އެނގޭ. އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅާފަ އެއޮތީ. މީހަކު ފިލުވަން އުޅުން ނުވަތަ އެކަމަށް އެހީތްތެރިވުމަކީވެސް ކުށެއް.

The name is already taken The name is available. Register?

ޗސދޗސަ

20 September 2025

މިހާރު ނޫސް ކިޔާ މީހުންނަށް ވެސް އެނގޭ އޭނަ ފިލައިގެން އުޅޭކަން، އެއެންމެން ވެސް ހައްޔަރު ކުރަންވީތާ!

The name is already taken The name is available. Register?

ދިވެހިބިން

19 September 2025

ދެން އަޑުއިވޭނީ އަނބިދަރިން ހައްޔަރުކޮށްގެން އަތުލިމީހާ ކުއްސާބިތުނުވެގެން ކޯޓުން ދޫކޮއްލިވާހަކަ.

The name is already taken The name is available. Register?

ދަރިފުޅު

19 September 2025

ހަމަ މިގޮތަށް ދަރިފުޅު ވެސް ކިޑްނެޕް ކޮށްފާނެ ބާ؟ ދަރިފުޅަށް އެނގެޔޯ މިސާލަކަށް ބައްޕަ ދިޔަ ތަން؟

The name is already taken The name is available. Register?

ދޮންދަރި

19 September 2025

އަނބިދަރީންގެ އިތުރުން މައިންބަފައިވެސް ހައްޔަރު ކުރަންވީ ހަކުރު ވިޔަފާރި ކުރަން ސަޕޯޓް ދީގެން ތިބެންޏާ

The name is already taken The name is available. Register?

އެހެންު

19 September 2025

ހެކިފޮރުވަނީކަމަށް ތުހުމަތުކުރެވެންޏާ ސުވާލުކުރެވިދާނު ބަންދުނުކުރިއަސް. ތުހުމަތެއްވަޏާ ސުވާލުކުރުން މަނާތަ؟

The name is already taken The name is available. Register?

ޢަސްލު

19 September 2025

ތީފިލައިގެން އުޅޭމީހެއްނޫން ތިމީހާޔާ މަގުމަތިން ކިތަންމެ ފަހަރަކު ދިމާވޭ ހޯދަން އުޅޭނަމަ ފެންނާނެ ހުސްމޮޅުވާހަކަ

The name is already taken The name is available. Register?

ޗ0ިވހ0ޢޙޣ2

19 September 2025

މީ ކުރިން ހައުސިންގެ ސީޔާސީ މީހެއް.

The name is already taken The name is available. Register?

ހިތި

19 September 2025

މައުމޫނު ޒަމާނުގަ ކޮށްއުޅުމު ކަމެއް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454