ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ނިލަންދު އަށް އިތުރު ގިނަ މަޝްރޫއުތަކެއް!

ރައީސް މުއިއްޒު ނިލަންދޫގެ ރައްޔިތުންނާ ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

21 ސެޕްޓެމްބަރ 2025 - 00:37

4 comments

ފ. ނިލަންދޫގެ ތަރައްގީއަށްޓަކައި މި ސަރުކާރުން އިތުރު މަޝްރޫއުތަކެއް އިއުލާންކޮށް، އާ އެއްބަސްވުންތަކެއްގައި ރޭ ސޮއިކޮށްފި އެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކުރުމާއި އިއުލާންކުރުން އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ނިލަންދޫގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

އޭގެ ތެރެއިން އެންމެ މުހިންމު މަޝްރޫއެއްގެ ގޮތުގައި ރައީސް ތަކުރާރުކޮށް ފާހަގަކުރެއްވީ ނިލަންދޫ އެއާޕޯޓުގެ މަޝްރޫއެވެ.

"އެންމެ މުހިންމު ވައުދަކީ ވެސް 1-10 އަށް އެއާޕޯޓު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމަމުން އަންނައިރު، އެެ އެއާޕޯޓުގެ ސިވިލް މަސައްކަތްތަކާއި ތަން ހިންގުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްއާ އެކު ސަރުކާރުން ރޭ ސޮއިކުރި އެވެ.

އެ އެއްބަސްވުމާ ހަވާލާ ދެއްވަމުން ރައީސް ރޭ އިއުލާން ކުރެއްވި ގޮތުގައި، އިއްޔެ އިން ފެށިގެން 30 މަސް ދުވަސް ނުވަތަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ނިލަންދޫ އެއާޕޯޓުގެ މަސައްކަތުން އަތް ދޫކޮށްލެވޭނެ އެވެ.

ނިލަންދޫގައި ރޭ ސޮއިކުރި/ އިފުތިތާހުކުރި ކަންކަން:

- ޕާސްޕޯޓު ދޫކުރަން ފެށުން

- ފިއުލް ޝެޑެއް ހެދުމުގެ އެއްބަސްވުމުގައި އެސްޓީއޯ އާއި އިޝާން އިންވެސްޓްމަންޓާ އެކު ސޮއިކުރި

- މަގު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރި

- އެއާޕޯޓުގެ ސިވިލް މަސައްކަތްތަކާއި ހިންގުން އެެމްއޭސީއެލްއާ ހަވާލުކުރި

- މަސްދަޅު ބަންދުކުރާ ކާރުހާނާ އަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކުރި

- ވެމްކޯގެ ހިދުމަތް ފަށަން ކައުންސިލާ އެކު ސޮއިކުރި

ރައީސް ވިދާޅުވިގޮތުގައި، ނިލަންދޫގެ ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ފަށައިގަނެ، އެންމެ ގިނަވެގެން ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ އެވެ. އެއީ ދާއިމީ ހައްލަކަށް ވާނެ ނިޒާމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ރޭ ނިލަންދު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"ފެނުގެ ނެޓްވޯކްގައި މިހާރު ގޮސްފައިވާ ހިސާބުން ދެން ހުރީ ކަނެކްޝަންސްތަކާއި އަދި ބައެއް ޕްލާންޓު ބެހެއްޓުމާއި މި ކަހަލަ ކަންތައްތަައް. އެ ކަންކަން އެބަ ހިނގާ. ގާތްގަނޑަކަށް 90 އިން ސައްތަ މަސައްކަތް ނިމިފައި މިހާރު އޮތީ. އެހެންވީމާ އަޅުގަނޑުމެން އަންދާޒާ ކުރަނީ ދެ މަހެއްހާ ދުވަހޭ އެންމެ ގިނަ ވިޔަސް ވާނީ. ކޮންމެ ގޮތެއްގައި ވިޔަސް މި އަހަރުގެ ތެރޭގައި ހަމަ ޔަގީނުން ވެސް އިރާދަކުރެއްވިއްޔާ ނިމޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބައެއް މަޝްރޫއުތައް:

- ނިލަންދޫގައި ރަނގަޅު ފެންވަރުގެ އިސްލާމީ މަރުކަޒެއް އަޅާނެ

- ނިލަންދުއަކީ އާބަން ސެންޓަރަކަށް ވާތީ ކުޅިވަރުގެ މަރުކަޒެއް ނުވަތަ ސްޕޯޓްސް ކޮމްޕްލެކްސްއެއް ހަދާނެ. އަންނަ އަހަރުގެ ކުރީކޮޅު އެ މަޝްރޫއު ފަށާނެ ކަމަށް ރައީސް އިއުލާން ކުރެއްވި.

ރައީސް ވިދާޅުވި ގޮތުގައި ނިލަންދޫ ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ހިދުމަތް ފަށަން ތައްޔާރުވެފައިވީ ނަމަވެސް އެކަން ލަސްވީ ވެސް އެ ރަށުގައި ފެންވަރު ރަނގަޅު ފެނުގެ ނިޒާމެއް ނެތުމުންނެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ، ނިލަންދޫގައި ދަޅުމަސް ބަންދުކުރުމަށްޓަކައި ބޭރުގެ ބަޔަކާ އެކު ސޮއިކޮށްފައިވާއިރު އެ ކަމަށް އެންމެ ބޮޑަށް ބޭނުންވާ ބިމާއި ބަނދަރު ހެދުން އެމްޓީސީސީއާ ހަވާލުކުރީ ސަރުކާރުގެ ހަރަދުގައި ކުރާ ގޮތަށް ކަމަށެވެ.

ނިލަންދޫގައި ދަޅުމަސް ބަންދުކުރުމަށްޓަކައި ފެކްޓަރީ ހަދަން ބޭނުންވާ ބިން ހިއްކުމާއި އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށް ފަހު، މިނިސްޓަރު ޝިޔާމާއި އެ ކުންފުނީގެ އެމްޑީ ސައުދީ ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް

"މިވެސް ވަރަށް ކާމިޔާބު މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ދާނެ. އެއީ މި ފެކްޓަރީ އެޅުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު މަސައްކަތް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮންމެ އަތޮޅެއްގެ ކޮންމެވެސް އެއް ރަށެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން ނިލަންދޫގައި ވެސް އެކަން ކުރަން ނިންމައި ފިއުލްސް ކިޓްގެ މަސައްކަތް ރޭ ހަވާކުރި ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ދެން އެ މަނިކުފާނު ވިދާޅުވީ، ނިލަންދޫގައި ރަނގަޅު ފެންވަރުގެ ޕޮލިސް ސްޓޭޝަނަކާއި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ މަސައްކަތެވެ. އެ ދެ މަޝްރޫއު ރަސްމީކޮށް ފަށާނީ މިއަދުގެ ވަގުތެއްގަ އެވެ.

ރައީސް މުއިއްޒު ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާ އަށް ހާޒިރުވި ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ވިދާޅުވީ، ނިލަންދޫގައި 200 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާއިރު އެ ކަމަށް އަދިވެސް މަސައްކަތައް ކުރައްވާ ކަމަށެވެ. އެކަމަކު، ތަފުސީލެއް އަދި ނުދެއްވަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ނިލަންދޫގައި ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވަރަށް ބޮޑަށް ތަރުތީބު ކޮށްގެންނެވެ. އެ އިން ކޮންމެ މަސައްކަތަކަށް ވެސް ސަރުކާރުން އިސްކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.

ނިލަންދޫގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު ވައުދުވީ އާބަން ސެންޓަރެއްގެ ހަގީގީ ކުލަ މިއިން ކޮންމެ މަޝްރޫއެއް ނިންމައިދީ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޖައްސައިދޭނަމޭ. އެ ޔަގީންކަން އަޅުގަނޑު އަނެއްކާ ވެސް ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވި އެވެ.

4 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔަގީންޓާރ

21 September 2025

ދަރަނބޫދޫ ރައްޔިތުން ނިލަންދޫއަށް ބަދަލުކުރުމަށް ގޮވާލަން

The name is already taken The name is available. Register?

ޏޮގީންޓާރ

21 September 2025

މާލެ މީހުންވެސް ނިލަންދޫއަށް ބަދަލުކޮއްދީ ހެޔޮނުވާނެ!

The name is already taken The name is available. Register?

ސަސި

21 September 2025

މިދިޔަ ރިޔާސީ އިންތިހާބާ، މަޖިލިސް އިންތިހާބުގައި ވީ ހުރިހާ ވައުދެއް ފުއްދާފަ، ދެންވެސް ހަމަ އިތުރަށް ކަންކަން ކުރާނެ ހިތްވަރު ހުރިއްޔާ ހަމަ ވައުދު ވަމުން ދާންވީތާ

The name is already taken The name is available. Register?

ޑޮކްޓަރ

21 September 2025

އަޅޭ ދެންފަހެ މިމާސްޝޚަރޕްލޭން އޮތީކިހިނެއްބާ ކޮއްމެ އިމާރާތަކަށް ބޭނުންވާބިން ، އެބިމުގެ ބޮޑުމިން ހިއްކުމަކީ ވަކި ޕްރޮޖެކްޓުތަކެއްގެ ގޮތުގައި އިފްތިތާހް މިކުރަނީ ޕްރޮޖެކްޓުގެ ލިސްޓު ދިގުކުރަންބާ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454