ކޯސްޓްގާޑުގެ ހަލަވެލި: އެ އުޅަނދު ދަނީ އެ ސަރަހައްދުގައި ތެޔޮ އިތުރަށް އެޅިފައިވޭތޯ ބަލަމުން.
24 ސެޕްޓެމްބަރ 2025 - 12:47
ވ. ފުލިދޫ ބޭރުން ކަނޑަށް އެޅިފައިވާ ތެޔޮތަކެއް އެ ރަށުގެ ފަޅާއި ގޮނޑުދޮށަށް ލައްވެ ތަޣައްޔަރު ވެފައިވާތީ އެ ސަރަަހައްދުގެ ކަނޑަށް އިތުރަށް ތެޔޮ އެޅިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ފުލިދޫ ފަޅާއި ގޮނޑުދޮށަށް ގިނަ އަދަދަކަށް ކަޅުތެޔޮ ފެތުރިފައިވާތީ، އެ ސަރަހައްދު އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ކޯސްޓް ގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދު ހަލަވެލިން ކަމަށެވެ.
ފުލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ތެޔޮ ލައްވީ ރަށުގެ ހުޅަނގު ދެކުނު ގޮނޑުދޮށަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރަށަށް ލައްގާފައިވަނީ ތެޔޮ އުފުލާ ބޯޓަކުން މޫދަށް އެޅުނު ނުވަތަ ދޫކޮށްލާފައިވާ ތެޔޮތަކެއް ކަމަށް ބެލެވެ އެވެ.
ގެސްޓް ހައުސްގެ ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެ ރަށުގެ ގޮނޑުދޮށް އޮތީ ގިނަ އަދަދެއްގެ ތެޔޮ ލައްވުމުގެ ސަބަބުން ކަޅުވެފަ އެވެ.
އިމްތިޔާޒު ވިދާޅުވި ގޮތުގައި ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށުގެ އެއްކޮޅުން އަނެއްކޮޅަށް އޮތީ ތެލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒަކީމާ
25 September 2025
ތިވަރަކަށް ނުބެލީސް އެތާ ޑޮލަރު ގެންގުޅޭ ބަޔަކު ނެތްނަމަ. ހަމަ ކަހާތަން ހިރުވާވެސް ނުލާނެ
ގުދުގުދާބެްޔާ
24 September 2025
މިއޮތީ ރަނުގެ ފުރުސަތެއް މިގަމުގައި ތެޔޮފެންނާނީ ތިގޮތައް! އަވަހަށް އެސްޓީއޯ މެދުވެރިގެންނަގާ ވިއްކަން ފަށާ ބަންކަރިންއިން ލިބޭ ވަރަށް ވުރެން ގިނައިން ލިބޭނެ! އަވަސްކުރޭ!
ދާށޑަށ
24 September 2025
މާ މަޖާ ކަމަކީތަ؟ ބޮޑު ޚަރަދު ކޮށްފައި އަންނަ ޓޫރިސްޓް މީހާގެއަށް ކިހާ ބޮޑު ގެއްލުމެއް.
މަތިންދުވާ ބޯޓް
24 September 2025
އޮއިލް ސްލިކްސް ހޯދައި އަދި ދެނެގަންނަން އެންމެ އަވަސްވާނީ އަދި ފަސޭހަވާނީ މަތިން ހޯދައި ބަލައިގެން. މަތިންދާ ބޯޓު ނުވަތަ ޑްރޯން ބޭނުން ކުރުމުން ވަގުތުން ހޯދައިގަނެވޭނެ.
ނނނބ
24 September 2025
ފުރަތަމަ ބަލަންވީ ތިހިސާބުގައި ތެޔޮވަޅެއް ހުރިތޯ
ވަޝޥޑވ
24 September 2025
މަޖާކަމެއްތަ؟ ގައުމުގައި ފައިސާ މަދުވެގެން އުޅޭ މިދުވަސްވަރު ކިހާ ބޮޑު ގެއްލުމެއްމީ، މިވަގިތު އައިސް ތިބި ފަތުރުވެރިންގެ ޗުއްޓީ ބޭކާރުވީ.
ވަކަސްމީ
24 September 2025
މިކަމުގައި ޑްރޯން ބޭނުންނުކުރަނީ ކީއްވެބާ؟
ދޮހޮއްތުބެ
24 September 2025
އެއީ ހުރިހާކަންކަމެއް ކުރެވޭޗއެއްޗެއްތޭ
ފެފަ
24 September 2025
އެ ބޭނުން ކުރަންވީމަ އެނގޭނެ ސިފައިންނަށް.