ބަނގުރާ ބޭނުންކޮށް، ގެންގުޅޭ މައްސަލައެއްގައި ދިވެހި ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ. 

އެ މައްސަލާގައި ހައްޔަރުކުރީ ކ. ތުލުސްދޫ، ވާދޫ، މުހައްމަދު ރަޒާން އަލީ ޒާހިރު އެވެ.

އުމުރުން 19 އަހަރުގެ އެ ޒުވާނާ ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

ރަޒާން ހައްޔަރުކޮށްފައި ވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި، އަމުރުގައި ބުނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައި ވަނީ އޭނާ ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ބުނެފައިވާތީ ކަމަށެވެ. 

އަމުރުގައިވާ ގޮތުން ރަޒާންއަކީ އެމްއެންޑީއެފްގެ ޕްރައިވެޓެއްގެ ރޭންކުގައި ހުރި މީހެއް ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ބުނެފައިވެ އެވެ.