ލިލީ އިންޓަނޭޝަނަލްގެ ސަޕްލައި ފިހާރައިގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި.--- ފޮޓޯ: ލިލީ އިންޓަނޭޝަނަލް
28 ސެޕްޓެމްބަރ 2025 - 16:16
މާލޭގެ މަސް މާރުކޭޓު ކައިރީގައި ހިންގާ "ލިލީ ސަޕްލައި ބާޒާރު 1" ފިހާރައިގައި ރޭ ދަންވަރު ރޯވި އަލިފާނުގެ ސަބަބުން، އެ ފިހާރަ ހުރި ދެބުރީގެ އިމާރާތް މުޅިން އަނދައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން ލިބުނު ގެއްލުން 30 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް އެ ލީލީ އިންޓަނޭޝަނަލުން ބުނެފި އެވެ.
ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު "މިހާރު" އަށް ވިދާޅުވީ އެ އިމާރާތުގެ ފުރާޅާ އެކު އަނދައި، ހަލާކުވެފައިވާ ކަމަށާއި އެ ތަން ދެން ޖެހޭނީ އެއްކޮށް ތަޅާލަން ކަމަށެވެ. ހާދިސާ ހިނގި އިރު އެ ތަނުގައި ހުރި މުދަލުގެ އަގު 10 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިލްޑިންގާއި އެތާ ހުރި އެއްޗިއްސާ އެކު ބަލާއިރު އެއީ 30 މިލިއަން ރުފިޔާގެ ގެއްލުން. އެ ތަނުގައި ހުރި މުދަލުގެ އަގު އެކަނި ވެސް 10 މިލިއަން ރުފިޔާ އަށް އަރާ،" އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެބުރިއަށް ހަދާފައި ހުރި އެ އިމާރާތުގެ މަތީ ބުރީގައި ހުރީ ހިކިމުދަލެވެ. އިމާރާތުގެ ތިރީ ގައި ހުރީ ގަނޑުކޮށްގެން ގެންގުޅޭ ބާވަތްތައް ބަހައްޓާ ކޯލްޑް ރޫމެކެވެ.
އެއީ އާމިރު ވިދާޅުވި ގޮތުގައި މުޅި ބާޒާރަށް ހޯލްސޭލް ކުރާ ބާވަތްތަކެވެ.
ލިލީ އިންޓަނޭޝަނަލްގެ ސަޕްލައި ފިހާރައިގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. ފޮޓޯ: ލިލީ އިންޓަނޭޝަނަލް
ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށް، ހޯލް ސޭލް އަދި ރީޓެއިލްކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ލިލީގެ އެ ފިހާރާގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ މެންދަމުން އަލިވެ 1:00 ހާއިރު އެވެ.
އޭރުން ފެށިގެން ކުރި މަސައްކަތުން، އަލިފާންގަނޑު ނިއްވައިލެވުނީ 2:30 ވި ފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަފައިޓަރަކު ހާލު ދެރަވެގެން ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށާއި މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިން ބުނީ އަލިފާން ރޯވި ތަނުގައި ހުރި ގިނަ އަދަދެއްގެ މުދާ އަނދާފައިވާ ކަމަށެވެ. އަދި އެތަނުގެ ފުރާޅުން ވެސް ބައެއް ވެއްޓި ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ. އަލިފާނުގެ ހާދިސާ ހިނގި ސަބަބެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޮޅުވާހަކަ
30 September 2025
ނުހުންނާނެ 30 މިލިޔަން ރުފިޔަ ތިކަންމަތީ ފިހާރައިގަ.
އަލީބެ
30 September 2025
ފިހާރަ އެނދީމަ އޮންނަގޮތަކީ ޑިއުޓީ މާފުކޮށްދިނުން. 30 އަހަރަށް މާފުކޮށްދޭންވާނެ
އަބްދުﷲ
30 September 2025
ތިފީހާރައަކީ ދަޅުކާނާގެ ބާވަތްތައް ވިއްކާ ފިހާރައް. ތިފިހާރައިގައި 2 ކޮންޓެއިނަރު މުދާ ރައްކާ ނުކުރެވެނެ. 20 ފޫޓުގެ އެއްކޮންޓެއިނަރ ދަޅުކާނާގެ އެވެރެޖް އަގަކީ 50000 ޑޮލަރު. ތިފިހާރައިގައި ހުރި މުދަލުގެ ޖުމްލަ އަގު އުޅެނީ ގިނަވެގެން 15 ލައްކަ ރުފިޔާ.
ސަންކުއިން އިބްރޭ
29 September 2025
ތިރީސް ހަމަލޮށްލެވިދާނެ މަދު މަސްދުވަހުން. އާފަލު، އޮރެންޖު،މައިލޯ،ކޮފީ،ސަންކުއިން ދެންވެސް ހޯލްސޭލް ކުރާ ސާމާނުން އަގު ރައްޔިތުން އަތުން "ހޯދީމާ" ވީއޭ!.
ވޯލް
29 September 2025
ތިޔަ ގެއްލުން އިންސޫރެންސްއިން ކަވަރު ކުރާނެ އެހެންނޫނީ މިހާރު ނާ އޮންނާނީ ހޮސްޕިޓަލްގައި.
ފަހުދު.
29 September 2025
30 ނޫޑުލީސް ޕެކެޓަށް 30 މިލިއަން
ފެންނަނުފެންނަ
29 September 2025
ޢިންޝިއުރަންސް އަށް ކިހާ އަދަދެއް ލިބޭބާ ؟ އެންމެ ފަހުންވެސް ތިހެން ފިހާރަ އެނދި މީހާ މިހާރު ފެންނަނީ އަތުން ފައިން މަސައްކަތެއް ނުކޮށް ހަވީރު ފިންޔަށް ބޭރުމަގުގަ ބުރުޖަހާތަން.
ފޫހި
29 September 2025
މިއީ ވަރަށް އެއްޗެހި އަގުބޮޑުކޮށްވިއްކާބައެއް. އަނެއްކާ އަގުބޮޑުކޮށްލާ. ކޮންމެ ޝިޕްމަންޓެއް ގެނެސް އަގަށް ބަދަލުއާދޭ އެތައް ޕަސެންޓެއް.
ސަލާމަތެއް ނެތް
29 September 2025
މީ ދިވެހިންނަށް ކުލުނު ނެތްމީހުން ކުރާކަންކަން، މިމީހުނަށް ޝިޕިންގް ގެ ބޮޑުބަޔެއް ދޫކޮށްލައިގެން ހެވިފަ ތިބެންވީ.
ޢެޑްމުންޑޯ
29 September 2025
އެކިޔަނީ އެއްޗެހި ބޭރުންގެނެސް ވިއްކާލޒިމާ އަރާ އަގު ، ބޭރުން ގަންނަން ދާނީ ކަސްޓަމް ޑިއުޓީ އާއި އެއްކޮށް 5 ވަރަކަށް މިލއަން ރުފިޔާ ، ދެން ވިސްނާ މިމީހުން މުދަލުގެ ފައިދާ ލާވަރު 5 ވަރަކަށް މިލިއަނުން 30 މިލިއަން
ޓޯޕޭ
29 September 2025
އާ ހިތް ވަރަކާ އެކު އަލުން ތިޔަތާ އިމާރާތެއް އަޅާލާ. އިމާރާތއ އަލާ އިރު އެންމެ ތިރީގަ އެއީ މުދާ ގެންނަ ލޮރީތައް މުދާ ލޯޑްކޮށް އަންލޯޑް ކުރާނެ ޕާރކިން ޒޯން އެއް ހަދާ މީހުންގެ ކޮނޑުމަތިންނާ ކުޑަދޮރުން މަތީ ފްލޯއަށް ކާޑް އަރުވަނއ ނުހަދާ ތަހްޒީބު ގޮތްތަކަށް ކަން ކުރާތަނަކަށް ހަދާލާ. ކުޑަ ދުވަސް ތެރޭ ގެއްލުނު 30 މިލިއަން ވެސް ރައްޔިތުންގެ ޖީބަށް ބަރު ނުކޮށް ހޯދާލާ