ކްރިމިނަލް ކޯޓު އިމާރާތް: މާލޭގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިނދެގެން ހައްޔަރުކުރި ދެ މީހަކު ބަންދުކުރަން އެ ކޯޓުން ވަނީ އަމުރުކޮށްފައި.-- ފޮޓޯ: މިހާރު
04 އޮކްޓޯބަރ 2025 - 13:31
މާލޭގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިނދެގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ ތަހުގީގަށް އެ ދެ މީހުން ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމުގެ ހުއްދަ ދީފަ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. ރަތަފަންދޫ، ނީލްވިލާ، މުހައްމަދު ސުހައިލް، 33، އާއި ހދ. ކުޅުދުއްފުށި، ކަސްތޫރިގެ، އަހްމަދު އަލީ، 37، އެވެ.
ބަންދުގެ އަމުރުގައި ބުނީ އެ ދެމީހުންނަކީ ވެސް ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ.
އެ އަނބު ގަހަކީ މަގުމައްޗަށް ވާ ގޮތަށް ހުރި ގަހެއް ކަމަށް ވާތީ، އެ ގަހުން އަނބު ބިނުމަކީ މަނާކަމެއް ކަން ނޭނގޭ ކަމަށް އެ ދެމީހުން ކޯޓުގައި ބުނެފައިވެ އެވެ. އަނބު ބިނީ ގަހަށް އަރައިގެން ނޫން ކަމަށާއި ބިންމަތީގައި ހުރެގެން އަތްލެވޭ ވަރަށް ހުރުމުން އަނބު ބިނީ ކަމަށް އެ މީހުން ބުންޏެވެ.
އެ ގަހުން އެ މީހުން ބިނީ އެންމެ ހަތަރު އަނބު ކަމަށް ވެސް ބަންދުގެ މަޖިލީހުގައި އެ މީހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ނަމަވެސް، ފުލުހުންގެ ހާދިސާގެ ރިޕޯޓުން އެނގޭ ގޮތުގައި، އަހްމަދު އަލީ އޮތީ އަނބު ގަހުގައި ކަމާއި ތިރީގައި އަނބު ހޮވަން ހުރީ މުހައްމަދު ސުހއިލްކަން އެނގޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އެ ދެމީހުން ވަގަށް އަނބު ބިނީ މާލޭގެ ކޮންތާކުން ކަމެއް ބަންދުގެ އަމުރުން އެނގޭކަށް ނެތެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ އަނބު ގަސްތަކުން ވަގަށް އަނބު ބިނދެގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން މީހުން ހައްޔަރުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅި އަލީ
05 October 2025
ވައްކަންވާނީ ވައްކަމަކަށް އަނބެއް ކީކުރަން ގަހަކުން ފަތެއް ވަގައް ބިނަސް! އެއްމެނަށް އެއް ހަމަ އަކުން އަދުލު އިންސާފު ނުލިބުން އަދި އެއީ އެހެން ަމއްސަލައެއް!
ތެފައާސާ.
05 October 2025
ރައީސް މުއިއްޒުގެ ސަރުކާރުން މިފަދަ ބޮޑެތި ސީރިއަސް ވައްކަމުގެ މައްސަލަތަކުގައި މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި އަޅުއްވަމުންމިގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް އެމަނިކުފާނަށް ޝުކުރާއި ތަހުނިޔާ ބަރުތީލަކުރާންޖެހެއެވެ.
އަހުމަދު55
05 October 2025
މީހަކު ގަހަކުން އަބެއް ބިނދެލަނީކީ ނޫން. ގަވައިދުން ކޮަތަޅުހިފައިގެން އައިސް ގަންނަ ގަނޑެއްމީ. އަންބުގަސް ހުންނަގޭގެ މީހާއަށް ގަސް ހައްދައިގެން ލިބޭ ފައިދާ މިވެރިން ވިއްކާހުސްކުރަނީ. މީއަހަރެންން އުޅުނު ގެއެއްގެ ކުރިމަތީގަ ހުރިގެއެއްގެ މީހިުން މިހާރުވެސް ތަހައްމަލް ކުރަމުންދާ ކަމެއް. ޕޮލިހައް ރިޕޯޓު ކުރީމަ ކުރާމީހާ މިގައުމުގަ ގޯސްވާނީ.
×ޒ
04 October 2025
ނޫސްވެރިޔާ ބުނަން އުޅެފައި އެވަނީ ބޮޑެތި ކުއް ކުރާ މީހުންނާ ކުދި ކުއް ކުރާ މީހުން މި ގައުމުގައި ތަފާތު ކުރާ ވަރު.
ހުތްއަލިދީ
04 October 2025
ދިވެހިން ދިވެހިރާއްޖޭގަ މަގުމަތީ ހުރިގަހުން މޭވާ ބިންދެގެން ކެއީމަ ކުއްވެރި….ދިވެހިރާއްޖޭގެ މަގުމަތީ ހުރި ދަނބުގަހުން ބަންގާޅު ބޭފުޅުން މޭވާ ބިނދެ އެއިން ވިޔަފާރި ކުރީމަ އޯކޭ….
ފިކާބޫ
04 October 2025
އަހަރެން ހީކުރީ ހަތަރު އަނބިން ތިބި މީހަކު ހައްޔަރު ކުރީކަމަށް! ދެތިންފަހަރު ކިޔައިގެން ގެޓްވީ! މިގައުމުގެ ކަންތައްތައް މިދާގޮތުން އަސްލެއް ހަގީގަތެއް ނޭނގޭ މިހާރު ތަކުރާރުކޮށް ކިޔަސް
ގަލަންދާރު
04 October 2025
މިހިރީ ނޫސްވެރިން އޮޅުވާލާވަރު ސުރުހީ އަޅާފަ މީގެ ފަހު ފޮޅުވަތުގައި އަސްލުކަން ހިގި ގޮތް ފޮރުވާފަ. ޢާއްމުންނަށް ދައްކަން ބޭނުންވާ މަންޒަރު ސުރުހީތެރޭގައި ދިއްލާ އަޅާފަ. ނޫސްވެރިން ޒިންމާދާރު ނޫންކަން މީގެން ފެންނާނެ ވަރަށް ރަނގަޅަށް. މިކޮމެންޓް ފެންނަންވެސް ނީންނާނެ. އެކަމަކު "އިފް" މިކޮމެންޓް ފޭސްބުކްގައި އުޅޭނެ
ވަގު
04 October 2025
ވަކަންކޮފިޔާ ވަރިހަމަ އަބަކަސް ކުނާރަކަސް އަދަބުދީ
ކާޅޫ
04 October 2025
ވާލާއި ކާޅު އަނބު ނަގައިގެން ޖަލަށް ނުލަނީ ޖަނަވާރު މިނިސްޓަރު ނުރުހޭތީ. މިނިސްޓަރު ބުނުއްވި ވާލާއި ކާޅާ އެއްކޮށްވެސް އުޅެން ދަސް ކުރަން ޖެހޭ ކަމަށް.
ކައުންސެލަރު...
04 October 2025
ތެދެއް! ދެ އަނބެއް ބިންނަމީހާއާ ރިހާކުރުފުޅި ނަގާމީހާ ޖެހޭނެ ކުޑަގޮޅިއަށްލާން. އެމްއެމްޕީއާރުސީ އާ އާރުޑީސީއާ ފެނަކައާ އެފްއޭއެމާ އެއްކޮށް ރޮލުން ކޭމީހުންނަށް ފަސްތަރީގެ ހޮޓާތަކުގާ އުމުރަށް ވަޑުވާލާ. މިއޮތީ ކަލޭނޭ ދައުލަތެއް ދުނިޔޭގާ.