އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ކުއްޖަކަށް ލޭޒާ ޓްރީޓްމަންޓް ދެނީ.-- ފޮޓޯ: ހަލީމް
09 އޮކްޓޯބަރ 2025 - 11:03
ދުވަސް ނުފުރާ އުފަންވާ ކުދިންގެ ލޮލުގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށް ދޭ ހާއްސަ ފަރުވާ އައިޖީއެމްއެޗްގައި ފަށައިފި އެވެ.
ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ދޭ ރެޓީނާ ލޭޒާ ޓްރީޓްމަންޓް އައިޖީއެމްއެޗްގައި ފެށިކަން ހާމަކުރައްވައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ފަރުވާ ލަސްނުވެ ދެވޭނެ އިންތިޒާމު ހަމަޖެހުނީ ކަމަށެވެ.
މި ފަރުވާ އަކީ ދުވަސް ނުފުރާ އުފަންވުމުން، ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރަން، އަވަހަށް ދޭންޖެހޭ ހާއްސަ ފަރުވާއެކެވެ.
"މި ހިދުމަތް ރާއްޖެއިން ދެވެން ފެށުމާ އެކު މިފަދަ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމުގެ ފުރުސަތު މި ވަނީ ފަހިވެގެން ގޮސްފަ އެވެ،" އޭނާ ލިޔުއްވާފައިވެ އެވެ.
އައި.ޖީ.އެމް.އެޗްގައި މިއަދުން ފެށިގެން ދުވަސް ނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓް ގެ ޚިދުމަތްދޭން ފެށިގެން ދިޔުމަކީ ނުހަނު އުފާވެރި ކަމެކެވެ. މިއީ އަޅުގަނޑުމެންގެ އެންމެ ނާޒުކު ތުއްތު ކުދިން ކަމުގައިވާ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު… pic.twitter.com/dwxxtKdXHm
— Haleem (@22halex) October 8, 2025
ދުވަސް ނުފުރާ ކަމަށް ބަލަނީ 37 ހަފުތާއަށް ވުރެ ކުރިން ވިހެއުމުންނެވެ. އެފަދަ ހާލަތުގައި ތިބި ކުދިންނަށް އެންއައިސީޔޫގައި ބާއްވައިގެން ހާއްސަ ފަރުވާ ދޭންޖެހެ އެވެ.
އެގޮތަށް އައިޖީއެމްއެޗްގައި މިހާރު ވެސް ފަރުވާ ދެނީ ކޮމްޕްލެކްސް ގުނަވަންތަކަށް ވަކިން، ހާއްސަކޮށްގެންނެވެ. އޭގެ ތެރެއިން ފުއްޕާމޭގެ މައްސަލަތަކަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމާއި އިންފެކްޝަނަށް އެންޓިބަޔޮޓިކާއި ހިތުގެ ލޭ ހިންގުމަށް ހާއްސަ އިނޮޓްރޮޕިކް ފަރުވާ އަދި އިތުރު ކަންކަމަށް ވެސް ފަރުވާ ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy