ހައެއްކަ އާއިލާ މިހާރު ވަނީ އާ ފްލެޓުތަކަށް ބަދަލުވެފައި
ގެދޮރުވެރިޔާ މަޝްރޫއުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް: އެތަނުގައި މިހާރު މީހުން އާބާދުވާން ވަނީ ފަށާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
09 އޮކްޓޯބަރ 2025 - 12:56
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބުނު މީހުންގެ ތެެރެއިން ތަޅުދަނޑި ހަވާލުކުރި ބައެއް މީހުން އެ ތަނުގައި ދިރިއުޅެން ފަށައިފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ފްލެޓް ލިބުނު މީހުންނަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކުރަން ފެށީ މިދިޔަ މަހުގެ 28 ގަ އެވެ. ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފެށިގެން ފްލެޓް ލިބުނު މީހުންނަށެވެ.
އެފްޑީސީގެ އޮފިޝަލަކު، "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި މިހާތަނަށް 78 މީހަކަށް ވަނީ ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފަ އެވެ. އެ ޓަވަރަށް ކަރަންޓާއި ފެން މިހާރު ގުޅައިދީފައިވާ ކަމަށާއި އެހެންވެ ތަޅުދަނޑި ހަވާލުކުރުމާ އެކު، ފްލެޓުތަކަށް މީހުން ވަދެ އެ ތަނުގައި ދިރިއުޅެން ފެށުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކަން ނުޖެހޭނެ ކަމަށާއި އެކަމަކު މެއިންޓެނަންސް ފީ ދައްކަން ޖެހޭނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ތަނުގައި މިހާރު ހައެއްކަ އާއިލާ އަންނަނީ ދިރިއުޅެމުންނެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރާ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ. މިހާތަނަށް 1،200 އަށް ވުރެ ގިނަ މީހުން ވަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފަ އެވެ.
ފްލެޓްގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ އެވެ.
- ދެ ކޮޓަރީ : މެއިންޓެނަންސް ފީއާ އެކު ފްލެޓްގެ އަގަކީ 8،000ރ. - ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހޭ.
- ތިން ކޮޓަރި : މެއިންޓެނަންސް ފީއާ އެކު ކުއްޔަށް 11،500ރ. - ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަންޖެހޭ.
އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޭ 4،000 ފްލެޓްގެ ގުރުއަތު ނެގުމުގައި ކުރިން ބައިވެރިވެފައި ނުވާ މީހުންގެ ގުރު ނެގުން އިއްޔެ ވަނީ ބާއްވައިފަ އެވެ. ލިބޭ ފްލެޓްތަކުގެ ވަކިވަކި ޔުނިޓްތައް ލިބޭ މީހުން ކަނޑައެޅުމަށް ނޮވެމްބަރު 16، 2023 ގައި ބޭއްވި ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައަޅަން ގުރުއަތު ނަގާފައި ނުވާ މީހުންނާއި 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފްލެޓް ކަނޑައަޅަން ގުރުއަތު ނަގާފައި ނުވާ މީހުންގެ މެދުގައި އިއްޔެ ގުރު ނެގި އެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ކުރިން ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓްތަކެއް މީހުންނާ ހަވާލުކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
09 October 2025
ހަމަ ހެޑްލައިންއަށް އަރުވާލަން ޖެއްސި ސުޓަންޓެއް!ފުލެޓައް ވަދެތިއްބައި ތިޔަ ފުލެޓްގެ ފޮޓޯއެއް އަދި ވީޑިއޯއެއް ސޯސަލް މީދިޔާގައި އަދި ނެތް!
މިސްޓަރ ޓިނޭ
09 October 2025
ކޮބާބާ ލިސްޓް.
ހިޖާދު
10 October 2025
ލިސްޓް ހޯދަން ދޭބަލަ މަހަށް!
އާދަނު33
09 October 2025
ކުލިދައްކާގޮތަށްތޯ ދިރިއުޅެންފެށީ؟
އަޅުމީހާ
09 October 2025
އެއް ބަޔަކު ވަންނަނީ ފްލެޓް ކުއްޔަށް ދިން މީހާ އަތުން ކުއްޔަށް ހިފައިގެން
އަަޙްމަދު.
09 October 2025
ހިޔާ ފްލެޓްްތައް ހަވާލުކުރި އިރު މި ސަރަހައްދުގަ ހަދާފައޮތީ ވަަށައިގެން 2 ފަޅިން ދުއްވާ ބޮޑުމަގުއެކަނި، އެއްވެސްް ޕޭމަންޓެއް ހަދާފައެއްނެތް! ފިހާރަައެއް، ހޮޓަލެއް، ކްލިނިކެއް، ސްކޫލެއްް، ޕޮލިސް ސްޓޭޝަންއެއް ނެތް! އެކަމު މިހާރު އެގޮތްތަ! ޕޭވްމަންޓްތައްވެސް އެދަނީ ހަދަމުން، ވަށައިގެން ހުރި ހުރިހާ މަގުތަކެއް ހަދާފަ، މީހުން ދިރިއުޅެން ނުފަށާ ބަސް ސްޓޮޕް ހަދައިފި!
އަޙްމަދު.
09 October 2025
މި ނޫނިއްޔާ ރާއްޖޭގަ އަޅެ ބަޔަކަށް ފްލެޓެއް ނުދެނީތަ؟ އެއްބަޔަކު މޮޔަވެގެން، އަނިއްބަޔަކު ނަފްސާނީވެގެން އުޅޭއިރު އަދި ތިތަންތަން އެއްކޮށް ހަދާވެސް ނުނިމެއޭ!
ސަޖުދާއަލީ
09 October 2025
ހައެއްކަ ފްލެޓަށް ތި ވަދެވުނީ. އަދިވެސް މުއިއްޒު ސްޕީޑޭ ކަރަންފުލޭ ގޮވާތި. ހުޅުމާލޭގެ ފޭސް 2 ގެ އެތަށް ސަރަހައްދަކުން ގޯތި ލިބިފަ ތިބި މީހުން އެތިބީ ގެ އެޅުމުގެ މަސައްކަތެއް ނުކުރެވިފަ ސަރުކާރު ސުލޯ ކަމުން. އެތަންތާގެ ފެނާއި ނަރުދަމާ ނޭޅޭ. ކަރަންޓު ދޭން ޓްރާންސޮފޯމަރ ފޮށި ނުވެހެއްޓޭ. ގޯތި ލިބިފަ ތިބި ރައްޔިތުންގެ އުމުރުން 2 އަހަރު މި ދިޔައީ ތޮޅިއަށް. ރަނގަޅުކޮއްދޭނަމޭ ބުން ވަޑައިގެންނެވި ބޭޅާގެ ސްޕީޑް އަދި މާ ގޯސް. ހަރާމުން ހަރާން ވާ ކަމެއް.
މަހުޖަނު ކަލޭގެފާނު
10 October 2025
މައްސަލަ ނުޖައްސާ.. ތިޔޮތީ ހުލުމާލެއިން ބިން މިޅިން ހިލޭ ލިބި މަހުޖަނުވެފާއެއްނު.. ދުވަސްކޮޅަކުން ކުއްޔާށްދީ ނުވަތަ ވިއްކާލާފަ ކޭޝް އައުޓު ކޮައލަންވީ… ތީ މިހާރު އަސްލު އެތައް މިލިޔަން ރުފުޔާގެ އެސެޓް އޯނަރެއް.. މަހުޖަނުކޮއްދީފަ ތިއޮތީ..
ކޮލަމާހުއްޓާ
09 October 2025
ނިމިފަހުރި ތަންތަނަށް މީހުން ވައްދަމުންދާއިރު ކުޑަކުދިންނާ މުސްކުޅިންނަށް ފަސޭހައިން ހިނގާލެވޭގޮތަށް މަގުތައްހެދި ތިރިއަށްފައިބާ މަޑުކޮއްލާނެ ތަންތަންވެސް ބޭނުންވާނެ. ތަންސާފްކޮށް ލެވެލްކުރެވި ޢިމާރާތަށް ވަދެނުކުންނަ މީހުންނަށް އެއްވެސްކަމެއް މިހާތަނަށް ނެތް ތިތަނުގަކޮއްފަ.
މަ ބުނީ
09 October 2025
ޕާޓީ ކުދިންކޮޅަށް ވަދެވުނީމަ ނިމުނީތޯ ! އަޅުގަނޑުމެން ޑިޕޮސިޓު ދެއްކި އެއްމެ ފިރަތަމަ ހަފްތާދައި ލާރިކޮޅު ދިނީމަ ޕޯޓަލް ނިދައިފި؟
އާދަމް އީމާން
09 October 2025
ވަރަށްވެސް އުފާވެރި ހަބަރެއް.
ސަސި
09 October 2025
ދެން ހަމަ ހަވައެއް އަރުވާނުލާ، ރެބަން ފަށެއް ކަނޑާނުލާ، ޓީވީ ތަކުން ލައިވްނުކޮށް ތިޔަވަރުގެ ކަމެއް ފަށަން ވާނެތަ؟
ސީނުހުޅުދޫއައް
09 October 2025
އަދި އޮތީނު ވޯޓާ ކައިރިކޮއްފަ