15 އޮކްޓޯބަރ 2025 - 11:57
އައިޖީއެމްއެޗްގައި ކަށީގެ އޮޕަރޭޝަންތައް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރަން ފަށައިފި އެވެ.
މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި މިއަދު ވިދާޅުވީ ކަށި އަދި ޓްރޯމާ ޑިޕާޓްމަންޓުގެ ހިދުމަތްތައް ފުޅާކުރުމާއި އިތުރަށް ފުރިހަމަކުރަން އެންމެ ފަހުގެ އެޑްވާންސް ޓެކްނޮލޮޖީ، އާތުރޮސްކޮޕީ ޓަވަރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އޭރުން ހަތަރު ގުނަ ސާފުކޮށް، 4K ރިޒޮލިއުޝަންގައި ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗް @igmhmv ގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފުޅާކުރުމާއި، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މިހާރު މިވަނީ އެންމެފަހުގެ އެޑްވާންސް ޓެކޮނޮލޮޖީ (އޯލް އިން ވަން ހަތަރުގުނަ ސާފުކޮށްފެންނަ 4k ) އާރތްރޮސްކޮޕީ ޓަވަރު ބެނުންކުރަން ފެށިފައެވެ.… pic.twitter.com/CY4eJsRSxy
— Haleem (@22halex) October 15, 2025
"މި ސިސްޓަމާ އެކު ފަސޭހައިން ބަލި ދެނެގަނެވި، ސްޕޯޓްސް އިންޖަރީއަށް ފަރުވާކުރުމުގައި މޮޑަން މެތަޑްސް ބޭނުންކުރެވޭނެ އެވެ،" ހަލީމް ވިދާޅުވި އެވެ. އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމަންޓުގެ ހެޑް، ސީނިއާ ކޮންސަލްޓެންޓް އިން އޯތޯޕެޑިކްސް ޑރ. އިސްމާއިލް ޒާހިރު "މިހާރު" އަށް ވިދާޅުވީ އެ ހޮސްޕިޓަލުގައި އަލަށް ބޭނުންކުރަން ފެށީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށެވެ. އޭގެ ސަބަބުން، އޮޕަރޭޝަންތައް ކުރުމުގައި ހޭދަވާ ވަގުތާއި ކޮމްޕްލިކޭޝަންތައް ކުޑަކުރެވި، ބަލި މީހާގެ ރިކަވަރީ އަވަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ސެޓަޕްގައި ލިބޭ އަނެއް ފަސޭހައަކީ، ޑޮކްޓަރު ވިދާޅުވި، އޮޓޮމެޓިކުން ޕްރެޝަރާ އެއްޗެހި ބެލުމެވެ. "ސާޖަންއަށް ވަރަށް ފަސޭހަވެގެންދޭ، އިތުރު ކަންކަމަށް ވޮރީނުކޮށް ސާޖަރީ ފުރިހަމަކުރަން ލިބޭ،" އިސްމާއިލް ޒާހިރު ވިދާޅުވި އެވެ. ކަށީގެ ޑިޕާޓްމަންޓުން އެންމެ ގިނައިން ހަދާފައިވަނީ ކަކުލު ހުޅުގެ އޮޕަރޭޝަންތަކެވެ. ނަމަވެސް، އެ އައި ކުރިއެރުންތަކާއެި ކޮނޑުހުޅުގެ އޮޕަރޭޝަންތައް ގިނަވެ، ކުދިކުދި ޖޮއިންޓުތަކުގެ އޮޕަރޭޝަންތައް ވެސް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހައްގުބަސް،
15 October 2025
ރާއްޖޭގަ މިހާރު ކަށީގެ ފަރުވާ ވަރައް ރަނގަޅު. އޭސީއެލް ލިގަމަންޓް އޮބަރޭޝަން ހުޅުބަދަލުކުރުން ކޮޑު ހުޅުގެ މައިބަދާގެ އޮޕަރޭށަން ވަރައް ރަނގަޅު ރާއްޖޭގަ
ޑރ ވާންޗޯ
15 October 2025
މިގައުމުގަ ކަމެއްނުވަނީ ޓެކްނޮލޮޖީ ނެތިގެނެއްނޫން، އެޓެކްނޮލޮޖީން އެދައްކާއެއްޗެއް އެގޭބަޔަކު ނެތިގެން. މިތަނުން އެމްއާރއައި ހަދާފަ މައްސަލަފެނިގެން ބޭސްކައިކައިވެސް ރަނގަޅުނުވެގެން ހަމަ އެ އެމްއާރއައި ހިފައިގެން ރާއްޖޭންބޭރައްދިޔައީމަ ބޭސްދެނީ މުޅިންއެހެން ކަމަކައް.
ހުސޭނުބެބެ
15 October 2025
އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެންމެ އާދައިގެ މިންވަރަކީ ރޮބޮޓިކް ސާޖަރީ. އަދި ރާއްޖެއަށް ތައާރަފްވާން 30 އަހަރު ނަގާނެ
ހަހަހަާ
15 October 2025
ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގަވެސް މިހާރު ހުނަނީ 4ކޭ ސިސްޓަމް. އުގޫފާރު، ތިނަދޫ، ކުޅުދުއްފުށީގަވެސް. ތީ ނިއޯމެޑުގެ އަތުގަ އިގައިގެން ޑރ. ފައިސްލް ތީތި ތިތަނަށް ލީމަ މާ މޮޅު އެއްޗަކައް ހަދައިގެން ތިއުޅެނީ. އައިޖީމެޗް އޯތޯ ވައްކަން ބަލަން ވަރަށް ރަންގަޅުވާނެ
ހިހިހި
15 October 2025
ތިބުނި ރީޖަނަލް ކޮންހޮސްޕިޓަލެެއްގަ އެބޭނުންކުރަނީ؟ ކުރަންްިގޭ ބަޔަކު އެބަތިބިތަ؟؟