ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން: ކުށްކުރި ކަމަށް ގަބޫލު ކުރެވޭ މިންވަރަށް މުއާޒާ ދެކޮޅަށް ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައިވޭ
21 އޮކްޓޯބަރ 2025 - 12:07
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގުމުގައި މުއާޒް އަލީގެ ބައިވެރިވުން އޮތް ކަމަށް ގަބޫލު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް ކޯޓުން އިއްޔެ ވަނީ ދީފަ އެވެ.
އެ އަމުރުގައި ބުނެފައިވާ ގޮތުގައި މުއާޒާ ދެކޮޅަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ހުރި ތަފްސީލީ ވާހަކަތަކަށް ބަލާއިރު ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރިކަމަށް ބެލެވެ އެވެ. އަދި އޭނާއާ ކުށާ ގުޅުވާލެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
މުއާޒުގެ މައްޗަށް ފުލުހުން ކުރަނީ އެމްޕީއެލްގެ ބެލުމުގެ ދަށުން ހުޅުމާލޭ ޕޯޓުގައި ހުރި ސިނގިރޭޓުތައް ވަގަށް ގެންދިއުމަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ.
މުއާޒުގެ އިތުރުން މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްގެ މިހާރުގެ ވެސް އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް މި މައްސަލައާ ގުޅިގެން ވަނީ ހައްޔަރުކޮށްފަ އެވެ.
ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތަހުގީގަށް މުއާޒް ހައްޔަރުކުރުމާ ގުޅިގެން، މިފްކޯގައި އޭނާ ވަޒީފާ އަދާކުރަމުން އައި އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން ވެސް ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފަ އެވެ.
ސިނގިރޭޓުތައް ގެއްލުނު މައްސަލައިގެ ތަހުގީގާ ގުޅިގެން އެމްޕީއެލްގެ އިތުރު މުވައްޒަފުންތަކެއް ހައްޔަރު ނުކުރިއަސް މިހާތަނަށް ހަ މީހަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެ ތަހުގީގުގެ ބޭނުމަށް 12 މީހަކު ވަނީ ރާއްޖެ އިން ފުރުން މަނާކޮށްފަ އެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓުތައް ނައްތާނުލައި އެމްޕީއެލްގެ ބަނދަރުގައި ހަ މަސް ދުވަހަށް ވުރެ ގިނައިން ބަހައްޓާފައި ހުރީ ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ތަހުގީގު ނުނިމޭތީ އެވެ. އެ ތަކެތި ބަނދަރުގައި ހުއްޓާ ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގާ ހަކަ
21 October 2025
ގަބޫލުކުރެވޭ މިންވަރަށް ހެކި ހުރި ކައިރު ސިނގިރޭޓް އެކަތި ވެސްފެނިއްޖެއުތ؟
އ އަހަމަދު
21 October 2025
މިބާވަތުގެ ސީރިއަސް މައްސަލަތައް ތަހްގީގެއްނިންމާނުލެވި 8 މަސްދުވަހައް ދިގިލައިގެންދިއުމަކީ ހިތާމަހުރިކަމެއް މިތަހްގީގު އެހާދިގުލައިގެންދިޔަސަބަބެއް އެބަޖެހޭ މަޖިލީހުންބަލަން
އާއްޓެ
21 October 2025
އާއްޓެމެންނާ ހަމައަށް ގާނޫނީ އަތް ފޯރާނީ މުލައްދަނޑީގަ ލައްކަ ބާރުހުރެގެން، މުއިއްޒުގެ ގާނޫނީ މުލައްދަނޑީގެ ބާރު މިފަހަރު ގައިމުވެސް ފެންނާނެ. ފަނޑިޔާރުން މިހާރު ތިބޭނީ މަށަށް މަށަށް ގޮވާލަ ގޮވާލާ. ކުޅިވަރު ބަލަން އަހަރުމެން މިތިބީ. އިނގިދާނެތާ ވާ އެއްޗެއް.
މޮގޮމްބޯ
21 October 2025
ކޮބާތައް ނާޑު ކިޔާ ކުންފުންޏަކުން ކައުންސިލްތަކާ ގުޅިގެން ކުރި ވައްކަން ތައް؟
ސައިބޯނި
21 October 2025
ކޮބާހޭ ރިޝްވާން ސަރގެ އޮފީހު ކުދިން އެކުދިން ހަމަ އެއްކަމެއްވެސް ނުކުރޭދޯ،، ވަރަށް ބެސްޓް
އިންޓެލް ޖޯން
21 October 2025
ބަޑި ބޭސް އެެތެރެ ކުރިޒަމާނުގައި ހިބަޅިދޫ ފަރުން ނެގި ހަތިޔާރު ތަކާ ވެސް ލިންކްތަކެއް ވޭ.
ދިގަލި ސަލާމަތް ވާނެ
21 October 2025
ދިގަލީގެ ބޮޑުބޭބެ ކިޔާ ހަބީބު އުޅެނީ ރައީސްއޮފިސް މިނިސްޓަރަށް. ދިގަލި ސަލާމަތްވާނެ..
މެންޔުނައިޓެޑް
21 October 2025
މެންޗެސްޓާ ޔުނައިޓެޑާ އަލަށް ގުޅުނު ކުޅުންތެރިން
ލަދުވެތި
21 October 2025
އިންޑިއާ އައުޓޭ ކިޔާފަ ކްލަބް ހައުސްގަ ބަޔަކު މޮޔަ ހައްދައިގެން އެންމެ އިސް މިޑަރޭޓަރެއްގެ ގޮތުގައި މުއާޒުއާއި (ޕާޕާ) ފޯރަމެއް ހިންގަން އުޅެފަ ސަރުކާރުގެ އިސް މަގާމެއް ދަމައިގަތީ މުއާޒު، ދެން މުއާޒު ފެށީ ޒަމާނުއްސުރެ ތަޖުރިބާޔާއި ކަށީގަ ހިފާފައި ހުރި ދައުލަތް ލޫޓުވުމުގެ މަސައްކަތް. ޕާޕާ އަށް މަގާމެއް ލައްވާނުލުމުން ވަގުތުން ޔާމީނާއި ގުޅިގެން އިދިކޮޅު ހަރަކާތް މިފެށީ. މިއީ މިގައުމުގަ އުޅޭ ސިޔާސީ މީހުންގެ ފެންވަރަކީ. ކިހާ ލަދުވެތިތޯ.
ރ5ދތރ5ތ
21 October 2025
މަބުނީ ވޭޕު އެތެރެ ކުރި މިނިސްޓރަުގެ ދަރި ކޮބަޔޯ؟
ނަވާރަ ފަންސަވީސް
21 October 2025
އަޅޭދެން.. މި ސޮރުމެން ހާދަ ހަދާން ގަދަޔޭ... ކޮބާތަ 1. ޖަލަށް ވަގަށް ފޯނު ވައްދާތީ ހިފެހެއްޓި މައްސަލަ 2. އެއަރޕޯރޓް ޑިއުޓީ ފްރީ އިން ސިގިރެޓް ނެރުނު ގްރޫޕް 3. ޑްރަގްގެ ބޮޑެތި މައްސަލަތައް 3. އަދީބް ފޯނުން ފެނުނު މައްސަލަތައް.. ހަންދާން ނައްތާލާ.. ދެން ނުވާނެ..