މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިމާރާތް: ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކުރަން ވަނީ ފަށާފައި-- ފޮޓޯ: ނިޝާން އަލީ | މިހާރު
28 އޮކްޓޯބަރ 2025 - 21:35
ކަސްޓަމްސް އަށް ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު އާއްމުކުރަން ފަށައިފި އެވެ.
އެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ފައިސާ ދައްކަންޖެހޭ 680 ނަމެއް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި އަމިއްލަ މީހުންނާއި ކުންފުނިތައް ހިމެނެ އެވެ.
ކަސްޓަމްސް އިން މި މަހުގެ 16 ވަނަ ދުވަހު އާއްމުކުރި އުސޫލުގެ ދަށުން ނެރުނު ފުރަތަމަ ލިސްޓުގައިވާ ގޮތުން، އެ ތަނަށް އެންމެ ގިނަ ފައިސާ ދައްކަންޖެހެނީ މީގެ ކުރިން އެކި މައްސަލަތަކުގެ ތެރޭގައި ތާށިވި ސަލްޓަންސް އޮފް ދަ ސީ އިންނެވެ. އެ ކުންފުނިން އިމްޕޯޓު ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 110 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތެވެ. އެ ފައިސާ އަކީ ސަލްޓަންސް ކުންފުނިން މީގެ 12 އަހަރު ކުރިން ރާއްޖެ ގެނައި ދެ ލޯންޗެއްގެ އަގު އޮޅުވައިލި މައްސަލައިގައި ދައްކަން ކޯޓުން ހުކުމްކޮށްފައިވާ ފައިސާއެކެވެ.
ދެ ވަނައަށް އެންމެ ގިނަ ފައިސާ ދައްކަންޖެހެނީ ވޭޕް އެތެރެކޮށްގެން ޖޫރިމަނާކުރި މީހެކެވެ. އެއީ އަޝްރަފު ވަހީދު ކިޔާ މީހެކެވެ. އެޑްރެހަކަށް އޮތީ މާފިނިވާގެ، މާލެ އެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާ ހިލާފުވުމުން ޖޫރިމަނާގެ ގޮތުގައި އޭނާ 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހެ އެވެ.
ތިން ވަނައިގައި ވެސް ހިމެނެނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާ ހިލާފުވުމުން ކޮށްފައިވާ 48 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާއެކެވެ.
ކަސްޓަމްސް އިން އޭރު އާއްމުކުރި އުސޫލުގައި ބުނީ ނަން ހާމަކުރާނީ ނުދައްކާ ހުރި ފައިސާގެ އަަދަދު 10،000.ރ އަށް ވުރެ މަތިވުމުން ކަމަށެވެ. އަދި އެ ހިސާބަށް ދާނީ ވެސް އޭގެ ކުރިން ފުރިހަމަ ކުރަންޖެހޭ ގިނަ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށް ވެސް އެ އުސޫލުގައި ވެ އެވެ.
އެ ލިސްޓުގައި އެންމެ ގިނައިން ހިމެނެނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާ ހިލާފުވުމުން ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާ މީހުންނެވެ. އެ ފަދަ ބާވަތްތައް އެތެރެކޮށްގެން އެތައް ބަޔަކު ވަނީ މިލިއަނުން ޖޫރިމަނާކޮށްފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.
ކަސްޓަމްސް އިން ވަނީ، ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު، ކޮންމެ ދެ މަހަކުން އާއްމުކުރަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަންނަ
30 October 2025
ޓޫރިޒަމް މިނިސްޓްރީ އިން އެއްވެސް ހުއްދަ އެއް ނުދޭ ދައުލަތަށް ދައްކަންޖެހޭ ފައިސާ އެއް ނުދައްކާވާނަމަ. މި އުސޫލަށް ދައުލަތުގެ ހުރިހާ މުވައްސަސާއަކުން އަމަލު ކުރުމަށް ފިނޭންސުން ސަރކިއުލަރ އެއްވެސް ނެރެފައިވާނެ. މިކަން ކުރަން ފެއްޓިޔަސް ދައްކަންޖެހޭ ހުރިހާ ފައިސާ އެއް ދައްކަން ފައްޓާނެ. ކަސްޓަމްސް އިން ތި ނެރުނު ލިސްޓްގައި ތިވަނީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ދަށުން އަރާފައިވާ ޖޫރީމާނާ ތަކެއްގެ ވާހަކަ. ތި ނުވެސް ލިބޭނެ. ނުވެސް ހޯދޭނެ.
ކަލޯޯ
29 October 2025
އެވޯޑެއް ދީ!
އަޅި އަލި
29 October 2025
ތިޔަ ލިސްޓްގައި ފުދޭވަރަކަށް ބިދޭސީން އެބަ އޮތް! ބިދޭސީން ހިތު ހުރި ގޮތަކަށް އުޅުމަށް ފުރުސަތު ދެވިގެން ނުވާނެއ! ކޮބާ އިމިގްރޭސަން! ކޮމިސަނަރު ހައްޔަރު ކުރި ގޮތައް ނިދާފައިތޯ!
ދިރާސީގޮތް
29 October 2025
ކޮން ނަން ލިސްޓެއް. ފައިސާ ނުދައްކާ ކުންފުނީގެ އެސެޓް ފްރީޒްކޮށް، މަސްއޫލުވެރިންގެ މުދާ ދައުލަތަށް ނަގަންވީނު. ތި ހުސް ޗަރުކޭސް. ކަމަކަށް ކަމެއް ކޮށްލަނީ. ވަރަށް ސަލާމް
އަންއޮފިޝަލް ޖާނަލިސްޓް
29 October 2025
ލޮލަކަށް ބޮލަކަށް މޫނަކަށް ކަނދުރާޔަކަށް ބަލާނެކަމެއް ނެތް ގާނޫނު އޭގެ ޒާތުގަ ހިނގަން ފުރުސަތު ލިބުނީމަ ވަގުން ފިލާނެ، ފުރަތަމަ ދަސްކޮށްދޭންވީ ފުލުސްނުކުމެ ވަގުހޯދުން، މިރާއްޖެ ދަރާވިކެނީ ވަގުން މަހުޖަނުނަށްވަނީ، ދައުލަތުގެ ދަތެއް ނެތީމަ.
ވެރިން
29 October 2025
ތިޔަހެން ނަންހާމަކުރިޔަސް މިގައުމުގެ އެމީހުން ހިތަކަށް އެއްވެސް އެއްޗެއްނާރާނެ އަދި ވާނެ ގެއްލުމެއްވެސް ނޯއްނާނެ އެމީހުން އުޅޭނީ ހަމަ އުފަލުގަ މީހަކު އެމީހުއްނާ ދިމާލަށް އެހެނޭ ކިޔާފަ އެއްޗެއްވެސް ނުބުނާނެ.ބޮޑައްލާފާ ކުރެވެނީ ނޮވެންބަރު މުޒާހަރާއައް ހުރަސް އަޅަން ކޮއްގެން އުޅޭކަމެއްހެން
އަމޭރު
29 October 2025
ތިޔައީ ރާވައިގެން މުއައްސަސާތަކުން ގަސްދުގަ ކޮށްފަ ހުންނަ ކަންކަން. ބޮޑެތި މަގާމުތަކުގަ ބޮޑުމުސާރަޔާ އިނާޔަތްތައް ނަގައިގެން އެންމެން ފިލައިފި. ކިތައް ޖެނެރަކުން ތިޔަތަނަށްވަދެ ނިކުމެއްޖެ. ދައުލަތަށް އެންމެ ލާރިއެއް ނުހޯދޭ
ގޮނުއަނގަ
29 October 2025
ކަސްޓަމަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކައިގެން ޖޫރިމާނާ ކުރާ ބަޔަކުގެ އެހެން މުދަލެއް ކްލިއަރ ކުރާންވެއްޖެނަމަ ކުރިން ނުދައްކާހުރި ފައިސާ ދެއްކުން ލާޒިމު ނުކުރަނީތޯ. މިކަން ނުކުރާނަމަ ޤާނޫނަކުން މިކަން ލާޒިމު ކުރުވަންވީ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާއެއް މާފުކުރުމަށް ރައީސަށް ދީފައިވާ ބާރުވެސް އުވާލަންވީ. އެކަމަކު ރައީސަށް ފެނިވަޑައިފިނަމަ ވަކި މިންވަރަކަށްވުރެ ބޮޑުނުވާ އަދަދަކަށް އެހީގެ ފައިސާ ދިނުން ހިމަނަންވީ.
އޮނަރަބްލް އަފީފު ދީދީ
29 October 2025
މީރާއާއި ކަސްޓަމްސް އަށް ފަހު ދައުލަތަށް އެންމެގިނަ ފާއިސާ ނުދައްކާތިބީ "ތިމާމެން ވަންނާނެ ތަނެއް ނެތްކަމަށްބުނެ" ދޮގު މައުލޫމާއި، މަކަރާއި ޙީލަތްހަދައިގެން ދައުލަތުގެ ސޯޝަލް ހައުސިން ސްކީމް ފުލެޓް ހޯދައިގެން "އެތަންތަން އެހެންމީހުނަށް ބޮޑު އަގުގައި ކުއްޔަށްދީގެން" އުޅޭ ތިރަށު މީހުން. އެހެން ކަމުން ފުލެޓަށް ފައިސާ ނުދައްކާ ފުލެޓް ތަކުގެ ހުރިހާ މައުލޫމާތު ތަކާއި، އެތަންތަން ލިބުނު މީހުންގެ ފޮޓޯ އާއި އެކު HDC އިންވެސް ނޯޓިސް ނެރެ ލިސްޓް އާންމުކުރޭ.
ލަކީ
29 October 2025
ޙެހެ ކޮބާ ނަން ހާމަ ކުރުމުގެ ބޭނުމަކީ ނަން ހާމަކުރާ އިރަށް ފައިސާ ހިފައިގެން އައިސް ދެނީ ތޯ