ޚަބަރު / ކަސްޓަމްސް

ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކުރީ ރައީސަށް ފޮނުވި "ސިއްރު ޗެޕްޓަރު" އަށް ރިއާޔަތްކޮށް

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިއަދު ވަކިކުރި އަބްދުﷲ ވަހީދު (ކ) އަދި މަހުމޫދު ރިޔާޒު.

ރާއްޖެ އަށް ވަގަށް ސިނގިރޭޓު އެތެރެ ކުރުމުގައި އެހީތެރިވި ކަމަށް ބެލެވޭ މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ހިމެނޭ "ސިއްރު ބައިތަކަށް" ރިއާޔަތްކޮށް ކަމަށް އެ ކޮމިޓީން މިއަދު ބުނެފި އެވެ.

ކަސްޓަމްސްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރެއްވީ ހަތަރު ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން މަހުމޫދު ރިޔާޒު އަދި އަބްދުﷲ ވަހީދެވެ.

ކަސްޓަމްސްގައި 30 އަހަރު ހިދުމަތްކޮށްފައިވާ މަހުމޫދު، ޑެޕިއުޓީއަކަށް އައްޔަންކުރީ ކުރީގެ ސަރުކާރުގައި ޖޫން 25، 2020 ގަ އެވެ. އަބްދުﷲ ވަހީދު އައްޔަންކުރީ މި ސަރުކާރުން، ޖެނުއަރީ 3، 2024 ގަ އެވެ.

އެ ދެ މީހުންނާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފިޔަވަޅު އެޅުއްވީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި 241 ކޮމިޓީން ދިރާސާ ކޮށްފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސް އިން ނެރުނު މައްސަލައާ ގުޅިގެން މަޖިލިހުގެ އިދާރާ އިން ފޮނުވި ސިޓީގައި ދީފައިވާ މައުލޫމާތުތަކާއި ލަފައަށް ބަލައިފަ އެވެ.

އެ މައްސަލައާ ގުޅިގެން 241 ކޮމިޓީން އެކުލަވައިލި ރިޕޯޓު އާންމުކުރި ނަމަވެސް "ސިއްރު ބައެއް" ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ. އެހެންވެ، "ސިއްރު" ވާހަކަތައް ހިއްސާ ކުރީ ރައީސް މުއިއްޒާ އެކަންޏެވެ.

"ރައީސާ ހިއްސާކުރި ސިއްރު ބައިގައި ހިމެނޭނެ މި ބޭފުޅުން ކުރެއްވި ކަންތައްތަކާއި އެ ބޭފުޅުންގެ ނަންތައް ވެސް. ގޯސްކޮށް ކުރި ހުރިހާ ކަމެއް ރައީސަށް ފެނިވަޑައިގަންނަވާނެ އެ ލިޔުމުން. ތަހުގީގު ތަފުސީލް ހިމެނޭނެ،" 241 ކޮމިޓީގެ އިސް މެމްބަރަކު ވިދާޅުވި އެވެ.

އޭގެ އިތުރުން އެ އިދާރާއިން އަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ރައީސް އެ އިދާރާ އަށް އެންގެވި އެވެ.

ކަސްޓަމްސްގެ ގާނޫނުގައިވާ ގޮތުން ވަކިވަކި އޮފިސަރުންނަށް ފިޔަވަޅު އަޅައި މައްސަލަތައް ބެލޭނީ ކަސްޓަމްސް އަށެވެ.

"އެ ބާރު ރައީސަށް ނޯންނާނެތީ ރިޕޯޓުގައި ބަޔާންކޮށްފައިވާ އެހެން މީހުންނަށް ފިޔަވަޅު އަޅަން ދޫކޮށްލެއްވީ ކަސްޓަމްސްގެ ވެރިންގެ އަތްމައްޗަށް. އެ ކަން އެ ގޮތަށް ކުރަން އެ އެންގެވީ،" ކޮމިޓީގެ މެމްބަރު ވިދާޅުވި އެވެ.

މަޖިލިހުގެ އެކިއެކި ކޮމިޓީން ބަލާ މިފަދަ ބޮޑެތި މައްސަލަތަކުގެ ދިރާސާ ރިޕޯޓުގައި ބައެއް ވާހަކަތައް ސިއްރުކޮށް، ރައީސަށް ފޮނުވާފައިވާނެ ކަމަށް 241 ކޮމިޓީން ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓުން ވަނީ ކަސްޓަމްސްގެ އެތެރޭގައި އޮތް އިހުމާލުތަކާއި ކޮރަޕްޝަނުގެ ސަބަބުން، ރާއްޖޭގެ ބޯޑަރު ފޫވެއްޓުމުގެ އިތުރުން ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ދަށްވަމުންދާ ކަން ފާހަގަކޮށްފައިވެ އެވެ.

އެހެންވެ، އެކަންކަން ރަނގަޅުކުރަން ވަކި މުހުލަތެއް ދީފައިވެ އެވެ.

40 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 5%
icon angry icon angry 19%
icon wow icon wow 5%
icon inlove icon inlove 62%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާވެރިބެ

31 October 2025

ސިއްރު ވާހަކަ ތަކަށް ބަލާފަ ނުވަތަ އިންޓެލް ރިޕޯޓަކަށް ބަލާފަ ދުވަސްވީ ސީނިއަރ އޮފިސަރުން މަގާމުން ވަކި ކުރުން ގޯސް. މިފަދަ ރިޕޯޓުލިބުމުން ޖެހެނީ ހަރުދަނާ ތަހުގީގެއް ހިންގާފަ އޭގެ ފަހުން ފިޔަވަޅު އަޅަން. އެހެންނޫނީ އިންސާފުވެރި އެއްނުވާނެ.

The name is already taken The name is available. Register?

މަހުސަން

31 October 2025

ސިއްރު ކުރަންވި ސަބަބެއް ނޯންނާނެ. އެއީ ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތު. ސިއްރު ކުރަނީ އުޅުވާލަން.

The name is already taken The name is available. Register?

އަބޫ

30 October 2025

ދެއްވި މަޤާމު ވަކިކުރެވޭނެ , ވަކިކުރަންވާނެވެސްމެ އަޅުގަނޑު ވަހީދުވެސް ދަންނަން ތިޔަބަދުނާމުކުރި ކަންކަމާ ނުގުޅޭބުނެވޭނީ ... ރައީސްމީހާއަށް މިފަދަކަންކަމުގައި ދޭންއޮތީ ސުމެއްވެސް ނޫން ... މައިނަސް ...

The name is already taken The name is available. Register?

‫ނޫރާ

30 October 2025

‫މިއީ ހޯކްސްގެ ސިގެރޭޓްތައް ކަސްޓަމްސް އިން ހިފެހެއްޓީމަ ކަސްޓަމްސްގެ އަގުވައްޓާލަން ޖެހި މަޅިއެއް. މިކަމުގަ ކަސްޓަމްސް އިން ހެދި ގޯހަކީ އެތަކެތި ގަވާއިދާއި ހިލާފަށް އެތެރެކުރަން އުޅުމުން ހިފެހެއްޓުން. ގާނޫނުން ބޭރުން އުޅޭ މީހުން ހުރިހާތަކުވެސް އުޅޭ. އޭގެ މާނައަކީ ކަސްޓަމްސް އެންމެން ހަވަރަށް ދިނުމެއްނޫން

The name is already taken The name is available. Register?

ޱރ ކަސްޓަމްސް

30 October 2025

ތިޔަގޮތައް ކުރަންކެރޭނެތަ އމއނޕއރސ ގެ ފައިސާގަޖެހުނުމީހުން އަދި ރެހެންދި ފުލެޓްތައް ގަނެގެން އެތިބަމީހުން. އަދި ކޮބައިތޯ ރޮލެކުސް ގަޱި ލިބިގަތްމީހާ.

The name is already taken The name is available. Register?

ސާޖިދާ

30 October 2025

ހޯރކްސްއަށާ ފަޒުލްއަށް ލިބިގެންމިވަނީ ކޮންފަދަ ބާރެއްބާ؟

The name is already taken The name is available. Register?

ޖައިމުއިއްޒު

30 October 2025

ތިކަހަލަ ކިތައް... ޔުނިފޯރމްއެޅި ވަޒީފާތަކުގަ އުޅޭނެ!

The name is already taken The name is available. Register?

އަމޭރު

30 October 2025

ވަކިކުރި މީހުންނަށް އެނގޭނެ ކީއްވެގެންކަން ވަކިކުރީ. ރައީސް އައްޔަނުކުރާ މީހުން ވަކިކުރެވޭނީވެސް ރައީސަށް. އެމީހުން ދާންވާ ތާކަށް ދެވޭނެ. ދެން އޮތް މަރުހަލާއަށްވެސް ގެންދަންޖެހޭނެ. މިމައްސަލަ ހިނގާތާ އެންމެ ދުވަހެއްނޫންވީ. ކިތަންމެ މަހެއް ވެއްޖެ. ތިޔަކަމުގައި ބައިވެރިވިއެންމެން ތިބީ އޭރުއްސުރެ ވަޒީފާގައި. ވަގުތު ދެވުނު އަމިއްލައަށް ވަކިވާންވެސް. މީހުންގެ ނަމާ ފޮޓޯ ހާމަކުރެވޭ އުސޫލުތަކެއްވެސް ހުރޭ. ތަހުގީގު މަރުހަލާގައިވެސް

The name is already taken The name is available. Register?

އަލީ.

30 October 2025

ހޯކްސް އަށް އެޅީ ކޮން ފިޔަވަޅެއް؟.

The name is already taken The name is available. Register?

އިބްރާ1

30 October 2025

ދަހޯކްސް އެހިސާބަށް ދަތުރު ކުރި ކުރުމުގަ ކަސްޓަމްސް ގެ ބައިވެރި ވުން އޮތް ވަރު ކޮނެލަން ކެރޭނެތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454