29 އޮކްޓޯބަރ 2025 - 20:43
ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލާގައި ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާދީ އަދި މައްސަލަ ނިމެންދެން އެ މީހުން ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެކަމުގައި ބައިވެރިވާ ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާ ދިނުމަށް އެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެހެންވެ، އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، މި މައްސަލާގައި ސަސްޕެންޑްކުރީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ތިން ފުލުހަކާއި ސިވިލް ސްޓާފެކެވެ.
އެ މައްސަލާގައި އިތުރު ފުލުހުންތަކެއްގެ މައްސަލަ ވެސް ބެލި އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ މަގާމު ދަށްކުރަން ނިންމާފައިވާ ކަމަށް އެނގިފައިވެ އެވެ.
އެ މައްސަލާގައި ހިމެނެނީ ސީދާ ކިތައް މީހުން ކަމެއް އަދި ކިހާ އަދަދެއްގެ ފައިސާ ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
"މިހާރު" އަށް ކުރިން އެނގިފައިވާ ގޮތުގައި، އެ މީހުން އެކަން ކޮށްފައިވަނީ ކޮއްތު ހަމަޖައްސައިދޭ މީހާއާ ގުޅިގެންނެވެ. އަދި މައްސަލަ ފެންމަތިވިއިރު، އެ މީހުން އެކަން ކުރަމުންދާތާ ވަނީ އަހަރުތަކެއް ވެފަ އެވެ.
ފުލުހުންނަށް ކޮއްތު ފައިސާ އަމިއްލަ އަތަށް ދިނުމުގެ ބަދަލުގައި އާންމުކޮށް އޮންނަނީ ކެއިންބުއިމުގެ ކަންކަން ބިޑް އުސޫލުން ބަޔަކާ ހަވާލުކޮށްފަ އެވެ.
ސިފައިންނާއި ފުލުހުންގެ ކޮއްތަށް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި 445 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ފުލުހުންގެ ކެއުމުގެ ހަރަދުގެ ގޮތުގައި ބަޖެޓުން 168 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާއިރު، ކޮއްތު އެލަވަންސްގެ ގޮތުގައި ވަކިވަކި މުވައްޒަފުންނަށް 87 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕޮލްކޯ
30 October 2025
ދައުލަތުގެ ބަޖެޓުން ފުލުހުންގެ ވެލްފެއަރ ކަން ކަން ހަމަޖައްސަން ދޭ ޑޮލަރުތައް ނަގައިގެން ސިންގަޕޫރު، މެލޭޝިއާ، ތައިލެންޑަށް ހޮލިޑޭ ހަދަން ދަތުރުކުރާ އޮފިސަރުންގެ މައްސަލަ ބަލާނީ ކޮންއިރަކުންތަ؟ ފުލުހުންގެ ވެރިއެއްގެ ގޮތުގައި ހުރެ ޕޮލްކޯ ކިޔާ ކުންފުންޏެއް އުފައްދައިގެން ނާޖާއިޒް އެތައް މަންފާއެއް ހޯދައި އެތައް މިލިއަން ރުފިޔާއެއް ދިރުވާލި މމމނ އެހުރީ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްގެން، އަދިވެސް ދިވެހި ދައުލަތުން އޭނަ އަށް އެބަ ޚަަރަދުކުރޭ.
އަފްރާސިޔާބު
30 October 2025
ޕޮލްކޯއާއި ސިފްކޯގެ މަގްސަދުގެ ތެރޭގައި ވައްކަންކުރުމާއި ކޮރަޕްޝަނާއި ޚިޔާނާތް އިތުރުކޮށްލަން ފެނޭ.
ވަންޗޫ
30 October 2025
ވަރަށް ދެވަރުގެ ކަމެއްމީ! އެކުދިންގެ އާއިލާތަކަށް ލިބުނު ވަރަށް ބޮޑު ދެރަނިކަމެތި ކަމެއްމީ ވަޒީފާއިން ވަކިކުރިކަން! ކޮންމެވެސް އެހެން ފިޔަވަޅެއް އަޅާ އެފައިސާ އަނބުރާ ހޯދާގޮތަށް ހެދިނަަމަ ވަރަށް ރަނގަޅުވީސް! މިލިއަނުން ނާޖާއިޒް ފައިސާ އެކައުންޓަށް ޖަމާވަމުން ދިޔަ ޑިސީޕީ މުޙައްމަދު ދާޢޫދުމެން ޕޮލްކޯގެ މައްސަލައިގެ ބޮޑެތި އަދަދުތަކުން ކޭމީހުންނަށް އެޅުނު ފިޔަވަޅު ނާޅާ ދެރަނިކަމެތިން ކުދިން ވީމާ މިކުދިން ވަޒީފާއިން ވަކިތިކުރީ! ކޮބާ އިންސާފަކީ މިތާގަ
ގަންޖާ
30 October 2025
ފުލުހުންގެ މަތިފަޑީގަ މާ ގަދަވެފަ އުޅޭ ޑޭވިޑް ކަނޑާލަނީ ކޮންއިރަކުންތަ؟
ރާކިޒް
30 October 2025
ވަރަށް ދެރަ، ތިޔަ ފުލުހުންނަކީވެސް ޤައުމީ އެތައްމަސައްކަތެއް ކޮށްފައިތިބޭނެ ބައެއް، އެތައް އާއިލާއެއް މިނިކަމެތި މިވީ، ބޮޑު ޙަބަރެއްގެ ގޮތުގައި ޖަހައްޖެހެނީ ޝަރުކާރުން ކްރެޑިޓް ނަގަށް....، ކޮއްތުގޮތުގައި ލިބޭ ހައްޤު އަދަދު ހަމަޖައްސާފައިވާ ތަނުން ކެއުން ރަގަޅު ނޫންވީމަވެސް އެބަހުރި ފައިސާ ހޯދައިގެން ކެއުން ބުއިމުގެ ކައްތައް ހަމަޖައްސާފަ، މިފަދަ މައްސަލަތަކަށް އަދަބު ކަޑައެޅޭނެ އުސޫލުތައް އެބަހަރި ފުލުހުންގެ ޤަވައިދު ތަކުގަ. މީ ބޮޑުވަރު..
ޓުބޭ
30 October 2025
ވައްކަމާ ކޮރަޕްސަނާ ޖަރީމާ ވެސް އެއީ ގައުމީ މަސައްކަތް ދޮ
ސަނީސައިޑްބޮންޑް
30 October 2025
މީއަޅެފަހެ އިސްލާމީ ޤައުމެއްބާއޭ މަގޭހިތަށްއަރާ. ޙެނދުނު ނޫސްބަލާލާއިރު މިއޮންނަނީ އަބަދުވެސް ކޮންމެވެސް ބޮޑުވައްކަމެއް ނުވަތަ ޚިޔާނާތެއްގެވާހަކަ.
ހޮޓްކިންގ
30 October 2025
ބަލަ ސިފައިންނާއި ފުލުހުންނާއި ނަޖިލީހުގެ މެންބަރުން ފިޔަވައި މިގައުމުގާ ދައުލަތަށް ޚިދުމަތްކުރާ ބަޔަކު ހަމަ ނެތީތޯ؟ ސިވިލްސާވަންޓްގެ އާއިލާގެ ހުރިހާކަމެއް ހަމަޖައްސަން އެންމެ ހަހާސް ރުފިޔާ ހިފައިގެން ކޮންމެ މަހަކު ގެއަށް ވަންނަކަން އެނގޭތޯ؟
މޫސަބޭ
30 October 2025
ތިޔަ ތަނުގައި އުޅޭ މީހުން ކޮއްތު ދޭން ޖެހޭ ސަބަބެއް ނުވިސްނޭ. ކާން ގެއަށް ދެވޭ. ވަރަށް ބޮޑު އިސްރާފެއް. މި ކަމަކާ ހުރެ ތިޔަ ތަނުގެ ބަޖެޓުގައި ވަނީ ފޫގޮސްފައި
ޗިލްކޭ
30 October 2025
ޢައްޑޫ ޕޮލިހުން ކޮއްތަށް އިތުރައް ނެގި ފައިސާ ކޮބާ ހުސް ވ
މާލްޑިވްސް ގެ ނަން "މޯލްތީވްސް" އަށް ބަދަލުކުރޭ
30 October 2025
ތި ދެބައިމީހުންގެ މައިގަނޑު މަސައްކަތަކީ ކެއުންބާވައޭ މަ ހިތަށް އަރަނީ. ބައި ބިލިއަން ގެ ކާނާ އިން ނުފުދިގެން ފައިސާވެސް ކަނީ.
އަބްޑޫޅް +
30 October 2025
ދެންފަހެ، ރާއްޖޭގެ ނަން "ދިވެހިރާއްޖެ" އިން "ވަގުރާއްޖެ" އަށް ބަދަލުކުރުމަށް، އުސޫލެއްގެ ގޮތުން، މިހާރުން މިހާރަށް، އެބަޖެހޭ. މާތުރަ.