ފުލުހުންގެ ރަސްމިއްޔާތެއް ހުޅުމާލޭގައި ކުރިއަށްދަނީ --ފޮޓޯ/މިހާރު
08 ޖުލައި 2025 - 22:01
ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑް (ޕީއެސްޑީ) އިން ބަލަން ފަށައިފި އެވެ.
ފުލުހުން ހަމަ އެކަނި ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމެވެ. އެ މައްސަލާގައި ހިމެނެނީ ކިތައް މީހުން ކަމެއް އަދި ކިހާ ފައިސާއެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ރަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނަށް ތުހުމަތުވަނީ ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރާ ކަމުގެ ތުހުމަތެވެ.
އެ މީހުން އެކަން ކޮށްފައިވަނީ ކޮއްތު ހަމަޖައްސައިދޭ މީހާއާ ގުޅިގެން ކަމަށްވެ އެވެ.
ފުލުހުންނަށް ކޮއްތު ފައިސާ އަމިއް އަތަށް ދިނުމުގެ ބަދަލުގައި އާއްމުކޮށް އޮންނަނީ ކެއިންބުއިމުގެ ކަންކަން ބިޑް އުސޫލުން ހަވާލުކޮށްފަ އެވެ.
ސިފައިންނާއި ފުލުހުންގެ ކޮއްތަށް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި 445 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އެގޮތުން ފުލުހުންގެ ކެއުމުގެ ހަރަދުގެ ގޮތުގައި ބަޖެޓުން 168 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައި ވާއިރު ކޮއްތު އެލަވަންސްގެ ގޮތުގައި ވަކިވަކި މުވައްޒަފުންނަށް 87 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަންޑަނަ
10 July 2025
މުއިއްޒު ވެރިކަމަށް އައިފަހުން އިހުނަށްވުރެ ފުލުހުންގެ ޖަރީމާ ގިނަވެ އަހުލާގު ދަށަށް ގޮއްސި. މިކިހިނެތް ވާ ކަމެއް؟ އަސްލު މިރާއްޖެއަކަށް ވަކި މުވައްސަސާއެއްގެ ގޮތުގައި ޕޮލިސް ބޭނުމެއް ނުވޭ. ކުރާ ހަރަދާ ކައިރިއަށް ވެސް ޕާފޯމް ނުކުރެވޭ ފުލުހުންނަށް. ސިފައިންނާ އަޅާބަލާއިރު ފުލުހުން މާބޮޑަށް ވެސް ކަޑަ. އެހެންވީމަ ހަމަ އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ސިވިލްސާވިސްގެ ދަރަޖައަށަ ފުލުހުންތިރިކުރަންޖެހޭ. އެއީ އަސްލު ސައިޒަކީ!
ހޭލަ
10 July 2025
ފުލުހުންނަށް ވެސް ފެންނަނީ، މަތީގައި ތިބޭ ވެރިންނަށް ލިބޭ ބޮޑު މުސާރައާއި ޢިނާޔަތާއި ނަގާ ކަޓު، އެހެން ވީމާ ދެން ތިބޭ މީހުން ވެސް ކޮންމެވެސް ގޮތަކުން އިތުރު އެއްޗެއް ލިބޭތޯ މަސައްކަތް ކުރަނީ ތޯއްޗެއް. މި ދައުރު ފެށުނީއްސުވެ ފުލުހުންގެ މިފަދަ ކޮރަޕްޝަނުގެ ވާހަކަ އަބަދު އަޑު މިއިވެނީ. ދެރަކަމެއް ނޫންތަ؟ ދެން ކިހިނެތް އާއްމުން ރައްޔިތުންގެ މައްސަލަތައް ބަލާނީ.
ވަހުމެކެ
10 July 2025
ފުލުހުންނަށް ލިބޭވަރު މަދީތަ؟ އަންލިމިޓެޑް މެޑިކަލް އާއި ކެއުމާއި ލިވިންގް އާއި ފްލެޓް......، ސިވިލް ސާރވަންޓުންނާއި އަޅައި ކިޔާލަބަލަ. އެމީހުން ނެރޭ ނަތީޖާވެސް ބަލައިލަބަލަ. ގައުމުން ކުރާ ހޭދައާއި.
ހަސަންބޭ..
10 July 2025
މިއީ ވަރަށް ހިތްދަތި ހަބަރެއް. ޤާނޫނާއި ހިލާފު ކަންކަން ބަލަންތިބި މީހުން ވިއްޔާ ބައިއަޅާލައިގެން ޖަރީމާ ހިންގާލީ. އެކަމަކުވެސް ހުރިހާ ވައްތަރެއްގެ މީހުންވެސް ހުރިހާ ތަނެއްގަވެސް އުޅޭނޭ ކަމަށް ދެކިގެން ހުރީމަ އެންމެ ބޮލަށް ފަސޭހަ ވާނީ
ރުމާލު1
10 July 2025
ޖަރީމާހިންގުމާ ކަޓުނެގުމާ ނުހައްގު ފައިސާގައި ޖެހުމަކީ ބައެއް ފުލުހުންގެ ކަށީގައި ހިފާފަ ހުރިކަމެއް. ބޯ ނުބައީ ހަމަ.
ޕަޕެޓޭ
10 July 2025
ޓިޗަރުން، ޑޮކްޓަރުން، ނަރުހުންނަށް 3 އިރު ހިލޭ ކާންދިނުން ގައުމަށާ ރައްޔިތުންނަށް މާ ފައިދާ ބޮޑުވާނެ ފުލުހުންނަށް ވުރެ. ފުލުހުންނަކީ އެމީހުންގެ މުސާރަ ދުވާލު އިރުއިރުކޮޅާ ބޮޑުކޮށް، މުޅި އާއިލާއަށް ފުރީ ޕުރައިވެޓް މެޑިކަލްދީ، ހިލޭ ކާންބޯދޭއިރުވެސް ޒިންމާއަދާކުރެވޭ ބައެއް ނޫން.
ދަ ގައްޑާ
09 July 2025
ޕޮލިސް 2.0. ވައްކަމާ ފަސާދަޔާ ކޮރަޕްޝަނާ ހުރިހާ ޖަރީމާއެއްގެ މައި ތަނބު. ދިވެހި ދިދަ ކަރުނައަޅާ ރޯ ވަރުވޭ
އައްޗީޑި
09 July 2025
ފުލުހުންގެ އަހުލާގެއް ސުލޫކެއްނެތް ކަން އިގޭނެ ކެފޭތަކަ ހޮޓާތަކަށް ވަދެ ތިބޭ ފުލުހުންގެ ބަސްމަގުން. އެންމެ މަގުމަތީ ބަހުރުވައިން ވާހަކަ ދައްކަނީ. ރާއްޖެ ކުޑަ ތަނެއް ވީމަ އާދައިގެ ހެދުމުގައި ތިއްބަސް ފުލުހެއް ކަން އެގޭ. ދެން މަގުމައްޗާ ކަންމަތިތަކުގައި ސިގިރޭޓު ބުޔުންވެސް އެހާ އާއްމު. ފުލުހުންގެ ގާނޫނާ ކޯޑު އޮފް އެތިކްސް އެއީ ލެއްވި އެއްޗެއްކަންވެސް އެބައިމީހުންނަށް ނޭގޭ. ނޫހުގައި ފުލުހުންގެ ޖަރީމާ އެއް ނޯންނަ ހަފުތާއެއް މަދު. ލަދުން ބޯހަލާކު.
ރިއަލިޓި
10 July 2025
މުވައްސަސާގެ އެންމެ އިސްވެރިންނާ މިޑުލް މެނޭޖުމަންޓުގެ ގިނަ މީހުން ވެސް ތެޅެނީ އެހެން. އެހެންމަ ދެން ކުދި ސޯބުތައް ރަގަޅެއް ނުވާނެ ނުތޭ
ޟމމމ
09 July 2025
ތިޔަތާ އުޅޭ ޕޮލިހުންނަކީ ތިމާމެންވަރު ބަޔަކުނެތްކަމަށް ވެގެން އުޅޭ ބައެއް. އަދި ތިޔަތާ އުޅޭ ކާނު ސޯއަކީ ވަރަށް ގައްޑާވެގެން އުޅޭ ހަރުކަށި މީހެއް. ތިޔަ މައްސަ ވާނެ ރަނގަޅަށް ބަލަން!
ތަގޭ
09 July 2025
ވަގު ހިފަން ތިބީި ވަގުން. ޖަރީމާ ހުއްޓުވަން ތިބެ ހިންގަނީ ޖަރީމާ. ދެން ނަވީނުމެން ބުނާނެ ފުލުސް އޮފީހުގެ ތަސައްވަރޭ. ބަލަ އެ ސާފެއް ނުވާނެ ލާޗާރު ބިޗާރަށަ ތެޅޭ ހަޔާތްކުޑަ ފުލުހުންތައް ބޭރުނުކޮށެއް ފުލުސް އޮފީހުން. ގިނަ ފުލުހުންގެ އަހުލާގު ސުމެއް . އާއްމު ރައްޔިތުންނަށް ކިހިނެތް ދެން އެވަރު ތާކަށް އިތުބާރެއް އިހުތިރާމެއް ކުރާނީ؟
ޑިފަންޑް ޕޮލިސް
09 July 2025
އަބަދުވެސް ފައިސާ މަދުވެފަ ތިބޭ ބައިގަނޑެއް! ކިތަންމެ ބައިވަރެއް ލިބުނަސް މަހުޖަނުންގެ ލައިފުސްޓައިލްގައި އުޅެން ހަދައިން މަހުގެ މެދަށް ދާއިރު ތިބެނީ އިނދަޖެހިފަ. އުސޫލެއް ގޮތެއްފޮތެއް ނެތް ބައެއް. ސިވިލް ކެޓަގަރީގެ ބަޔަކަށް މިލިޓަރީ ދަރަޖައިގެ މުސާރަޔާ އިނާޔަތް ދީގެން ފެންވަރު އޮޅިފަ. ފުލުސް އޮފީސް އުވާލާފަ ފުލުހާ ގުޅޭ ކަންކަން ހޯމް މިނިސްޓުރީ ދަށުން ޑިވިޝަނެއް ގޮތުގައި ހިންގާފަ، ދެން ހުރި ކަންތައް ސިފައިންނާ ހަވާލު ކޮއްބަލަ!!
ކޮންއެއްޗެއް
10 July 2025
ސިފައިން އުވާލަންވީ. ބޭކާރަށް ކޮމެދުވަހަކު ލާރިތަޅާބައެއް. ކޮންމެކަމެއް ޖެހުނަސް ހަމަ އެއްކަލަ ޕޮލިސް ކަންކުރަން ތިބެނީ. މިލިޓަރީއެއް އޮންނަންޖެހޭ ގައުމެއްނޫން މީކީ.
ގައުމީ ގައުމީ
10 July 2025
ކޮންއެއްޗެއް،، މެޖޯރިޓި ރައްޔިތުން ގަބޫލު ކުރަނީ އުވާލަނއވީ ފުލުހުން ކަމަށް. ޒިންމާ އަދާ ނުކުރެވޭތީ އަހުލާގެއް ނެތީތީ ޖަރީމަ ހިންގާތީ. ސިފައިން ބަރާބަރު!!
ސާފުނުވާ ވާހަކަ
09 July 2025
ތީކީ އަނެއްހެން މާބޮޑު މައްސަލައެއް ނޫން. ކޮންޓްރެކްޓަރުންގެ އެފެންވަރު ނުހުންނާތީ އަތަށް އެފައިސާ ނަގަން ދިމާވަނީ. ކޮންޓްރެކްޓެއް ބަޔަކާ ހަވާލުކުރުމަކީވެސް އެހާ އުނދަގޫ ބޮޑު މައްސަލައެއް. ޑިއުޓީއަށް ނިކުންނަ މީހުން ނުކައިތިބުން މައްސަލައަކަށް ވަނީ. އަތަށް ފައިސާ ދިނުމުގެ ބަދަލުގައި އެކައުންޓަށް ޖަމާކުރުމުން ނުކައި އެފައިސާ ބެންކުން ލޯނަށް ކަނޑާލާނެ ނޫނީ ކުލިދައްކާނެ ނޫނީ ދިރިއުޅުމުގެ ޚަރަދު ފޫބައްދާނެ.. އެހެންވެ ސިފައިން އަމިއްލައަށް އެކައްކަނީ
ކުޑަކަމެއް ނޫން!!!
09 July 2025
އުސޫލުން ބޭރުން ކަންކަން ކުރުމަކީ ގާނޫނާ ހިލާފުވުން.