ފުލުހުންގެ އިދާރާ: ޓީޗަރަކު ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ދެއްކި މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 ނޮވެމްބަރ 2025 - 13:04
ދެކުނުގެ ރަށެއްގައި ދިވެހި ފިރިހެން ޓީޗަރަކު، ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލް ޓީޗަރަކު އެ ސްކޫލުގެ ފިރިހެން ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން އެ އިދާރާއަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހު ވަނީ އެ މައްސަަލައިގެ ތުހުމަތުގައި 40 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހު، ހުޅުމާލޭގައި ދަރިވަރެއްގެ ގެއަށް ދިޔަ ދިވެހި ފިިރިހެން ޓީޗަރަކު 13 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.
އެ މައްސަލައިގެ އިތުރުން އުތުރުގެ ރަށެއްގައި އިންޑިއާގެ ޓީޗަރަކު ސްކޫލް ދަރިވަރެއްގެ ގައިގައި އަތްލައި، ދަރިވަރަކާ ދައްކަން ނުޖެހޭ ފަދަ ވާހަކަތައް ދެއްކުމުގެ އިތުރުން އެ ކުއްޖާއަށް ބިރުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ވެސް ފުލުހުންނަށް ރިޕޯޓުކޮށްގެން އަންނަނީ ބަލަމުންނެެވެ. އެ މައްސަލާގައި އެ ޓީޗަރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މަހު ވަނީ އުތުރުގެ ރަށެއްގައި ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި އިތުރު މައްސަލައެއް ވެސް ބަލަަން ފަށައިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޓީޗަރު ސަސްޕެންޑްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝިމްލާ123
03 November 2025
ދެނަ ދާނީ ގޯހުން ގޯހަށް ހުރިހާ ކަމެއްވެސް. ޥަކި ވަރަކަށް ޖާހިލު ކަންމަތީ އެ މޮޅު ކޮށްގެން ކޮންމެ ޤައުމަކަށްވެސް އޮވެވޭނީ.
ނަންނީ
02 November 2025
މިއީ މ. ކޮޅުފުށީ ގެ ކަމެއއ
ހަސަންދި
02 November 2025
ކުރީ ސަރުކާރުން ދާންދޫ ސްކޫލަށް ވެސް ދަރިވަރުން ތަކަކާއި އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވުނު ފިރިހެން ޓީޗަރަކު ވައްދަފައިވާ ކަމަށް ވޭ. ވިސްނާލާ ކުރިޔަށް އޮއިތަނުގައި ކަންތައް ވާނެ ގޮއި. އަދި ކައުންސިލް އިދާރާގައި ހުންނަނީ އެކަނުގައި އަދަބުލިބިފަ ހުރި ބޮޑެއް....!!!
ކުރ ސަރުކާރު
02 November 2025
ޓީޗަރުންނަށް ކިހާ އިތުބާރެއް ކޮއްފަ ބަނޑުއަޅާ ވިހޭ ދެލޯ ފަދަ ދަރިން އެ މީހުންގެ ބެލުމުގެ ދަށަށް ފޮނުވާލަނީ؟ އެކަމަކު މިހުރީ ހާލަތު އޮތް ގޮތް.
ޢަލީ
02 November 2025
މިއީ އެއްވެސް ޙާލެއްގައި މިކަމަކީ ރަނގަޅު ކަމެކޭ ބުނުމުގެ މާނައިގައި ބުނާ އެއްޗެއް ނޫނެވެ.ފުލުހުންނަށް ޓީޗަރުންގެ މައްސަލަތައް ލިބޭ މިންވަރު އިތުރުވަނީ 18 ނުފުރޭ ދަރިވަރުންގެ ސަބަބުން ކަމުގައި ވެދާނެއެވެ.ސިވިލްސަރވިސްގެ މަޤާމެއްގައި ހުރުމަށްފަހު މަޤާމު ދޫކޮށް އަހަރެން ނުކުތީ އަހަންނާ އެއް މަޤާމެއްގައި އުޅުނު އެހެން މުއައްޒަފަކު އަވަގުރާނަ ގޮވައި މާރާމާރީ ހިންގުމުގެ ސަބަބުން ވަޒީފާ އަދާކުރަމުންދިޔަ އޮފީހުގައި ނޫޅެވިގެންނެވެ.މިފަދަ މައްސަލަތަކަށް ތަނުގެ ޒިންމާދާރު ވެރީންނަށް ސީދާ ކޮމިޝަނަށް ރިޕޯޓް ކުރެވޭނަމަ މިފަދަ މައްސަލަތައްވެސް މީޑިޔާއަށް ފެންމަތިވާވަރު އިތުރުވެ މުއައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެކަމަށް އުންމީދުކުރަމެވެ.
ލީޑިންގ ޓީޗަރު
02 November 2025
ސްކޫލް، މަދަރުސާތަކާ އެހެނިހެން އިދާރާތަކުގެ ވެރިންނަށް ކަމުދާނީ ކުރިމަތީ ހުޝާމަދުކޮށް މުލަންމާކުރާ މުވައްޒަފުން، ވެރިން ފެނުނީމާ ހާދަރީއްޗޭ ކިޔާ އަގަތަޅުވާ،އަތުގަހިފާއޮޅުލާބައްދާ އުޅޭ ފެންވަރުނެތި ވައި ހޯދަން އުޅޭމީހުން، ޕްރޮފެޝަނަލްކޮށް ސެލްފްރެސްޕެކްޓާއެކު މަސައްކަތްކުރާ، ކަންކަމާޑައިރެކްޓްކޮށް ވާހަކަ ދައްކާމީހުން ގިނަފަހަރު ތިބޭނީ ބާކީކޮށްލާފަ، ގޮތެއް ފޮތެއްނެތި އުޅޭބައެއްގެ ސަބަބުން މިދާއިރާވެސްދުވަހެއްދުވަހެއް ދަށަށްގޮސް ހަލާކުވަމުން މިދަނީ
ޑެބީ
01 November 2025
މިވެރިކަމުގައި ޓީޗަރުންވެސް ހައްދުން ނައްޓައިފި.
ޙަވާދު
01 November 2025
ތީގެ ޓީޗަރަކަށް އޭނަވެގެން އުޅުނީ
ރިޒާއިބޭ
01 November 2025
އެ ޓީޗަރުގެ ފޮޓޯ އެއް ނެތީއުތަ؟ފޮނުވީމާ ދޯ އޭކާކުކްން އެނގޭނީ
ޕްރޮފެޝަނަލް ސްޓޭންޑާޑް
01 November 2025
ޓިޗަރުން ދަރިވަރުން ގައިގަ އެއްވެސް ގޮތަކަށް އަތްލުން، އަދި ދަރިވަރުންވެސް އެއްކުއްޖަކު އަނެއްކުއްޖަކު ގައިގަވެސް، ޓީޗަރުން ގައިގަވެސް، ޓީޗަރުންވެސް ކުދިންނަށް ފެންނާތާނގަވެސް އަތްލުން މަނާކޮށް އޮތްއޮތުން އިތުރަށް ހަރުދަނާކޮށްބަލަ، ކުދިންނާ ގާތުން މަސައްކަތްކުރާ ލީޑްޓިޗަރުންނާ ޓީޗަރުންވެސް ތަންކޮޅެއްް ޕްރޮފެޝަނަލް ވާން އެބަޖެހޭ.ކުދިންނާ ގުޅިގެން ކިޔަވާދޭއިރު އެޓީޗަރުން ފެއަރ ކުރާ ކުދިންގައިގަ އޮޅުލާ ބައްދާ ހެދުން މީ ބަލައިގަނެވޭނެ ކަމެއްނޫން.
ހުޅުމާލެއިން މަންޒަރެއް...
02 November 2025
ސްކޫލް، މަދަރުސާތަކާ އެހެނިހެން އިދާރާތަކުގެ ވެރިންނަށް ކަމުދާނީ ކުރިމަތީ ހުޝާމަދުކޮށް މުލަންމާކުރާ މުވައްޒަފުން، ވެރިން ފެނުނީމާ އަގަތަޅުވާ، ކާންބޯންދީ އަތުގަހިފާއޮޅުލާ ބައްދާއުޅޭ ފެންވަރުނެތަސް ވައިގަ އުޅެން އުޅޭމީހުން، ޕްރޮފެޝަނަލްކޮށް ސެލްފްރެސްޕެކްޓާއެކު މަސައްކަތްކުރާ، ކަންކަމާ ޑައިރެކްޓްކޮށް ވާހަކަދައްކާމީހުން ގިނަފަހަރު ތިބޭނީ ބާކީކޮށްލާފަ، ގޮތެއް ފޮތެއްނެތި އުޅޭބައެއްގެ ސަބަބުން މިދާއިރާވެސްދުވަހެއްދުވަހެއް ދަށަށްގޮސް ހަލާކުވަމުން މިދަނީ
ޜޭސީ
01 November 2025
މި އިންޑިޔާ މީހުން އުޅެ ވައްތަރު
ދެލޯފުޅާ
01 November 2025
މިހާރު ދިވެހިވެސް ކިޔަވާދެނީ އިންޑިއާ މީހުންދޯ