ކުރީގެ ރައީސް މައުމޫން: ޕީޕީއެމްގެ ނަމުގައި އެމަނިކުފާނަށް ކަންކަން ނުކުރެއްވޭނެ ކަމަށް ޝައިނީ ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
30 މާޗް 2017 - 15:04
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މިހާރު އަމަލުކުރައްވަމުން ގެންދަވަނީ ޑިމޮކްރަސީގެ ރީތި ސިފަތަކާ އެއްގޮތަށް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް ސަރުކާރުން ހުޅުވައިލި މަޝްވަރާގެ ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝައިނީ ވިދާޅުވީ ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ފަށައިގެން އުޅޭ ކަމަށް ކަރުދާހެއްގައި ސޮއިކޮށްގެން އުޅުނަސް ސަރުކާރުން އެއްވެސް ކަމެއް ގޯސްކޮށް ނުކުރާ ކަމަށެވެ. އެ އެއްބަސްވުން ހަދައިގެން ޕީޕީއެމް ތަމްސީލް ކުރެއްވުމުގެ ހައިސިއްޔަތެއް މައުމޫނަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި "އެނބުރޭ ކަރުދާސްކޮޅެއްގައި" ޕީޕީއެމްގެ ރައީސް ސޮއި ކުރެއްވި ކަމަށް އޮތް އިރު، ކޯޓުގެ ތިން މަރުހަލާ އިން ޕާޓީގެ ރައީސްގެ ބާރުތައް ނަގާފައިވާ ކަމަށެވެ. އެއީ ޑިމޮކްރެޓިކް އުސޫލްތަކާއި ޕީޕީއެމްގެ ޗާޓަރާ ހިލާފުވެވަޑައިގެންފައިވާތީ ކޮށްފައިވާ ހުކުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާޓީ މަޝްވަރާއާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝައިނީ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސައިން ވަހީދު/ މިހާރު
"އެހެން ހުރި ދަނޑިވަޅެއްގައި ހުދުމުހުތާރުކޮށް އަމިއްލަ އަށް ކަންތައްތަކެއް ނިންމައި އަމިއްލަ އަށް ކައުންސިލެއް ހަދައި އެޑްވައިޒަރީ ކޮމެޓީއެއް ހައްދަވައިގެން ކަންކަން ކުރެއްވުމަކީ ޑިމޮކްރަސީގެ ރީތި ސިފައެއް ނޫން،" ޝައިނީ ވިދާޅުވި އެވެ.
"އެހެންވީމަ ޕީޕީއެމްގެ ތައްގަނޑު ބޭނުންކުރައްވައި އެއްޗެއްގައި ސޮއި ކުރައްވައި އެއްޗެހިތަކެއް ނެރުއްވިއަސް އެއީ ޑިމޮކްރަސީ ހަރުދަނާކުރަން މަސައްކަތް ކުރަން ގޮވާލާ ފަރާތްތަކަކުން ސައިޑްކުރާ އެއްޗަކަށް ވީމަ އެއީ ސަރުކާރަށް ގަބޫލުކުރަން އުނދަގޫ އެއްޗަކަށް ވޭ."
ޝައިނީ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ވޯޓުގެ ކަންކަން ދިޔައީ އުސޫލްތަކުން ބޭރުން ކަމަށް ވާހަކަ ދައްކަމުން ދާ އިރު، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް އޮތް ގޮތްތައް ވެސް ބަލަން ޖެހެ އެވެ. މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ރޯލް ކޯލް ވޯޓަކަށް ދެވޭނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.
ތިން ބާރު އެއްކޮށް، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ސިޔާސީ ލީޑަރުންނަށް ނުހައްގު ދައުވާތައް އުފުލަމުންދާ ކަމަށް ވިދާޅުވެ އެކަމާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް އިދިކޮޅު ފަރާތްތަކާ އެކު މައުމޫން ވަނީ އެއްބަސްވުމެއް އެކުލަވާލައި މަސައްކަތްޕުޅު ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރުގައޮންނަ މުސޮޅު 50
31 March 2017
ޝައިނީ ކޮބައިތަ ހޯދަން އުޅުނު ތެޔޮ ޝައިނީ ކަން.ބޮޑުވޭތަ ރައީސް މައުމޫނުގެ ޑިމޮކްރަސީގެ ވަރުގަދަކަން ފެނި ބަލަ އެއީ ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ރައްޔިތުންގެ ހާލުބައްލަވާ ރައްޔިތުންގެ އަޑުއައްސަވާ ހެއްދެވި ލީޑަރ މިހާރު ޝައިނީމެން ހަރުގަ އެހެންނޫން އެނގޭތަ ސުނާމީ އަރައިގެން ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ދިޔާމަ ވެސް ރައީސް މައުމޫނު ކާޑުގެ އަގު ބޮޑު ނުކުރައްވަވާ މިހާރު ކީއްކުރާނި އަކަފޫޓަކަށް 35 ހާސް ރުފިޔާ ނުވަތަ 147 މިލިޔަން ޑޮލަރު
ވަސަންތި
31 March 2017
އެހެންތަ؟؟ މީނަ ހާދަމޮޅޭ ޑިމޮކުރަސީ ކަމުން ރާއްޖޭގަތިބިހާ ޕޮލިޓީސަނުން 13 އަހަރަެައްޖަލައް ތިއަޅަނީ؟؟؟
އަމީލިޔާ
30 March 2017
އެހެންނު ވާނީ... މައުމޫން ބޭނުން ވަނީ ކޮންމެ ވެރި ކަމެށްގައި ވެސް ނުފޫޒާއި ބާރު... އޭނަ ބޭނުންވާ ވަރަށް ސަރުކާރުތެރޭ ބާރު ނުފޯރުވޭތީ ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރަނީއެ...
ސަރުކާނު
30 March 2017
މިހާރުވެސް ފާރިޝްއަށް ނައިބު ރައިސްކަން ދިބަލަ އޭރުން ޔާމިންއާ ޔާމިންގެ ސަރުކާރު ދިމޮކްރަސީގެ ނަމްބަރ ވަންކަމުގަ މައުމޫން ބުނާނެ. ޑިމޮކްރަސީއަކީ އެވަގުތު އޮންނަ ސަރުކާރު. އެއީ މިހާތަނަށް އަޅުގަޑަށް ސިފަވީގޮްތް. ސަރުކާރުން ކުރާކަމެއް އަޅުގަޑަށް ގޯސްވީމަ ޑިމޮކްރަސީ ނެތުނީ.
ޑިމޮކްރަސީ
30 March 2017
ތި ބޭފުލުން ތި ދައްކަވާ ޑިމޮކްރަސީ ދުނިޔޭގެ ކޮން ޤައުމެއްގަތޯ އޮތީ ބާލާލަން ބޭނުން...
ުއައިމޭން
30 March 2017
ސައުދީ މައްސަލަ ނިމެނީ ޝައިނީ ހިސާބުންނޯ ! ލޮލް!
ހަސަނާ
30 March 2017
ނާހަމަތެދެއް. ސައިނީ އަށް އިގޭތަ މިރާއްޖޭގެ ރައްޔިތުން މައުމޫނު ދަންނަނީ ކިހާވަރަކަށްކަން. ނިކަން މަޖީދީ މަގާއި ޗާނދަނީ މަގު ގުޅޭ ޖަންކްސަން ކައިރީ ހުއްޓީލައިގެން ހުރެ ފަންސާހަކަށް މީހުން ހުއްޓުވައިގެން ތިސުވާލުކޮށްލަބަލަ،
ރާބޮޑޭ
30 March 2017
ގައިމު ފީބޯ ބުނި ޑިމޮކްރަސިއަކީ ހުދުފޮށައެކޭ އެކަމަކު މަ ނުދެކެން ސައިނީ ހުދުފޮށާ ލައިގެން އުޅޭތަނެއް !
ބަކުރުބެ
30 March 2017
ގަނޑިޔާ މައުމޫނު އަމަލު ކުރަނީ ޑިމޮކުރަސީއަކަށްނޫންކަން މިއެގުނީ ސައިނީއަށް. އަޅޭ މައުމޫނަށް ޑިމޮކުރަސީ ކިޔާދޭންވީނުން.
އާދަމް
30 March 2017
ޝައިނީ ބުނާއެއްޗެއް ގަބޫލުކުރާނީ ކައިރި އެނބުރޭ ކޯޑިނޭޓަރުންކޮޅު އެކަނި. ދިވެހިރައްޔިތަކުނެތް ތިދައްކާވާހަކަބަލައިގަންނަ.