ބައްސާމް މީގެކުރިން ޝަރީއަތުގެ އަޑުއެހުމެއްގައި: އޭނާ ގޮޅިން ނުކުންނަން ނިންމީ ޖަލު ހެދުން ލައްވައި ބިޑި އަޅުވަން އުޅުމުން
16 ނޮވެމްބަރ 2025 - 10:36
އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލައި އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ، ބައްސާމް އަދީލް ޖަލީލު ޖަލުގެ ގޮޅިން ނުކުންނަން މިއަދު ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި، ބިޑި އަޅުވަން އުޅުމުގެ ސަބަބުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން އެ ތަނުގެ ކުރީގެ ރައީސް ބައްސާމް ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 8:15 އަށް ތާވަލުކޮށްފައިވެ އެވެ. ނަމަވެސް، މިހާތަނަށް ވެސް އެ އަޑުއެހުން ފެށޭ ގޮތް ވަނީ ނުވެފަ އެވެ.
ބައްސާމްގެ ޝަރީއަތުގެ އަޑުއެހުން ނުފެށި ލަސްވަނީ ޖަލުގެ ގޮޅިން އޭނާ ނުކުންނަން ދެކޮޅު ހަދަމުންދާތީ އެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ބައްސާމް ޖަލުން ނުކުންނަން ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި، ބިޑި އަޅުވައިގެން ގެންނަން ކަރެކްޝަނަލް ސާވިސް އިން މަސައްކަތް ކުރުމުންނެވެ.
މިއީ ޖަލު ހުކުމް ތަންފީޒުކުރާ މީހުން ކޯޓަށް ހާޒިރުކުރުމުގައި އެ އިދާރާއިން އާންމުކޮށް އަމަލުކުރާ ގޮތެވެ.
ކޯޓުން ބުނި ގޮތުގައި 11:00 އަށް ބައްސާމް ކޯޓަށް ގެނެވޭނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން މިހާރު ވަނީ އަންގައިފަ އެވެ. އެހެންވެ އަޑުއެހުން ކެންސަލް ނުކުރާ ކަމަށް ބުންޏެވެ.
އެފްއޭމްއެމަށް ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ދައުލަތުން ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ބުނެފައިވަނީ ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ.
އެ ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވަކީލުން ފާހަގަކުރި އެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.
ނަމަވެސް ގާޒީ ނިންމެވީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު، އެ މައްސަލާގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެެވެ.
އެ މައްސަލާގައި ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓް ހައުސްއެއް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހ.ހުސައިން
17 November 2025
ކުރަންނުވާވަރުގެ ކަންކަން ކޮށް ނިންމާލިއިރު އެއްވެސް ވަރަކަށް މި ދުވަސް އައިސްދާނެ ކަމަކަށް ނުވިސްނުތާ. އެހެންވީމާ، ކިތަންމެ ބޭނުންވިޔަސް އުސޫލުގެ ތެރެއިން ލާންޖެހޭ ހެދުން ލައިގެން ފަރުޖެހެނީ. އެހެންނޫނީ އުސޫލެއް އޮތުމުގެ ބޭނުމެއްނެތެންނު. ބައްސާމަށް ވަކި ގޮތެއް އަނެއްގޭ އާދައިގެ ސޮރަށް ވަކިގޮތެއް އެއީ ބަލައިގަނެވޭނެ ކަމެއްނޫން.
ނަށީދު
17 November 2025
މޮޅުމީހާއަށް މޮޅުގޮތް. ދެރަމީހާއަށް ދެރަގޮތް. ދެއްތޯ!
އަފްރާސިޔާބު
16 November 2025
އެބޭފުޅާއަކީ މާލޭގެ ގަދަރުވެރި އާއިލާއެއްގެ ބޭފުޅެއް. އެބޭފުޅާ ޖަލަުގައި ހުންނެވުމަށްވުރެ ބަރަކާތްތެރީ އާރަށުގައި އިއްޒަތުގައި ބެހެއްޓުން.
ޢަލީ ބަލީ
16 November 2025
ސަރިޢަތަށް ހާޒިރު ކުރުމަށްފަހު މީނަ ޖަލު ގޮޅިއަށް ވަންނަން ދެކޮޅު ހަދައިފިއްޔާ ދެން ކިހިނެއްބާ ހަދާނީ ؟
ޖުންޖުލާލީ
16 November 2025
މިގައުމުގެ ވެރިކަން ކުރި މީހުންވެސް ޖަލަށްލާ ބިޑިއަޅުވައިން ކޯޓަށް ގެނައި. މީނަ މިދެން ކާކުތަ ގަދަ ދައްކަން؟
ހިނި.
16 November 2025
ކަލޯ ބައްސާމް ތިބުނާ ޖަލު ހެދުމަކީ ކަލޯ ވަރައްބުރަ މަސައްކަތުން ހޯދި ހެދުމެއްނުއް އެހެންވީމާ އެ ހެދުން ނުލާ ތި ބޮޑާހާކަނީކީވެ.
މަދޫރީ
16 November 2025
ކޮންމެ ގައުމެއްގައިވެސް އަދީބުން އުފެދޭނެ އެއީ ޝައްކެއްއޮތް ކަމެއްނުން. އެކަވަރުގެ އެކިސައިޒުގެ. އެކަމަކު މިގޮތައް އުފެދޭ އަދީބުންތަކަށް ވެރިން ވާގިދިނުން ހުއްޓާލަންވެއްޖެ. އަދީބް ބްރޯ އޭރުއްސުރެ ޖަލުގައި އޮތްނަމަ މިކަހަލަ ކުދިކުދި އަދީބުންތައް ނުއުފެދުނީސް ކަންނޭގޭ.
އައްލޫބެއްޔާ
16 November 2025
ދެންމެ މީހަކު މަޖީދީމަގުން ފެނުނު ހެދުމެއް ނުލައި ހުއްޓާ، އެއީ މީނައެއްނުންދޯ.
އޮފްސައިޑް
16 November 2025
މިވަރުކަމެއް ނުދެކެން. އެހެންވީމަ، މީނައަށްޓަކާ ޖަލުގެ ނަންވެސް ބަދަލުކުރަންވީނުން. ވީއައިޕީ ކަރެކްޝަނަލް ސާވިސް ލޯންޖު. ގޮޅި ޕެންޓްހައުސްއަކަށް.
ބަބުރުއްސާދާ
16 November 2025
މީނަގެ މައްސަލަބޭލޭކަށްނެތް ފީފާގެ ހުއްދަނެތި. ޖަލުހެދުންލެވޭކަށްނެތް. މިވަރުގެ އިއްޒައްތެރި ވަގެއް މިދުނިޔެއަކު ނެތެއްނުން. މީނަބޭނުންވަނީ ރެޑްކާޕެޓްގައި ކޯޓްފަޓްލޫނުލައިގެންތައް ދާން؟ ކާކަށް ނާންގަން. މިހާކު ކީއްވެ ލަދުންތިއުޅެނީ. އިންޓަގްރާމުގައި ފޮޓޯޖަހަމުން މުޅި ޔޫރަޕުކުޑަކުރިރު ނޭގޭތަ މިދުވަސް އަތުވެދާނެކަމަށް.