އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: މާލެ ކައިރީގައި ޓްރަމްޕް ބްރޭންޑުގެ ލަގްޒަރީ ރިސޯޓެއް ހުޅުވަން މަސައްކަތް ވަނީ ފަށައިފައި.-- ފޮޓޯ: އޭއެފްޕީ
18 ނޮވެމްބަރ 2025 - 10:40
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ދަ ޓްރަމްޕް އޯގަނައިޒޭޝަން" އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.
ބްލޫމްބާގުގެ ރިޕޯޓެއްގައި އިއްޔެ ބުނީ ޓްރަމްޕް އޯގަނައިޒޭޝަނުން އެތަނުގެ ސައުދީ އަރަބިއްޔާގެ ބިޒްނަސް ޕާޓްނަރާ އެކު، ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހަދަން ރާވަމުން އަންނަ ކަމަށެވެ. އަދި އެ ރިސޯޓް ހެދުމުގެ ޕްރޮޖެކްޓް "ޓޯކަނައިޒްކުރުމަށް" ނުވަތަ ކްރިޕްޓޯ އަދި ބްލޮކްޗެއިން އިންވެސްޓަރުންނަށް ހާއްސަކޮށް އެ ޕްރޮޖެކްޓުގައި ބައިވެރިވެވޭ ގޮތަށް ހަދަން ވެސް ރާވާފައިވާ ކަމަށް އެ ނޫހުގައި ބުންޏެވެ.
"ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް"ގެ ނަން ދޭ އެ ރިސޯޓުގައި 80 އަށް ވުރެ ގިނަ އަލްޓްރާ-ލަގްޒަރީ ބީޗް ވިލާ އާއި ވޯޓާ ވިލާ ހުންނާނެ ކަމަށާއި އެ ރިސޯޓުގެ މަސައްކަތް ކުރާނީ ލަންޑަންގައި ލިސްޓުކޮށްފައިވާ ރިއަލް-އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ދާރް ގްލޯބަލް ޕީއެލްސީން ކަމަށް، އެ ކުންފުންޏާއި ޓްރަމްޕް އޯގަނައިޒޭޝަން ގުޅިގެން ނެރުނު ނޫސްބަޔާނަކާ ހަވާލާދީ ބްލޫމްބާގުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި، މިއީ ޓޯކަނައިޒްޑް ޕްރޮޕަޓީއެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް ހިންގާ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓެވެ.
ޓްރަމްޕް އޯގަނައިޒޭޝަނުން ރާއްޖޭގައި ރިސޯޓެއް ހަދަން ނިންމީ، ޓްރަމްޕް އާއި އޭނާގެ އާއިލާއިން ކްރިޕްޓޯގެ ދާއިރާއިން ދުނިޔޭގެ އެކި ހިސާބުތަކުގައި އެ މީހުންގެ ބިޒްނަސް ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
ޓްރަމްޕް ވަނީ ކްރިޕްޓޯގެ ސިނާއަތް ކުރިއަރުވަން އެގްޒެކެޓިވް އޯޑަރުތައް ވެސް ނެރުއްވައިފަ އެވެ. އަދި އެކަމާ ބެހޭ ގާނޫނެއް ވެސް އެމެރިކާއިން ވަރަށް ފަހުން ވަނީ ތަސްދީގުކޮށްފަ އެވެ.
ބްލޫމްބާގުގައި ބުނެފައިވާ ގޮތުގައި ދާރް ގްލޯބަލްއަކީ ލަންޑަންގައި ލިސްޓުކޮށްފައިވާ ޓްރަމްޕް އޯގަނައިޒޭޝަންގެ ސައުދީ ޕާޓްނަރުގެ ކުންފުންޏެވެ.
ސްޕީޑްބޯޓެއްގައި މާލެއިން 25 މިނެޓުން ދެވޭ ހިސާބެއްގައި ހަދާ އެ ރިސޯޓުގެ މަސައްކަތް ނިންމައި 2028 ގެ ފަހުކޮޅު ހުޅުވާނެ ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
ޓްރަމްޕް އޯގަނައިޒޭޝަނުން ރާއްޖޭގައި ހަދާ ރިސޯޓުގެ ވޯޓާ ވިލާއެއްގެ ކުރެހުމެއް.
މި ޕްރޮޖެކްޓަކީ ޓްރަމްޕްގެ ނަމުގައި ޓްރަމްޕް އޯގަނައިޒޭޝަނާއި ދާރް ގްލޯބަލް އިން މިހާރު ހިންގަމުން އަންނަ އެކި ޕްރޮޖެކްޓުތަކަށް އިތުރުވާ މަސައްކަތެކެވެ. އެ ދެ ކުންފުނި ގުޅިގެން ގަލްފުގެ ގައުމުތައް ކަމަށްވާ ޔޫއޭއީ އާއި ސައުދީ އާއި އޮމާން އަދި ގަތަރުގައި އެ ބްރޭންޑުގެ ޕްރޮޖެކްޓުތައް ވަނީ ފަށައިފަ އެވެ.
ސައުދީގެ ވެރިރަށް ރިޔާޟް އާއި ޔޫއޭއީގެ ދުބާއީގައި ޓްރަމްޕް ޓަވަރު އަޅަމުން އަންނައިރު، ގަތަރާއި އޮމާންގައި ރިސޯޓްތަކާއި ލަގްޒަރީ ގެތަކާއި ގޮލްފް ކޯސްތައް ހެދުމުގެ މަސައްކަތް ދާރް ގްލޯބަލް މެދުވެރިކޮށް ޓްރަމްޕް އޯގަނައިޒޭޝަނުން އަންނަނީ ކުރަމުންނެވެ.
ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިއަދު ވަނީ ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގެންފަ އެވެ. އަދި ސަލްމާން މިއަދު ޓްރަމްޕްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ހަރުދަނާކުރުމަށް ރަސްމީ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލައިމް
19 November 2025
މިކަހަލަ ކޮންމެ ކަމެއް މާލެ ސަރަޙައްދުގައި. ރާއްޖޭ އެކި އަތޮޅުތަކުގައި މިފަދަ އިންވެސްޓްމެންޓްގެ ކަންކަން ކުރިއަށް ނުގޮސް އަތޮޅުތެރޭގެ ތަނަވަސްކަން ކުރިއަރައިގެން ނުދާނެ.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
18 November 2025
އެމެރިކާގެ ހަމައެކަނި ބައިވެރިވުމެއް އޮތަސް ދެކޮޅެއް ނުހެދޭނެ މިކަމަކާ. މާދަންވެސް ހަދާލާނެ ގޮތެއް ނޭންގެވިއްޔަ. ފައިދާއެއް ވެއްޖެއްޔާ ދެން ރަނގަޅު ކިތަންމެހާވެސް
ދަގަތްފާނު
18 November 2025
ތިހިސާބު ބިންކޮޅަކަށް ކުރިމަތިލާން ރާއްޖޭ އެހެން ރަށްރަށުމީހުން ސަރުތުހަމަނުވެތިއްބާ ޓުރަމްޕުއަށް ރިސޯޓެއް ހަދަން ތިވަރުގެ ރަށެއް ދީފިކަމަށްވަންޏާ އެކިއެކި މުވައްސަސާތަކުން ތިކަން ހިނގާފައިވާގޮތް ބެލުން މުހިންމު.
މައި އޮއިލް
18 November 2025
ތިޔަ ތަނަށް ވެރިވެ ނުގަނެފިއްޔާވާ ރަނގަޅު
ނާޑުވާ
18 November 2025
މިރާއްޖޭގެ ރައީސްއާ އެމެރިކާގެ ރައީސްގެ ވަރަށް އެއްގޮތް ސިފަތަކެއް އެބަހުރި.
ބޮޑައް
18 November 2025
ބޮޑައް އެއްގޮތީ އަންނިޔާ އުޅުން
އަހުމަދުއަލޯ
18 November 2025
ފަލަސްތީނުގެ މީހުން މަރަން ޔަހޫދީންނަށް ބޭނުންވާ ހުރިހާ ހަތިޔާރެއް ދިނީ ޓްރަމްޕް.
ހަމަ އެގޮތައް
18 November 2025
ހަމަ އެގޮތައް އަރަބިން ވެސްތިބީ ހަނު އެއްބާރުލުން ދީގެން.
އަށްކޮ
18 November 2025
ތިބުނަނީ އަރަބިން ހަނު ހުރުމުން ޓުރަންޕާ ނަތަންޔާހޫގެ ރިސޯޓްތައް ހިންގުން ޚަލާލުވިއްޔޭތަ؟ މިސަރުކާރުން ކުރީ ކީއްތަ؟ ޔަހޫދީ ބްރޭންޑްތައް މިގައުމުގަ ވިއްކަމުން ދިޔައިރު މުޅި ދުނިޔޭގަ ދިޔައީ ބޭންކުރަމުން.
ހަސަން ކުރުސީ
18 November 2025
ތިތަން ހުޅުވީމާ އެމެރިކާ ޕާސްޕޯޓުގާ ނަތަންއަށް މިތަނަށް އާދެވޭނެކަމަށް އަޅުގަނޑު ލަފާކުރަނީ.
އަބުލްކަލާމް
18 November 2025
މިހާރު ނާދެވޭނެ ކަމަށް ގަބޫލު ކުރެވެނީތަ؟
ނަންދާހާ
18 November 2025
ނަތަންޔާހޫ އުޅެނީ ރާއްޖެޔައް ނާދެވިގެންތޯ އެހެން ޕާސްޕޯޓެއް ހޯދައިގެން
ބަރިސް
18 November 2025
ޓުރަމްޕް އަކީ ދުނިޔޭގެ ރަސްގެފާނު. ސާހިބު ސުލްތާން ޓުރަމްޕު ފައިންޕުޅު ރާއްޖޭގައި ބީއްސަވާ ދުވަސް ވާނެ ފާހަގަކުރަން. ޓުރަމްޕު ޒިންދާބާދު.
ތޯތަލް
18 November 2025
އަވަސް ޝިފާއަކަށް އެދެން
ޖެފް
18 November 2025
ކްރިޕްޓޯ ވެބްސައިޓް ތައް ބޭންކޮށް ، ގޭޓްވޭތަށް އެމްއެމް އޭ އިން ބަންދުކުރަން އަންގާފަ މިވަނީ ކޮންކަހަލަ ކަމެއް ، ލާރި ފެނުނީމަ ހުއްދަ ވަނީތަ ،
ކީކޭ ބުނާނީ ދޮގު ހެދިޔަސް ބޮޑުވަރު
18 November 2025
ދޮގު ނުހަދާ ސަރުކާރުން އެބުނަނީ އަބަދުވެސް އިސްކަންދެނީ ޑިޖިޓަލް ވިޔަފާރިއަށޭ
ސަރުކާރުގެ އަޅުން
18 November 2025
@ކީކޭ ބުނާނީ ދޮގު ހެދިޔަސް ބޮޑުވަރު، ކަލޭ ނިކަން ބީއެމްއެލް ކާޑުން އެއްވެސް ކްރިޕްޓޯއެއް ގަނެ ބަލަ ނިކަން! ހުރިހާ ކްރިޕްޓޯ އެކްސްޗޭންޖުތައް ހުރީ ބްލޮކް ކޮށްފަ!
ޔެސް
18 November 2025
އެމްޑީޕީ އިން އެއްވާމނެ!
އެއްވުން
18 November 2025
އެއީ އެއްވާންތިބޭ ބައެއް