ދ. ކުޑަހުވަދޫ ސްކޫލުގެ ފިރިހެން ދަރިވަރުންތަކެއް.- ފޮޓޯ: ނިޝާން އަލީ / މިހާރު
05 ޑިސެމްބަރ 2025 - 10:28
ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ބަދަލާ އެކު، ފިރިހެން ކުދިންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން އުސޫލު ހަދައިފި އެވެ.
ރާއްޖޭގެ ސެކަންޑަރީ ސްކޫލުތަކުގައި ދަރިވަރުން ތުނބުޅި ބަހައްޓަން ހުއްދަ ނެތް ނަމަވެސް ހަޔާ ސެކަންޑަރީ ސްކޫލުތަކުގައި ދަރިވަރުންނަށް ތުނބުޅި ބަހައްޓަން ފުރުސަތުދެ އެވެ.
އާ އުސޫލުގައި ބުނާ ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުމާއި ދަރިވަރުން ތިބެން ޖެހޭނެ ގޮތް މިހާރު ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ.
އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް-4 އަދި 5 (ގްރޭޑް 9، 10، 11 އަދި 12 ގެ ދަރިވަރުން) ތުބުޅި މަތިމަސް ބެހެއްޓުމަށް ވަނީ ހުއްދަދީފަ އެވެ. ނަމަވެސް ތުބުޅި މަތިމަސް ބެހެއްޓޭނީ އެއްވަރަށް ކުރުކޮށް ކޮށާފައި ކަމަށް އުސޫލުގައިވެ އެވެ.
ސްކޫލެއްގެ ދަރިވަރުންތަކެއް ސްކޫލްގެ ބެލްކަނީގައި މަޑުކޮށްލައިގެން .-- ފޮޓޯ: ނިޝާން އަލީ / މިހާރު
އާ އުސޫލުގައި ވެސް ވަނީ ފިރިހެން ދަރިވަރުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ކުރިން ވެސް އަމަލުކުރަމުން އައި އުސޫލާ އެއްގޮތަށް، ކުރުކޮށް ކޮށާފައި ކަމަށެވެ. ބޮލުގައި ކުލަޖައްސައި ހައިލައިޓުކުރުމާއި ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ ވެސް ކުރިއެކޭ އެއްގޮތަށް މަނާ ކަމެކެވެ.
އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް 4 އިން މަތީގެ ދަރިވަރުންގެ ޔުނީފޯމާ އެކު، ހަރުވާޅު ލާން ޖެހޭނެ އެވެ. ބުރުގާ އަޅާ އަދި ނާޅާ ދަރިވަރުންނަށް ވެސް ދެ އިހުތިޔާރެއް ވަނީ ދީފަ އެވެ.
އަންހެން ކުދިން ލާން ޖެހެނީ އަތް ދިގު ނުވަ އަތް ކުރުކޮށް ހުންނަ ގަމީސް ޓޮޕެވެ. ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވި އެއަށް ވުރެ 2-4 އިންޗި ދިގުކޮށެވެ.
ސަރުކާރު ސްކޫލްތަކަށް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ފޮނުވި ސާކިއުލާގައި ބުނާ ގޮތުން، ޔުނީފޯމަށް ބަދަލު ގެންނަން ނިންމީ، ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުގަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޢިޒުބެ
05 December 2025
އޭ ކަލޭމެނަށް ރަންގަޅު އެއްވެސް ގޮތެއް ނެތެއޮނު
ޝެއިލާ
05 December 2025
މިހާރުވެސް މިއުޅެނީ ޚިދުމަތާއި ތަކެތީގެ އަގުބޮޑުކަމުން. އަޅެ ތިޔަ ސްކާޓްނުލާ ހަމައެކަނި ފަޓްލޫނާއި ގަމީސްލީމަ އިތުރު ތަނެއް ކަޝްފުވަނީތާ؟ ފަޓްލޫނުމަތިން އަނެއްކާ އެތައް މުށެއްގެ ރޫނެގި ސްކާޓް ލީމަ އެކުރެވެނީ އިސްރާފެއް ނޫންތަ؟
ސަނާން
05 December 2025
މަޑުމަޑުން މަޑުމަޑުން މުޅި ޖެނެރޭޝަނެއް ތާލިބާނުންނަށް ހަދާލާ. މީ މިމީހުން ފާޅުގަ ކަންތައް ހިންގާލާވަރު، ދެން ސިއްރުން އަހަރެމެންނަށް ހީވެސްނުވާހެން އެކުދިން ސްކޫލަށް ގެންގޮސް ކިޔާދޭނެ އެއްޗަކާމެދު ވިސްނާލާ ބެލެނިވެރިންނޭ! ޒަމްޒަމްމެން އެތިބީ މިހާރުވެސް އެޑިޔުކޭޝަން މިނިސްޓްރީގެ ކަރިކިޔުލަމް ޑިޕާޓްމެންޓްގައި ވަޒީފާދީފަ.
ކުކުޅު ބިސް
05 December 2025
ތުނބުޅި އަކީ ތާލިބާނުންގެ އެކަނި އެއްޗެއްތަ؟ ހޮލީވުޑްގެ ކީނު ރީވްސް އަކީ ވެސް ތާލިބާނެއްތަ؟
ކޮމެންޓް
05 December 2025
ކަލޯގެޔާ މިއުލޭ ހިތުން ޔޫރަަޕު ދިވެހިންތަ ހާދްމޭކަރަޔޭ
ގޮޅާ
05 December 2025
ކަލޯ އަމާބުނީ ކޮމެންޓް ނުކޮ ފަރަދާށޯ
އިހްސާސް
05 December 2025
މޫނުބުރުގާ އަޅަން ބޭނުންވާ ކުދިންނަށް އެކަންވެ ކުރެވެންޖެހޭނެ.
މަނޭ
05 December 2025
100 ޕަސެންޓް މުސްލިމު ގައުމެއް ބާއޭ ހިތަށް އަރާ ކޮމެންޓުތައް ކިޔާލީމަ
އައިމަނު
06 December 2025
މުސްލިމަކަށްވުމާ ތުބުޅި އާ ހުރީ ކޮން ގުޅުމެއް. ސްކޫލު ކުދިން ތުބުޅި ބައްޓާ މޫނު ބުރުގާ އަޅާ ސްކޫލުގައި ތިބެ ކައިވެނިކުރުމާ ދެކޮޅުހެދުމަކީ އިސްލާމްދީނާ ދެކޮޅުވުމެއް ނޫން
ގުއިޒް
06 December 2025
މުސްލިމުން ތުބުޅިބަހައްޓަންމަޖުބޫރުތަ؟
ސަފިއްޔާ މޫސާ
05 December 2025
މައްސަލައަކީ އުމުރުން 15 އަހަރުގަ މަތިމަހުގަ އިންނަ ކެހެރި ކޮޅަށް ތުނބުޅި އޭ ކިޔާކަން. ފުރަތަމަ ކަމަކަށް އެ ބަލިވާން މަޖުބޫރީ ކުރެވިގެންވެސް ނުވާނެ، އެއްވެސް ގްރޭޑެއްގެ ސްކޫލް ކުއްޖަކަށް މުއްލާ ތުނބުޅި އެއް ބެހެއްޓިގެން ނުވާނެ، ސްކޫލް ތަކުގެ ޔުނިފޯމް ވާންޖެހޭނީ ސާފުތާހިރު އެއްޗަކަށް.
ހަބިޒަމް2
05 December 2025
ނުޖެހޭ ތުނބުލި ބަހައްޓާކަށް. ކިހާބޮޑުކަމެއް. މިތާ ވައްހާބިޒަމް ފަތުރަން އުޅޭނެކަމެއް ނެތް.
އިހްސާސް
05 December 2025
ތުނބުޅި ބަހައްޓަން މަޖުބޫރުނުކުރެ.
އިސްމާލު2.0
05 December 2025
ތުނބުޅި ބެހެއްޓޭ ކަމަށް ވަނީ ނަމަ، ބޯ ކުރުކޮށް ކޮށާފައި ބެހެއްޓުމުގެ މާނައެއް ނެތް. ޔުނިފޯމިޓީގެ މާނަ އަކީ އެއްގޮތަކަށް އެއްހަމަޔަކަށް ހުރުން. ކިޔަމަންވުމާއި އަދި ވަފާތެރިވުމާއި އެކަމުގައި ގުޅުމެއް އޮވެދާނެ. އެކަމަކު، އެއީ އަހުލާގާއި ގުޅުމެއް އޮންނަ ކަމެއްނޫން. މި ބުނަނީ ކޮންމެހެން އެއްޗެއް ނުލާ ހުރުމަކީ އަހުލާގީ ގޮތުން ރަނގަޅު ގޮތެކޭވެސް ނޫން. ދުނިޔަވީ ކަންކަމަކީ ކޮންޕްލެކްސް ކަންކަން. ތިޔަހެން ހަމަ ހެނދުނު އިރުއަރާ އިރަށް ގަވާއިދެއް ނެހެދޭނެ.
ޔުނިފޯމިޓީ
05 December 2025
ތަންކޮޅެއް ކަޅުކުދިން މަޖުބޫރުން ފުއްޖަހަންވެސް އެބަޖެހޭތާ ތިޔަ ބުނާ ޔުނިފޯމިޓީ ގެންނަށް. އަދި ހުރިހާ ކުދިންގެ އިސްކޮޅުވެސް އެއްވަރުކޮށްލަން ކުރުކުދިން ހައި ހީލްސް އަށްވެސް އަރުވައިގެންތާ ތިޔަބުނާ ޔުނިފޯމިޓީ އަންނާނީ.
އިސްމާލު2.0
05 December 2025
ޔުނިފޯމިޓީއަށް: ކޮންމެކަމެއްގެ ވެސް ހައްލަކީ އަޅެ ހައްދުފަހަނަ އަޅާ ދިޔުންތަ؟ ގުދަރަތީ ގޮތުން ތިޔަ ދެންނެވި ކަހަލަ ތަފާތުތައް ހުންނާތީއޭ ޔުނިފޯމު އަޅަން ފުރުތަމަ ޖެހެނީވެސް. އެހެންނޫނީ ކީއްކުރާ ޔުނިފޯމިޓީއެއް؟ އަޅުގަނޑު ކުރިން ބުނި ވާހަކަ ހަމަ ތަކުރާރު ކޮށްލާނަން. ދުނިޔެއަކީ ކޮމްޕްލެކްސް ތަނެއް. ރަނގަޅާއި ނުބައި ކަނޑައަޅާ ގަވާއިދެއް ހަދަންވާނީ މިވަރު ދަނެގެންތިބެ.