އަންނަ ދިރާސީ އަހަރަށް ސްކޫލު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީގެ މުވައްޒަފުން ކުރިއަށް ގެންދަނީ.- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
06 ޑިސެމްބަރ 2025 - 15:32
އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ފަށާ ދިރާސީ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި މިނިސްޓްރީ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓްރީގެ އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ކުދިންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުމެވެ. އެހެންވެ، ސްކޫލުތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އަންނަ ދިރާސީ އަހަރަށް ސްކޫލު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދަނީ.- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
މިހާރު މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ފެށޭނީ މި މަހު 25 ގަ އެވެ.
އަންނަ އަހަރުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އާ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 27 ގަ އެވެ. އެ ޓާމުގެ މިޑް ބްރޭކް އޮތީ މޭ 24 އިން އެ މަހުގެ 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ.
އަންނަ ދިރާސީ އަހަރަށް ސްކޫލު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދަނީ.- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
އަންނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2 ގަ އެވެ. ދެވަނަ ޓާމުގެ މިޑް ބްރޭކް ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. ބޮޑު ޗުއްޓީ ކަނޑައަޅާފައި ވަނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާއްޖެ
06 December 2025
ތި މަސައްކަތް ވެސް ކުރާތީ ފޮޓޯއިން ތި ފެންނަނީ ބިދޭސީން.