އއ. އުކުޅަހުން ގެއްލިގެން ހޯދަމުން އަންނަ ރަޝިއާގެ ޓޫރިސްޓު މީހާ.
17 ޑިސެމްބަރ 2025 - 15:50
އއ. އުކުޅަހުން ރަޝިއާގެ ޓޫރިސްޓަކު ގެއްލިގެން ހޯދަން މިއަދު ފަށައިފި އެވެ.
އުކުޅަހު ކައުންސިލުން ބުނީ އެ ރަށުގެ ގެސްޓް ހައުސްއެއް ކަމަށްވާ ލަ ޕަލްމާ ސްޓޫސްގައި ހުރި ރަޝިއާގެ ފިރިހެނަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އޭނާއަކީ މިއަދު ހެނދުނު އެ ރަށުން ފުރާ ގޮތަށް ހަމަޖެހިފައިވާ ޓޫރިސްޓެއް ކަމަށް ވިޔަސް އޭނާގެ ޚަބަރެއް އަދި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.
ޗުއްޓީ ހޭދަކުރަން އެކަނި އެ ރަށަށް ގޮސް އުޅުނު އެ މީހާ އެންމެ ފަހުން ފެނުނީ އިއްޔެ ހަވީރު ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އުކުޅަހު ކައުންސިލުން ބުނި ގޮތުގައި، މޮބައިލް ފޯނު ހިމެނޭ ގޮތަށް އޭނާގެ އެހެނިހެން ހުރިހާ ސާމާނެއް ވެސް ގެސްޓް ހައުސްގައި އޭނާ ހުރި ކޮޓަރީގައި އެބަހުއްޓެވެ.
އޭނާގެ ރައްކާތެރިކަމާ މެދުގައި ކަންބޮޑުވާ ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަ ޕާމަ ސޫޓްސްގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިސް ޓެސްކުގެ ނަންބަރު 9553510 އަށް ގުޅުމަށް އެދޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައްޒާބު
17 December 2025
ކުރިންވެސް އޮތީ ރަޝިޔާގެ ރައްޔިތަކު އެމެރިކާ އާއި ހަވާލު ކޮއްފައި މިފަހަރު ތިގެންލުނީ ހޫނުވާނެ ހޫނުވާނެ މިފަހަރު ހޫނުވާނެ !
މިވެސް
17 December 2025
ގެސްހައުސްތަކުން ޖެހޭތޯ ގެސްޓުން ވާތަން ބަލަން ނުވަތަ އެކަމުގައި ޒިންމާވަން؟ ޢަހަރުމެން އެހެން ގައުމުތަކައް މިއޮއްކުރާ ދަތުރުތަކުގައި އަހާވެސް ނުލައި ކޮންއިރަކުތޯ ކަލޭމެން ފުރަނީ އަހައިވެސް އެއްޗަކީ މާދަމާ 12 ޖަހައިއިރު ކޮޓަރި ހުސްކުރަންޖެހޭނޭ، ރާއްޖޭގައި ރިޒަވޭސަނާއެކީ ގެސްޓުމީހައި ކިބައިން ސަލާމަތްނުވޭ ފުރަން ބޯޓައް އަރަން ދެން މީގެ ސަބަބުން ކުރަންނުޖެހޭ އެތައް ޚަރަދެއް ގެސްޓުހައުސްތަކުން ކުރަންޖެހޭ
މުގުރިހަ
17 December 2025
ބަލަ ކީކޭތަ ތިޔަ ކިޔަނީ؟ ގެސްޓްހައުސްއާއި ހަވާލާދީ ކައުންސިލްއިން އިން އެބުނަނީ އޭނާ މިއަދު ހެދުނުއޭ ފުރަން އޮތީ. އިއްޔެ ހަވީރުން ފެށިގެން އޭނާ ނުފެނެއޭ! އެހެންވީމައި އޭނާ ކޮޓަރިން ޗެކްއައުޓް ވެސް ނުކުރެވޭނެ އެއްނު؟ އަދި އޭނާގެ ހުރިހާ ތަކެތި ކޮޓަރީގައި އެބަހުރި. ދެން ޖެހޭނީ ކަމާި ބެހޭ ފަރާތްތަކަށް އަންގަންނު؟ އެހެންގައުމު ތަކުންވެސް ކަންތައް ކުރާނީ ހަމަ މިހެން! ފަތުރުވެެރިންގެ ރައްކާތެރިކަމާއި މެދު ކަންބޮޑުވުމަކީ ކޮންމެހެން ޒިންމާ ނެގުމެއް ނޫން!
ސީސީޓީވީ
17 December 2025
ރާއްޖޭ މީހުން ދިރުއުޅޭ ހުރިހާ ރަށެއްގެ ބަންދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ގަންނަން ޖެހޭނީ އެންމެ 100 ކެމެރާ
ދޯދޯ
17 December 2025
ކިހިނެއްބާ ހިސާބު ހަދާފަ މިއޮތީ؟ ގައިމު 187 ރަށް އޮވޭ ކަންނޭނގެ. ދެން އަނެއްކާ ބައެއް ބަނދަރުތަކަށް އެންމެ ކެމެރާއަކުން ނުވެެސް ފުދޭނެ ދޯ؟ ހިތަށް އެރީމަ ދެން ހަމަ އެއްޗެކޭ ބުނެެލީދޯ؟
ރާވެރިބެ
17 December 2025
އުކުޅަހުގަ އެއްވެސް ޔޫކްރެއިންގެ ރައްޔިތެއް އެބަހުރިބާ؟
އަޖޭ
17 December 2025
މޮނޮޕޮލީ ކުޅެވޭވަރުގެ ކުޑަރަށެއް. ރަގަޅަށް ހޯދާ.
ކޮރަލް
17 December 2025
ކުދިކުދި ރަށްތަކެކެވެ. ކެމެރާ ގިނަ ކޮށްލަ ބަލާށެވެ.
ދަސްވެދާނިއާ
17 December 2025
މަހަށް ހިނގައިދާނެ
ގެންމާ
17 December 2025
ކ.ދިއްފުށި، މާފުށި، ތުލުސްދޫ ގައި ޖެހުނު މީހަކު ގޮވައިގެން އެކްސްކަޝަންތަކަށް ދާއިރު ގެސްޓުހައުސްތަކަށް ނޭންގޭ ގެސްޓުންވާ ތަނެއްވެސް، ކައުންސިލު ނިދާފަ، މިނިސްޓްރީ ނިދާފަ ޕޮލިހުން ނިދާފަ