މާލެއަށް މީގެ ކުރިން ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި: ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެދާނެ ކަމަށް ވަނީ ލަފާކޮށް، އެލާޓް ނެރެފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
20 ޑިސެމްބަރ 2025 - 15:21
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ އޮތުމުން އެކަމަށް ސަމާލުވާން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ( އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން) ނެރުނު އެލާޓްގައި ލަފާކޮށްފައިވާ ގޮތުގައި ޅ.އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އެލާޓްގައި ލަފާކޮށްފައިވެ އެވެ.
މިއަދު، ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ނިމުތުކޮށް، އެމް.އެމް. އެސް އިން ވަނީ މާލެ އާއި މާލެ ކައިރި އަތޮޅުތަކަށް ރީނދޫ އިންޒާރު ނެރެފައި. އަދި މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށްވެސް އެމް.އެމް.އެސް…
— NDMA Maldives (@NDMAmv) December 20, 2025
އެންޑީއެމްއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުވެ ސަބަބުން ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރަން ދުރާލައި ފިޔަަވަޅު އަޅަން އިލްތިމާސްކުރާ ކަމަށެވެ.
ގޭތެރޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވާނެ ފަދަ ތަކެތި، ފެނުގެ އަސަރު ނުކުރާ ފަދަ ތަނަކަށް ބަދަލުކުރަން ވެސް އެންޑީއެމްއޭގެ ޕޯސްޓްގައި އިލްތިމާސްކުރި އެވެ.
މޫސުން ލަފާކުރާ އެޕްލިކޭޝަންތަކުގެ މައުލޫމާތު ތަކުން ދައްކާ ގޮތުގައި މިރޭ އާއި މާދަމާ ވެސް މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަލަ
20 December 2025
ނުވާނެ ދިމަލެއް ކޮންމެ ފަހަރަކު!
ކަރަބުލާކި
20 December 2025
އަނެއްކާވެސް "މާލެއާއި މާލެކައިރީ ގައިވާ" މިއީ މައުމޫނު ޒަމާނުގެ ބަސްމަގު. ނާފަހެ ވިއްސާރައަށް އެނގޭނެތަ މާލެއެއް ނައިފަރެއް ކާށިދޫއެއް. މިކަހަލަ ތާކުންތާކުނުޖެހޭ ގަބީލިއްޔަ ބޯދާ ކަންކަމުން އަރައިނުގަނެވި 21 ވަނަ ގަރުނުވެސް މިހިރަ ދަނީ.
ޑަކު
20 December 2025
އެހެންވިއްޔާ ދުނިޔޭގެ އެންމެ ކުރިއަރާފައި އޮތް ހުޅަނގުގާވެސް އޮތީ ގަބަލީ ނިޒާމު.
ކަރަބުލާކި
20 December 2025
ކަލޭ ދުވަހަކުވެސް އަޑުއެހިންތަ "ކުޅުދުއްފުއްޓާ ކުޅުދުއްފުށި ކާރީގައިވާ ރަށްރަށޭ" ކިޔައިގެން ދައުލަތުގެ މުވައްސަސާތަކުން ކިޔާތީ. ހަމައެކަނި ތިޔަ މާލެއެއްތަ ތިތަންތަނަށް އެނގެނީ.
ކަބަޑު
20 December 2025
ވާރެއެއް ނުވެހޭނެތާ މާލެކިއާ ރަށަކަށް ވަކިން ބަލައިގެނެއް، ވާރޭ ވެހޭނީ ރާއްޖޭގެ އެވެނި ހިސާބަކުން މިވެނި ހިސާބަކާ ދޭތެރެއަށް. މިސާލަކަށް ގާފަރުން ފެށިގެން މާފުއްޓާ ދޭތެރެއަށް.
ކައްޒާބުދޮންތުއްތު
20 December 2025
މާލޭގެ މަގުތަކަކު ފެންބޮޑެއްނުވާނެ.