ޑްރަގާއެކު ހައްޔަރުކުރި މީހުން.-- ފޮޓޯ: ޕޮލިސް
21 ޑިސެމްބަރ 2025 - 12:53
މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ފާސްކޮށް ޑްރަގާއެކު ހަތަރު މީހުން ހައްޔަރު ކޮށްފި އެވެ.
އެ މީހުން ހައްޔަރުކުރީ ޑްރަގް ބޭނުންކޮށް އެތަކެތި ގެންގުޅެ، ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ގެސްޓް ހައުސް އާއި އެޕާޓްމަންޓުން 377.39 ގްރާމުގެ ޑްރަގް ފެނުނު ކަމަށެވެ.
އެ މައްސަލާގައި ހަތަރު މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ދިވެހި ތިން ފިރިހެނުންނާއި ބިދޭސީ އަންހެނެކެވެ. ހައްޔަރުކޮށްފައި ވަނީ:
- ހަސަން އަނަސް، 22، ދަފްތަރު 10367
- މޫސާ ޝަހީމް، 22، އަތަގަސްދޮށުގެ، ދޫޑިގަން ޏ. ފުވައްމުލައް
- ހުސައިން ޝަރުވަން، 25، އާވެލި، ބ. ގޮއިދޫ
- ނޭޕާލް ރައްޔިތެއް ކަމަށްވާ ނިޝާ ރާއި، 21
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހަސަން އަނަސް އަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މޫސާ ޝަހީމް އާއި ހުސައިން ޝަރުވާން އަށް ދީފައި ވަނީ ފަސް ދުވަހެވެ. އަދި ނިޝާ ރާއި އަށް ދީފައި ވަނީ އެންމެ ދުވަހެކެވެ.
ނިޝާ ރާއީއަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން ވެސް ދިނީ އެންމެ ދުވަހެކެވެ. ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލިންކޮ
21 December 2025
އެއީތޯ އެބުނާ ނޭޕާލު ޒުވާނާއަކީ؟
ސަބައްޑި
21 December 2025
ކުނޫޒު ކައިރީ ޑްރަގް ވިއްކާ މީހުން ފޮޓޯ އާއި އެކު ފުލުހުންނަށް ފޮނުވައިފިން. އިއްޔެ ވެސް ޑްރަގް ވިއްކާ ހިމަތޮޅިކޮށް ކަންފަތުގައި މުދިލައިގެން ބޯ ދިގުކޮށްފައި ހުންނަ ސޮރު އޯޑިއޯން ކައިރީ ކަސްޓަމަރުންގެ އިންތިޒާރުގައި ހުރި.
ކުނޫޒްއޭރިއާ
21 December 2025
އަދިވެސ ކުނޫޒް ކައިރިޔަށް ޑުރަގު ގަންނަން ދާ މީހެއްގެ ފޮޓޯ އެއް ނަމެއްވެސް ނުފެނޭ އަރަތެއކަހަލަގެ ކަމެއްތާ ދޯ އެތާގަ އެތިބެނީ 24 ގަޑިއިރު ، ރޭގަނޑު ގެޔަށް ވަންނައިރުވެސް އެމީހުން އެތާގަ ފަތިހު ހޭލާއިރުވެސް ހަމަ އެތާގަ ހަމަ އެކަމެއްގަ ޑިއުޓީ ބަދަލު ވޭހެން ހީވޭ ބޮޑު މުސީބާތަަކަށް ވެއްޖެ
މަ ބުނީ
21 December 2025
ދޮނާއި ކަޅު ވަކިކުރަށް ދަންނަ ޤާޞީއެއްކަމަށް ޤަބޫލްކުރެވެއެވެ ! ދެން ، މަރުގެ ހުކުމް ތަންފީޒު ކުރަށް ހެޔޮވާނެތޯ ؟.