ގައުމުގެ މަސްލަހަތަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓު ދޭންވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށާއި އިދިކޮޅަށް ވޯޓު ދިނުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ. 

އެ ޕާޓީން ވަނީ އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި އދ. މާމިގިލި އަދި ފެންފުށީ ކައުންސިލް ފިޔަވައި، އެހެން ރަށްރަށަށް ކެންޑިޑޭޓުން ނުނެރެން ކަނޑައަޅައި، ޕީއެންސީއަށް ތާއިދު ކުރަން ނިންމައިފަ އެވެ.

އެ ދެ ރަށުގެ ކައުންސިލަށް ޖުމްހޫރީ ޕާޓީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އެ ޕާޓީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމީ، ގައުމަށް އިތުރު ހަމަނުޖެހުމެއް އަންނަ ކަމެއް ކުރަން ބޭނުން ނުވާތީ ކަމަށެވެ.

ގާސިމް ވިދާޅުވީ ގައުމު އޮތީ ބަނގުރޫޓްވުމުގެ ހާލަތަށް ކުރީ ސަރުކާރުން ވައްޓާލާފައި ކަމަށާއި އެކަމުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ކަމަށެވެ. އެހެންކަމުން، އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސަރުކާރާ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ލޯކަލް އިންތިހާބުގައި އދ. މާމިގިއްޔާއި ފެންފުށީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ ބައެއް އިސްވެރިން.--ފޮޓޯ: ޖޭޕީ

"ހުރިހާ ބޭފުޅުން ވެސް ވޯޓު ދެއްވާށޭ ޕީއެންސީގެ މެންބަރުންނަށް، ގައުމުގެ މަސްލަހަތާއި އަމާންކަން ކުރިއަށް ގެންދިޔުމަށްޓަކައި،" ގިނަ ކަންތައްތަކުގައި މި ސަރުކާރާ އެކު ހުންނެވި ގާސިމް ވިދާޅުވި އެވެ. 

"ތިޔަ ބޭފުޅުން އެންމެ ރަނގަޅު ވޯޓު ނުދެއްވީ ޕީއެންސީ އަށް. އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދެއްވީ. އެއްވެސް ކަމެއް ކުރެވޭނެތަ؟ ރަށުން ބޭލޭނެތަ އެ މަނިކުފާނު؟ ވެރިކަމުން ބޭލޭނެތަ އެމަނިކުފާނު؟. ނޯ. ކީއްކުރަންތޯ ބޭނުން ނެތް ކަމެއް ކުރަނީ،" ގާސިމް ވިދާޅުވި އެވެ. 

ލޯކަލް އިންތިހާބުގައި އދ. މާމިގިއްޔާއި ފެންފުށީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ ބައެއް އިސްވެރިން.--ފޮޓޯ: ޖޭޕީ
ލޯކަލް އިންތިހާބުގައި އދ. މާމިގިއްޔާއި ފެންފުށީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ ބައެއް އިސްވެރިން.--ފޮޓޯ: ޖޭޕީ

ގާސިމް ވިދާޅުވި ގޮތުގައި، ކައުންސިލްތައް ޕީއެންސީ އަށް ނޫން ބަޔަކަށް ދީގެން ކުރިއަށް އޮތް ތިން އަހަރު ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ އެވެ. ދައުލަތުން ބަޖެޓު ދިނިއްޔާ ނޫނީ ކައުންސިލްތަކަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި ބަޖެޓު ނުދިނަސް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. 

އެހެންވީމަ، ރަށަށް ރަނގަޅު ގޮތް އެދޭ ނަމަ ކުރަންވީ ކަމަކީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކުރުން ކަން ގާސިމް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ. 

ލޯކަލް އިންތިހާބުގައި އދ. މާމިގިއްޔާއި ފެންފުށީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި އެ ޕާޓީގެ ބައެއް މެމްބަރުން.--ފޮޓޯ: ޖޭޕީ
ލޯކަލް އިންތިހާބުގައި އދ. މާމިގިއްޔާއި ފެންފުށީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި އެ ޕާޓީގެ ބައެއް މެމްބަރުން.--ފޮޓޯ: ޖޭޕީ

ގާސިމް ވިދާޅުވީ ގައުމަށް މި ވަގުތު އޮތް މުހިންމު ކަމަކީ ދަރަނި ދެއްކުން ކަމަށާއި އެކަމަށް ރައީސް މުއިއްޒަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ. ކައުންސިލް އިންތިހާބުގައި ވެސް ޕީއެންސީގެ ކެންޑިޑޭޓުން އިހުތިޔާރު ކުރަން ޖެހެނީ އެހެންވެ ކަމަށް ވިދާޅުވި އެވެ. 

ގައުމުގެ އިސްތިގުލާލު ހަމަހަމަކާއި އޮމާންކަމާ އެކު ކުރިއަށް ގެންދަން ރައީސަ މުއިއްޒަށް ތާއީދު ކުރަން ވެސް ރައްޔިތުންނަށް ގާސިމް ގޮވާލެއްވި އެވެ. 

ލޯކަލް އިންތިހާބުގައި އދ. މާމިގިއްޔާއި ފެންފުށީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި އެ ޕާޓީގެ ބައެއް މެމްބަރުން.--ފޮޓޯ: ޖޭޕީ
ލޯކަލް އިންތިހާބުގައި އދ. މާމިގިއްޔާއި ފެންފުށީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި އެ ޕާޓީގެ ބައެއް މެމްބަރުން.--ފޮޓޯ: ޖޭޕީ

އޭނާ ވަނީ ގާނޫނުއަސާސީގައި މިހާރު ހުރި ބައެއް ކަންކަން ވަރަށް ބޮޑަށް އިސްލާހުކޮށް ސަރުކާރު ހިންގުން ފަސޭހަ ކުރަން ޖެހޭ ކަން ވެސް ފާހަގަކުރައްވައިފަ އެވެ.

އެގޮތުން، އޭރަކު އޮންނަ ސަރުކާރަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައި އޮތުން މުހިންމު ކަން ފާހަގަކުރައްވަމުން ވިދާޅުވީ ރައީސް މުއިއްޒަށް ފުރުސަތު ލިބިފައި އޮއްވައި، އެ ބަދަލުތައް ގާނޫނުއަސާސީ އަށް ގެންނަން ކެރިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.