ހުޅުމާލޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތް ކުރުމަށް އެ ޕިކަޕުގެ ދަށުގައި އޮތް މީހެއްގެ ގަޔަށް ޕިކަޕް ވެއްޓި އިއްޔެ މަރުވެއްޖެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް ނިޔާވީ ސ. ހިތަދޫ، މެޑޯޒް، މުހައްމަދު މަނިކު، 60 އެވެ. 

ފުލުހުން މިއަދު ބުނީ އެ ހާދިސާ ހިނގީ ޕިކަޕުގެ މަސައްކަތެއް ކުރުމަށް އެ ޕިކަޕުގެ ދަށުގައި އޮއްވައ، ޕިކަޕް އެ މީހާގެ ގައިމައްޗަށް ވެއްޓިގެން ކަމަށެވެ.

އެ ހާދިސާ ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ހެނދުނު 11:05 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. 

އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.