ހުޅުމާލޭގައި ހުންނަ ވަން އެވެނިއުގެ އެޕާޓްމަންޓެއްގައި ރޭ އަލިފާން ރޯވެ، ގެއްލުން ލިބިއްޖެ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގައި ރޯވުމުން އެ ތަނުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެ އިދާރާއިން ސޯޝަލް މީޑިއާގައި އާއްމުކުރި ފޮޓޯތަކުން ވެސް، އުނދުނާއި ހުޑު އަދި ކަބަޑެއް ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ކަމަށް ދައްކަ އެވެ.
އެންޑީއެމްއޭއިން ބުނީ އަލިފާނު ރޯވުމުން އެ އާއިލާއަށް ބޭނުންވާ ކެއުންބުއިމާއި ވަގުތީ ބޯހިޔާވަހިކަމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.