އައްޑޫ ފޭދޫގައި މަސައްކަތްކުރަމުން އައި ސްރީ ލަންކާގެ މީހަކު މިއަދު އިސްލާމްވެއްޖެ އެވެ.
ފޭދޫގެ ނަޔާ ސެލޫނުގައި މަސައްކަތް ކުރަމުން އަންނަ ޖަޔަސިންހާ އަރަޗިގެ ވަރުނާ ޕްރަބާތު ސަދަރުވާން ކިޔާ އެ މީހާ، އިސްލާމްވީ މިއަދުގެ އަސުރު ނަމާދަށް ފަހު ފޭދޫގެ ބޮޑު މިސްކިތުގަ އެވެ.
ވީޑިއޯގައި ފެންނަ ގޮތުގައި އޭނާއަށް ޝަހާދަށް ލައިދީފައި ވަނީ އެ މިސްކިތުގެ އިމާމެވެ.
އެ މީހާ އިސްލާމްވި ޚަބަރު ސޯޝަލް މީޑިއާގައި އާންމުކޮށް، މިޝްކަތު ފައުންޑޭޝަނުން ބުނީ އޭނާގެ ނަން އަބްދުﷲ އާދަމްއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ކ. ދިއްފުށީގައި ޗުއްޓީ ހޭދަކުރަން ދިޔަ ބޭރުގެ އަންހެން ޓޫރިސްޓަކު ވެސް އިސްލާމްވެފަ އެވެ.