ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ. 

ރަންޖިނީ ޖީވަނަންތަން ނަމަކަށް ކިޔާ 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ރާއްޖެ އައިއިރު ލަގެޖު ބަލާފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީ އެވެ. 

އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް، އެއީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ. 

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ. އެ އަމުރުގައިވާ ގޮތުން ކުށުގެ ތުހުމަތަށް ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވެ އެވެ. 

ގާނޫނީ ވަކީލަކު ހޯދަން އޭނާ އެދިފައިވާތީ، އެ ފުރުސަތު ވަނީ ކޯޓުން ދީފަ އެވެ.