އިސްލާމް ދީން ކުރިއެރުވުމުގެ ދާއިރާއިން 14 ރަށެއްގައި މަޝްރޫއުތައް ހިންގަން އެކި ކުންފުނިތަކާ އެކު، އިސްލާމިކް މިނިސްޓްރީން ރޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ. 

މިނިސްޓްރީން ބުނީ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެއް ކަމަށެވެ.

އެއްބަސްވުންތަކުގައި ސޮއިކުރީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

14 ރަށެއްގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކުންފުނިތަކާއެކު އެއްބަސްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޮއި ކުރައްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
14 ރަށެއްގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކުންފުނިތަކާއެކު އެއްބަސްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޮއި ކުރައްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސޮއިކުރު މަޝްރޫއުތައް:

  • ކ. މާފުށްޓާއި މ. މުލަކާއި އދ. މާމިގިއްޔާއި ގދ. ގައްދޫ އަދި ސ. މަރަދޫގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުން.
  • ދ. ކުޑަހުވަދު އާއި ތ. ވޭމަންޑޫގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް އައްޔަބޭ ޕާޓްނާސްއާ ހަވާލުކުރުން
  • ލ. ފޮނަދޫގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ވައިޓް ލިންކު ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުން
  • ބ. އޭދަފުށީގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް އެސްއޭއެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުން
  • ނ. މަނަދޫ، ރ. ދުވާފަރު، ނ. ވެލިދޫގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި އިމާރާތްކުރުން އަދި ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކުރި.
14 ރަށެއްގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކުންފުނިތަކާއެކު އެއްބަސްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޮއި ކުރައްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
14 ރަށެއްގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކުންފުނިތަކާއެކު އެއްބަސްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޮއި ކުރައްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީން ބުނީ، މިހާރު ވެސް 90 އަށް ވުރެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އޭގެ ތެރޭގައި ވަގްފު އިމާރާތްތަކާއި އިސްލާމީ މަރުކަޒުތަކާއި ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ހިމެނޭ ކަމަށެވެ.