ރ. އަލިފުށީ ދެމަފިރިން ދިރިއުޅޭ ގެއެއްގައި ރޯވެ، އަނދައިފި އެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އެ ގޭގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި ދިރިއުޅެނީ ދެމަފިރިން އެކަންޏެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އެ ރަށު ރައްޔިތުންނާއި ފުލުހުން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

މި ހާދިސާއާ ގުޅޭގޮތުން އެ ރަށު ކައުންސިލްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަނީ އެ ގޭގައި ރޯވެ އެއްކޮށް އަނދާފައިވާތަނެވެ.