ތިން އިންތިހާބުގެ ވޯޓުލުން ފަށައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު މިއަދު ވޯޓުލަނީ.--ފޮޓޯ: ނިޝާން އަލީ| މިހާރު
Last update:
10:16
މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް
މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމް ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމް ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
10:07
މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުالله ޔާމީން ވެސް ދެންމެ ވަނީ ވޯޓުލައްވައިފަ

10:06
އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވެސް މީގެ އިރުކޮޅެއް ކުރިން ވަނީ ވޯޓު ލައްވާފައި.

10:03
އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން
09:59

ވޯޓުލުމުގެ ހައްގު އަދާކުރަން ރައީސް އިލްތިމާސް ކުރައްވައިފި

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުރިހާ ރައްޔިތުން ވެސް ވޯޓުލުމުގެ ހައްގު އަދާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިލްތިމާސް ކުރައްވަައިިފަަ އެވެ.

"ހުރިހާ ރައްޔިތުންގެ އަސާސީ ގާނޫނީ ހައްގެއް ވޯޓުލުމަކީ. އެހެންވީމަ ރައްޔިތުންގެ ގާނޫނީ ހައްގު އަދާކުރުމަށް ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު މިއަދު ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ރައީސް މުއިއްޒު މިއަދު ވޯޓުލައްވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
09:57
އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ އާދަމް އާޒިމް ވެސް ދެންމެ ވޯޓު ދެއްވައިފި

09:48
މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިއަދު ބާއްވާ ތިން އިންތިހާބުގެ ތެރެއިން އެ މީހަކު ވޯޓުލާން ބޭނުންނުވާ ވޯޓެއްގެ ވޯޓު ކަރުދާސްކޮޅު ނުނަގާ ދޫކޮށްލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

09:46
މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އެ މީހަކު ވޯޓުލާން ބޭނުންނުވާ ވޯޓެއްގެ ކަރުދާސްކޮޅު ނުނަގާ ދޫކޮށްލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވޭ.

09:37

ހުރިހާ މަރުކަޒުތަކެއްގައި ވޯޓުލުން ފަށައިފި

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވޯޓުލުން ނުފެށި ހުރި ހުރިހާ މަރުކަޒުތަކެއްގައި ވެސް ވޯޓުލުން ފަށައިފި

09:33
އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހުރިހާ މަރުކަޒެއްގައި މިހާރު ވޯޓުލާން ފަށައިފި

09:20
އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން
09:19
އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އީސީން ދެންމެ ބުނީ މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 585 ފޮށީގެ ވޯޓުލުން ވަނީ ފަށާފައި ކަމަށް. އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، ވޯޓުލުން ނުފެށި ހުރި މަރުކަޒުތަކަކީ، އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެ މީހުން ހާޒިރުނުވާ ތަންތަން ކަމަށް.

09:18
އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވެސް ދެންމެ ވޯޓު ލައްވައިފި. އެ ކަމަނާ ވޯޓުލެއްވީ އަމީނިއްޔާ ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަށް.

09:13
އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނި ގޮތުގައި ޖުމުލަ 588 ފޮށީގެ ތެރެއިން މިހާތަނަށް ވޯޓުލުން ފެށުނީ 560 ފޮށީގެ. ބާކީ 28 ވޯޓުފޮށީގެ ވޯޓުލުން އެކި ސަބަބުތަކާ ހެދި ނުފެށޭ ކަމަށް އީސީން ބުނޭ.

09:10
އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވޯޓު ލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ ތާޖުއްދީން ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަށް

09:09
އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން
08:35
އިފްރާޒް އަލީ އިފްރާޒް އަލީ

ވޯޓުލުން ހެނދުނު 8:00 ގައި ފެށުނުއިރު، ކިއުތަކުގައި އަދިވެސް ތިބީ މަދު ބައެއް. 

08:22
އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން
އިންތިހާބުގައި މިއަދު ވޯޓުލަނީ.--ފޮޓޯ: ނިޝާން އަލީ| މިހާރު
އިންތިހާބުގައި މިއަދު ވޯޓުލަނީ.--ފޮޓޯ: ނިޝާން އަލީ| މިހާރު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓުލުން ދެންމެ ފަށައިފި އެވެ.

ވޯޓުލުން ހެނދުނު އަށެއް ޖެހިއިރު ފެށިއިރު ކިއޫގައި މާ ގިނަ ބަޔަކު ނެތެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ، ހެނދުނު އަށެއް ޖެހިއިރު ވޯޓުލުން ފެށިއިރު ބައެއް ފޮށިތަކަށް ވޯޓުލުން ނުފެށުނު ކަމަށެވެ. ޖުމުލަ 588 ފޮށީގެ ވޯޓުލުން ފެށުނީ ހެނދުނު 9:30 ހާއިރު އެވެ.

"ވޯޓުލުން ނުފެށި ހުރި މަރުކަޒުތަކަކީ، އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެމީހުން ހާޒިރުނުވާ ތަންތަން،" ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ. 

މިއަދު ކުރިއަށް ގެންދާ ލޯކަލް އިންތިހާބުގައި މީހަކު ވޯޓުލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މިއަދު ކުރިއަށް ގެންދާ ލޯކަލް އިންތިހާބުގައި މީހަކު ވޯޓުލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިއަދުގެ ހަވީރު ހަތަރެއް ޖަހަންދެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ. ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. 

ރައީސް މުއިއްޒު މިއަދު ވޯޓުލައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރައީސް މުއިއްޒު މިއަދު ވޯޓުލައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެކަނި 1،593 ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ވަނީ ނުކުމެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ޗާޕްކުރި އެވެ. 

އެއީ:

  1. ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 297،959 ވޯޓު ކަރުދާސް
  2. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 292،706 ކަރުދާސް
  3. ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ޗާޕްކުރީ 298،180 ކަރުދާސް

އީސީން ބުނީ، ތިން އިންތިހާބުގައި ވޯޓުލުމަށް 588 މަރުކަޒު ގާއިމް ކޮށްފައިވާ. އެ ތިން އިންތިހާބުގައި ވޯޓުލުމަށް މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައި 347 މަރުކަޒު ވަނީ ގާއިމްކޮށްފަ އެވެ.

ކޮންމެ އިންތިހާބެއްގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އެ ކަމަށް ހާއްސަ ވޯޓު ފޮއްޓަކަށެވެ.

ފެންނަ ނުފެންނަ ވޯޓުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އީސީން ބުނި ގޮތުގައި ހުދުކުލައިގެ ލޭބަލެއް ޖަހާފައިވާ ފޮއްޓަށެވެ. ލޯކަލް އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ނޫކުލައި ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ހާއްސަ ކޮށްފައި ވަނީ ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. 

އީސީން ރޭ ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އެ މީހަކު ބޭނުންވާ ވޯޓެއްގައި ބައިވެރިވެވޭނެ ކަމަށެވެ. 

އެކަމަކު، ވޯޓުލާން ދާ މީހާ، ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާ ހާލަތުގައި، އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާންކުރާނެ ކަމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވި އެވެ. އެގޮތަށް ހަދަނީ، ޒާހިދު ވިދާޅުވި ގޮތުގައި، ވޯޓު ލުމުގެ މަރުހަލާ އިތުރަށް ކުރިއަށްދާއިރު މައްސަލައެއް ކުރިމަތިވިޔަސް އެކަން އެންމެންނަށް އަންގާފައި ބޭއްވުމުގެ ގޮތުންނެވެ. 

"ތިން ކަރުދާސްކޮޅު އަޅުގަނޑުމެން އޭނާ އަށް ދޭނެ. ދެން އެއްވެސް މީހަކު ވަކި ލާން ބޭނުން ނޫން ކަމަށް ވަންޏާ އެ ކަރުދާސްކޮޅެއް ނުދޭނެ. ނުދީ އަޅުގަނޑުމެން އިއުލާން ކުރާނެ އިނގޭތޯ. އަޅުގަނޑމެން އިއުލާންކުރާނެ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް. މި ހާމަކޮށްފައި އިއުލާންކުރާނެ،" އީސީގެ ރައީސް ޒާހިދު ވިދާޅުވި އެވެ.

"ސޯ އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް އޭތި ނޯޓު ކުރެވި ފަހުން އޭތި ކެރީކުރުމުގައި އިންތިޒާމުތައް ހަމަޖެހިގެންދާނެ."