ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލެއިން ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ އަންގާރަ ދުވަހު މާލޭގައި ހިންގި އޮޕަރެޝަނެއްގައި ކަމަށެވެ.

ކޯޓުއަމުރެއްގެ ދަށުން މާލޭގެ ދެތަނެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ޑްރަގް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އަތުލައިގަތީ ކިހާ އަދަދެއްގެ ޑްރަގެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ:

  • މުހައްމަދު މާހިރު (36 އަހަރު) ދ. މީދޫ، ހަނީސީޒަން 
  • އަލީ އީޝާދު (32 އަހަރު) ސ. ހުޅުދޫ، ސޯސަން
  • އާހިލް އަލީ (23 އަހަރު) ގ. ކަނދުމާގެއާގެ
  • ރިކްޒު އާދަމް (23 އަހަރު) ގދ. ތިނަދޫ، ފައިވްރޯސް
  • މުހައްމަދު ސުހާން އަހުމަދު (39 އަހަރު) ޅ. ހިންނަވަރު، ދުންތަރި
  • އަބްދުލްމާޖިދު އިބްރާހީމް (38 އަހަރު) ލ. ގަން، މުކުރިމަގު. މަތަރެސްމާގެ

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ އީޝާދާއި މުހައްމަދު މާހިރާއި ޢަބްދުލްމާޖިދު އިބްރާހީމް އާއި މުހައްމަދު ސުހާން އަހުމަދު 15 ދުވަހަށް އަދި އާހިލް އަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.