ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ކުރިން މީހުން ދިރިއުޅުނު އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އެމްއެންޑީއެފުން ހަރަކާތްރިވާން ފަށައިއިފި އެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެ 3 ގައި ކުރިން މީހުން އުޅުނު އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. 

އެ ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ 17:12 ހާއިރު ކަމަށާއި އަދި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ ފޮޓޯތަކުން ފެންނަނީ އެ ތަނުގައި ވަރަށް ބޮޑަށް ރޯވެފައި ހުރި ތަނެވެ. ބޯ ކަޅު ދުން އަރާތަން ވެސް ފެނެ އެވެ.