ރާއްޖެއަށް މަަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފި އެވެ. 

އެ ދެ މީހުން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. 

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ 34 އަހަރުގެ ޖެނިފާ ޕައުލް އާއި 23 އަހަރުގެ އުލްފަތު ރަސޫލް ކަމަށެވެ. 

މި މަހުގެ އެއް ވަނަ ދުވަހު ރާއްޖެއަށް އައި އެ ދެ މީހުންނަކީ ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން އެ މީހުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ.

އެ މައްސަލާއާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ދީފަ އެވެ. 

އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު އެ އިދާރާ އިން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން ހުއްޓުވައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންނާ ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެެ.