މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) ގެ އެކެޑެމިކް އެކްސެލެންސް އެވޯޑް އިސްލާމިކް މިނިސްޓަރު ޑރ. މުއްމަދު ޝަހީމްގެ ދަރިފުޅު އަބްދުالله މާހިލް ޝަހީމަށް ލިބިއްޖެ އެވެ.
މާހިލްގެ ކާމިޔާބީއާ ގުޅިގެން ފޭސްބުކްގައި މިނިސްޓަރު ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާހިލް ހާސިލް ކުރެއްވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން ބެޗެލާސް ޑިގްރީ ކަމަށެވެ.
މާހިލް ކިޔަވައި ވިދާޅުވި، ފެކަލްޓީން އެކަޑެމިކް އެކްސެލެންސް އެވޯޑު ހާސިލް ކުރައްވާފައިވާއިރު، އައިއައިޔޫއެމްގެ ރެކްޓާސް އެވޯޑަށް ނޮމިނޭޓް ވެފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މާހިލް ހޯއްދެވި ނަތީޖާއަކީ އޭނާގެ އާއިލާއަށާއި ގައުމަށް ފަހުރުވެރިވާ ކާމިޔާބީއެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އައިޔޫއެމްގެ އެކްސެލެންސް އެވޯޑަކީ ހުނަރާއި ހިތްވަރާ އެކު، ދަރިވަރުން ހޯދާ އިލްމީ މަތީދަރަޖައިގެ ނަތީޖާއިން ރީތި ނަމާއި ޝަރަފު ޔުނިވާސިޓީ އަށް ހޯދައިދީ، އެ ދަރިވަރުންގެ އިސްނެގުމުގެ ކުޅަދާނަކަމާއި ޔުނިވާސިޓީގެ ތަފާތު ހަރަކާތްތަކާއި އިލްމީ ޕްރޮގްރާމުތަކުގައި މަތީ ފެންވަރުގައި ފާހަގަކުރެވޭ މިންވަރަށް ބައިވެރިވާ ދަރިވަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
އެ އެވޯޑް ދެނީ ދަރިވަރުން ހާސިލުކުރާ ނަތީޖާއިން ޝަރަފުވެރި ދަރަޖަ އެ ދަރިވަރުންނަށް ހައްގުވާކަން ވަރަށް މަތީފެންވަރުގައި ފާހަގަކުރުމަށެވެ.