ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް އިއްޔެ ވަޑައިގެންފި އެވެ. 

ރައީސް ސޯލިހުގެ ދަތުރަކީ ރަސްމީ ދަތުރެއް ކަމަށް ހާމަކޮށްފައިވީ ނަމަވެސް، އެ ދަތުރުގެ އިތުރު ތަފްސީލެއް ނުދެ  އެވެ. 

އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ އެ ގައުމުގަ އެވެ. ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެ ކުރިއަށް ދިޔަ 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. 

އިންޑިއާގެ ކަނޑުގެ ގައުމުތަކުގެ މަންދޫން ބައިވެރިވި ބައްދަލުވުމުގައި ނަޝީދު ތަގުރީރު ވެސް ކުރައްވާފައިވެ އެވެ. އެމަނިކުފާނު މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. 

ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ކެމްޕެއިންގައި އުޅުއްވަމުންނެވެ. ޗެއާޕާސަން ކަމަށް ނަޝީދު ވާދަކުރައްވާއިރު، އެމްޑީޕީގެ ދެ ފެކްޝަން މެދުގައި އޮތް ވާދަވެރިކަން ވެސް ވަނީ ބޮޑުވެފަ އެވެ. 

ޗެއާާޕާސަންގެ އިންތިހާބުގައި ތާއިދު ކުރައްވާ ބޭފުޅެއް ރައީސް ސޯލިހު ހާމަކޮށްފައިނުވީ ނަމަވެސް، އެމަނިކުފާނުގެ މުޅި ޓީމު އޮތީ ދެން އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ފަހަތުގަ އެވެ.