ބްލެކްމެއިލް ކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު ހަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. 

ފުލުހުންގެ ވެބްސައިޓުގައި ބުނީ ގ. ސައުތުބްރީޒް، މަރިޔަމް ރިޔާސާ، 43، ގެ މައްޗަށް ދައުވާ އުފުލީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކަމަށެވެ. 

އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. 

ފުލުހުން ބުނީ އެ މައްސަލައަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމްކޮށްފައިވާ ތަނަކަށް ރާއްޖެ ހަދަން ފުލުހުން ހުއްޓުމެއް ނެތި ކުރާ މަސައްކަތުގެ ނަތީޖާއަށް އިތުރުވި ބޮޅެއް ކަމަށެވެ.