ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގެ ގަރާޖުގެ ތެރެއަށް ވަދެ ހުއްޓާ މީހަކު ހައްޔަރުކޮށް ތަހުގީގަށް 15 ދުވަހަށް ބަންދުކޮށްފި އެވެ.
އެ މައްސަލާގައި ބަންދުކުރީ ޏ. ފުވައްމުލައް، ދިގުވާނޑުގުރަހާގެ އަހުމަދު ފަޔާޒެވެ. އުމުރުން 31 އަހަރުގެ އެ މީހާގެ ބަންދުކުރަން ކުރި އަމުރުގައި ބުނީ ފުލުހުންގެ ވެހިކަލް ގަރާޖުގެ ތެރެއަށް ހުއްދަ ނެތި ވަދެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އެކަމަކު އޭނާ އެކަން ކޮށްފައި ނުވާނެ ކަމަށް ބުނާ ކަމަށެވެ.
އަމުރުގައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި ހާދިސާ ހިނގި ސަރަހައްދުން ނަގާފައިވާ ސީސީޓީވީ ފޫޓޭޖްތަކުގެ ސްނެޕް ޝޮޓްތަކާއި ހައްޔަރާއި ބަންދުލޮގް ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.
އަމުރުގައިވާ ގޮތުން އޭނާއަކީ ހައްޔަރާއި ބަންދުގެ ރިކޯޑު އޮތް މީހެކެވެ.