އާއްމު ތަންތަނުގައި އުޅޭއިރު އިސްލާމް ދީނަށް ފުށުނާރާ ގޮތަށް ހެދުން އަޅަން ށ. ކަނޑިތީމު ކައުންސިލުން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ ރަށު ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެއީ އިސްލާމީ މަތިވެރި އުސޫލުތަކާއި ދިވެހިވަންތަ ރީތި އާދަތަކުގެ މައްޗަށް ބިނާވެފައިވާ އެކުވެރި މުޖުތަމައެއް ކަމަށެވެ.

އެހެންވެ، ކަނޑިތީމުގެ މަގުތަކާއި އާއްމު ތަންތަނުގައި އުޅޭއިރު އިސްލާމް ދީނާއި ސަގާފީ މިންގަނޑުތަކަށް ފުށުނާރާނެ އަދަބުވެރި ހެދުން އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. 

ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ރަށްރަށުގައި ދިވެހި ސަގާފަތާ އެއްގޮތަށް ހެދުން އަޅަން ޓޫރިސްޓުންނަށް އަންގައި، ކައުންސިލްތަކުން ރަށްރަށުގައި ނޯޓިސް ހަރުކޮށްފައި ހުރެ އެވެ.

ނަމަވެސް، ދިވެހިންނަށް އާއްމުކޮށް މި ގޮތަށް ނާންގާ އެވެ.