މާފަންނު ގެސްްޓްހައުސެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ. 

ފުލުހުން ބުނީ މާފަނުންނުގައި ހުންނަ ގެސްޓް ހައުސެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބުނީ ހަވީރު ހައެއް ޖަހަން ކައިރިވެފައި ހުއްޓާ ކަމަށެވެ. 

މަރުވެފައި އޮއްވާ ފެނުނީ ހއ.މޮޅަދޫ، އޯސަނިކްވިލާ، އިބްރާހީމް ނައީމް، 45، ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނުން ފިިޔަވާ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.