ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޕީއެސްއެމަށް ވިދާޅުވީ، ސީއެެޗްއެސްއީގެ އާ އިމާރާތުގެ މަސައްކަތް ފަށަން މިހާރު އަންނަނީ ކުރެހުންތައް އެޕްރޫވްކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. 

ސީއެޗްއެސްއީ އަށް ހަތްބުރީގެ އާ އިމާރާތެއް އަޅަން ޔޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. 

ސީއެޗްއެސްއީއަކީ މާލެ ސަރަހައްދުގައި އޭލެވެލާ ހަމައަށް ކިޔަވައިދޭން ސަރުކާރުން ހިންގާ ހަމައެކަނި ސްކޫލެވެ. މާލޭގައި 1979 ވަނަ އަހަރު ހުޅުވި އެ ސްކޫލްގެ އިމާރާތް ބާވުމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހުޅުމާލޭގައި އެ ސްކޫލްގެ އާ އިމާރާތެއް އަޅައި، މާލޭގައި ހުރި އިމާރާތް ބޭނުންކުރުން ހުއްޓާލި އެވެ.

އެކަމަކު މި ސަރުކާރުން ވަނީ އެ އިމާރާތް އަލުން ބޭނުކުރަން ފަހުން ފަށައިފަ އެވެ.